25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އެއާ އޭޝިއާ

ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ

  • ބެންކޮކް ޓިކެޓްގެ އަގު އަދި ހާމަކޮށްފައެއް ނުވޭ
  • ޖުލައި މަހުގެ އެއްވަނަ ދުވަހު ދަތުރު ފަށާނެ
  • ދުވާލަކު އެއް ފުލައިޓް އޮޕަރޭޓް ކުރާނެ
ރިޒުނާ ޒަރީރު | RiznaZareer

| 11 ޖޫން 2017 | އާދީއްތަ 15:30 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  6. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


އެއަރއޭޝިއާގެ ފްލައިޓެއް -- ގެޓީ އިމޭޖާސް

ތައިލެންޑްގެ ބެންކޮކާއި ރާއްޖެއާ ދެމެދު ޝެޑިއުލް ދަތުރުތައް ކުރުމަށްޓަކައި އެއަރ އޭޝިއާއަށް ހުއްދަދީފިއެވެ.

 

އެއަރއޭޝިޔާގެ ދަތުރުތައް ހަމަޖެހިފައިވާ ގޮތުން އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ތައިލެންޑްގެ ޑުންމުއާންގް އެއަރޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާ ދެމެދު ދުވާލަކު އެއް ފުލައިޓް އޮޕަރޭޓް ކުރާނެއެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ 180 ގޮނޑީގެ ޖާގައިގެ އެއަރބަސް A320 މަރުކާގެ މަތިންދާ ބޯޓެއްގައެވެ.

 

ދަތުރުތައް ފަށަން ތައްޔާރުވަމުންދާއިރު ބެންކޮކް ޓިކެޓްގެ އަގު އަދި އެއަރއޭޝިޔާއިން ހާމަކޮށްފައެއް ނުވެއެވެ.

 

އެއަރއޭޝިއާގެ ދަތުރުތައް ފެށުމާއެކު ތައިލެންޑާއި ރާއްޖެއާ ދެމެދު އޮޕަރޭޓްކުރާ އެއަރލައިންތަކުގެ ޢަދަދު ތިނަކަށް އަރާނެއެވެ. މިވަގުތު ދެ ޤައުމުގެ ދެމެދުގައި ދަތުރުކުރަމުން އަންނަނީ ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އާއި ތައިލެންޑްގެ ބެންގކޮކް އެއަރވޭޒުންނެވެ.

 

ރާއްޖެއަށް މިވަގުތު ޖުމްލަ 28 އެއަރލައިނެއް ދަތުރުކުރަމުންދެއެވެ. މި އެއަރލައިންތަކުން ދުނިޔޭގެ ތަފާތު 34 މަންޒިލަކަށް ވަނީ ވައިގެމަގުން ގުޅާލެވިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް