20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

އާރުއޯއެލް

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!

  • އިންޓަނެޓް ހިދުމަތަށް ޖޫން ހަޔަކުން ފެށިގެން ބުރޫއަރާފައި ވަނީ ސަބްމެރިން ކޭބަލް ހަލާކުވުމުގެ ސަބަބުން
  • ކޭބަލް މަރާމާތުކޮށް ނިމޭނެ ވަގުތެއް ރިލަޔަންސް އިންޑިޔާއިން ޔަގީންކޮށްދީފައި ނެތް
  • ދިރާގު މެދުވެރިކޮށް އައިޕީ ޓްރެފިކް ބެކަޕެއް މިހާރުވާނީ ގާއިމްކޮށްފަ
|

| 11 ޖޫން 2017 | އާދީއްތަ 02:08 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  3. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


އާރްއޯއެލްގެ މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ މަނާލް ލަތީފް -- ފޮޓޯ:ރާއްޖެ އެމްވީ -- ރާއްޖެއެމްވީ

އާރުއޯއެލްގެ އިންޓަނެޓް ހިދުމަތަށް 24 ގަޑިއިރު ތެރޭގައި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

 

އާރުއޯއެލްގެ އިންޓަނެޓް ހިދުމަތަށް ޖޫން ހަޔަކުން ފެށިގެން ބުރޫއަރާފައި ވަނީ ސަބްމެރިން ކޭބަލް ހަލާކުވުމުގެ ސަބަބުންނެވެ. ކޭބަލް ހަލާކުވުމުގެ ސަބަބުން ރާއްޖެއާ އިންޑިއާދެމެދު އައިޕީ ޓްރެފިކްވަނީ މުޅީން ވަނީ ކެނޑިފަ އެވެ.

 

އެ ކުންފުނިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާ ކައިރިން ހަލާކުވި ސަބްމެރިން ކޭބަލް މަރާމާތުކުރުމުގެ މަސައްކަތް ހިގަމުންދަނީ ދަތިތަކަކާ އެކު ކަމަށެވެ. އެހެންވެ، ކޭބަލް މަރާމާތުކޮށް ނިމޭނެ ވަގުތެއް ރިލަޔަންސް އިންޑިޔާއިން ޔަގީންކޮށްދީފައި ނެތް ކަމަށެވެ.

ޓްރިވަންޑްރަމްއާ ގުޅާފައިވާ ކޭބަލް މުޅިން ރިސްޓޯރކުރުމު މަސައްކަތް ހިގަމުންދާ ބާރު މިނަށްބަލައި، އައިޕީ ޓްރެފިކްގެ ބައެއް ލަންކާއިން ހޯދުމަށްޓަކާ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާރުއޯއެލުން ބުނެ އެވެ. އަދި  ލަންކާއާދެމެދު އިތުރު އައިޕީ ލިންކްތައް ގާއިމްކޮށް ކަސްޓަމަރުންނަށް ލިބޭ ހިދުމަތް ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި މިހާރަށްވުރެ ރަގަޅުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

 

އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ބުރޫއަރާފައިވާތީ، އެ ކުންފުނީގެ ކަސްޓަމަރުންނަށް ހިދުމަތް ހަމަޖައްސައި ދިނުމުގެ ގޮތުން ދިރާގު މެދުވެރިކޮށް  އައިޕީ ޓްރެފިކް ބެކަޕެއް ވެސް ގާއިމްކޮށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ވެސް އާރުއޯއެލްއިން ބުނެ އެވެ.

ނަމަވެސް ޚިދުމަތުގެ ފެންވަރު އެންމެއެދެވޭ ގޮތަށް ގާއިމް އަދި ނުކުރެވޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

 

އާރުއޯއެލްގެ ކަސްޓަމަރުންނަށް ދިމާވެގެންދިޔަ ދަތިތައް ވަނީ ދިރާގުގެ މެނޭޖްމަންޓުން އަމިއްލަ ކަމެއްގެ ގޮތުގައި ދެކި ދިރާގުގެ ޓެކްނިކަލް ޓީމުތަކުން އާރުއޯއެލް އަށް ވަރަށް ހާއްސަ އެހީތެރިކަމެއް ފޯރުކޮއްދީފަައި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ދިރާގާއި އާރުއޯއެލްއާ ދެމެދުގެ ނެޓްވާކް ލިންތައް ދިރާގުން ގާއިމްކޮށް ޓެސްކޮށް މަދު ވަގުތުކޮޅެއްގެ  ތެރޭގައި ނިންމާލައި އަދި ބައެއް އިކުއިޕްމަންޓް ވެސް  ދިރާގުން އިސްނަަގައި ފޯރުކޮއްދީފައިވެއެވެ" ބަޔާނުގައިވެ އެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް