18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ތޮއްޑޫ ކަރާ ދަނޑުތައް

ރަމަޟާން މަހުގެ ފަހު ދިހަައެއްގައި ތޮއްޑޫގެ ކަރާ ނުލިބޭނެ: ކައުންސިލް

 • ކަރާ ދަނޑު ހައްދާ 90 ޕަސެންޓް މީހުންނަށް ގެއްލުން ލިބޭނެ
 • ރޯދަ މަހުގެ ފަހު ދިހައިގައި ކަރާ އެއްކޮށް ހުސްވާނެ
 • ކަރާ ކިލޯއެއްގެ އަގު އުޅެނީ 15 ރ. އާއި 12 ރ.
ރިޒުނާ ޒަރީރު | RiznaZareer

| 9 ޖޫން 2017 | ހުކުރު 17:08 | |

މަގުބޫލް

 1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 5. ޕްރިޔަންކާ އިނީ ބަލިވެ؟
 6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
 7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
 8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ތޮއްޑޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކަށް ވެފައިވޭ -- ރާއްޖެއެމްވީ

ރަމަޟާން މަހުގެ ފަހު ދިހައެއްގައި މާލޭ ލޯކަލް މާރުކޭޓުން ތޮއްޑޫގެ ކަރާ ނުލިބި އަދި ކަރާ ތަނޑު ތަކުން ވެސް ކަރާ ހުސްވާނެ ކަމަށް ތޮއްޑޫ ކައުންސިލް އިދާރާއިން ބުނެފި އެވެ.

 

ތޮއްޑޫ ކައުންސިލް އިދާރާގެ އިންފޮމޭޝަން އޮފިސަރ ނޫހު މޫސާ ވިދާޅުވީ، ތޮއްޑޫ ކަރާ ދަނޑުތަކަށް ބަލި ޖެހި ދަނޑުތަކާއި ކަރާ ހަލާކުވެފައިވުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ދަނޑުވެރިންނަށް ކުރިމަތިވެ ރޯދަ މަހުގެ ފަހު ދިހައިގައި ކަރާ އެއްކޮށް ހުސްވާނެ ކަމަށެވެ.

 

ތޮއްޑޫގެ ކަރާ ދަނޑުތަކަށް ބަލި ޖެހި، ކަރާ ދަނޑު ހައްދާ 90 ޕަސެންޓް މީހުންނަށް ގެއްލުން ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ތޮއްޑޫ ކައުންސިލް ކުރިން ބުނެފައި ވެއެވެ.

 

އެރަށުގެ މީހުން އެބައްޔަށް ކިޔަނީ ތިކި ބަލި ކަމަށާއި މިބަލި ޖެހުމުން ކަރަ އާއި ފަތްތަކުގައި ރަތްކުލައިގެ ތިކިތަކެއް ޖަހާ ކަމަށާއި ދެތިން ދުވަހުގެ ތެރޭގައި ކަރާ އެއްކޮށް ހަލާކުވެގެންދާ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

 

މިއީ ކުރިން ވެސް އުޅޭ ބައްޔެއް ކަމަށާއި އެހެން ނަމަވެސް މިދުވަސްވަރުކުރި ވިއްސާރައާ ގުޅިގެން ގާތްގަނޑަކަށް ހުރިހާ ދަނޑުވެރިންގެ ކަރާ ދަނޑުތަކަށް މިބަލި ފެތުރިފައިވާ ކަމަށެވެ. އަދި މިއަހަރުގެ ރަމަޟާން މަހުގައި ތޮއްޑޫގެ ދަނޑުވެރިންނަށް ކަރާ ވިއްކާއިގެން މާބޮޑު ފައިދާތަކެއް ނުކުރާނެ ކަމަށް ވެސް އެރަށު ކައުންސިލުން ބުނެ އެވެ.

ތޮއްޑޫ ކައުންސިލުން ބުނީ މީގެ އިތުރުން، ކަރާ ވެޔޮތަކުގައި ފަނި އެޅުމުގެ ސަބަބުންވެސް ތޮއްޑޫއިން ކަރާ ލިބޭ މިންވަރު މަދުވާނެ ކަމަށް ތޮއްޑޫ ކައުންސިލް އިދާރާއިން ބުނެ އެވެ

 

ރަމަޟާން މަހުގެ ފުރަތަމަ ދެ ދުވަހު ކަރާ ކިލޯއެއްގެ އަގު، 18 ރ. އާއި 15ރ. އާ ދެމެދުގެ އަގުތަކެއްގައި ހުރި ނަމަވެސް، މިހާރު ކަރާ ކިލޯއެއްގެ އަގު އުޅެނީ 15 ރ. އާއި 12 ރ. އާއި ދެމެދުގެ އަގުތަކެއްގަ އެވެ.

ކަރާ ވިއްކާ ބައެއް ފަރާތްތަކުން ބުނީ، ތޮއްޑޫ އިން ގެންނަ ބައެއް ކަރާތަކަށް ބަލި ޖެހިފައިވާވުމުން ގެއްލުންތައް ކުރިމަތިވަމުންދާ ކަށެވެ. ލޯކަލް ކާރުކޭޓުގައި ކަރާގެ އަގު ދަށަށް ދަނީ، ރަށްރަށުން ގެންނަ ކަރާގެ އިތުރުން، އިމްޕޯޓްކުރާ ކަރާގެ އަދަދު އިތުރުވުމުގެ ސަބަބުންނެވެ.

 

ނޫހު ވިދާޅުވީ ބޮޑު ފަނީގެ އަސަރުކޮށްގެންނާއި މޫސުން ގޯސްވުމުގެ ސަބަބުން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކަރާ ދަނޑާއި، ކިއުކަންބާ ދަނޑާއި، ކޮޕީ ފަތް ދަނޑުތަކާއި، ފަޅޯ ދަނޑުތައް ވަނީ ހަލާވެފައެވެ. އެހެންކަމުން މިއީ އެރަށުގެ ދަނޑުވެރިންނަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބުނު ފަހަރެއް ކަމަށާއި ދަނޑުތަކަށް ދިމާވެފައިވާ ބޮޑު ފަނީގެ މައްސަލަ ހައްލުކުރެވޭނެ އެއްވެސް ގޮތެއް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫހު ފާހަގަކުރި ގޮތުގައި ދަނޑުވެރިންނަށް ވިޔަފާރީގެ ގޮތުން އެންމެ ބޮޑު ނަފާއެއް ލިބެނީ ރޯދަމަހާ ދިމާކޮށް މިހާރު މާރކެޓް ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށާއި ސަބަބަކީ ރާއްޖޭގައި ހައްދާ ބާވަތްތައް ހެޔޮ އަގުގައި ރާއްޖެއިން ބޭރުން ގެނެސް ވިއްކަމުންދާ މައްސަލައެވެ. އެހެންކަމުން މާރކެޓަށް ނެރޭ ތަކެއްޗަށް ރަނގަޅު ހަމަ އަގު ނުލިބި ދިޔުމަކީ ދަނޑުވެރިންނަށް ދިމާވާ ބޮޑު ގޮންޖެހުމެއް ކަމަށް ވެސް ނޫހު ވިދާޅުވި އެވެ.

 

ވިއްސާރައިގައި ދަނޑުތަކަށް ލިބުނު ގެއްލުމުގެ މައުލޫމާތު ކައުންސިލުން މިހާރު ވަނީ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ހިއްސާކޮށްފައި ކަމަށާއި އެހެން ނަމަވެސް ދަނޑު ތަކުގައި އަޅާ ބޮޑު ފަނީގެ މައްސަލަ ހައްލު ކުރުމަށް ކައުންސިލްއަށްވެސް ނުކުޅެދިފައިވާ ކަމަށް ނޫހު ވަނީ ވިދާޅުވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް