22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

އަމާނާ ތަކާފުލް

އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

  • އަމާނާ ތަކާފުލްގެ ޢާމްދަނީ 2016 ވަނައަހަރު ވަނީ 19 ޕަސެންޓް އިތުރުވެފައި
ރިޒުނާ ޒަރީރު | RiznaZareer

| 9 ޖޫން 2017 | ހުކުރު 02:29 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


އަމާނާ ތަކަފުލްގެ އަހަރީ އާންމު ޖަލްސާ -- ރާއްޖެއެމްވީ

އަމާނާ ތަކާފުލްގެ އިސްލާމީ އިންޝުއަރަންސް ޢުސޫލުގެ ތެރެއިން ރިސްކް ފަންޑުގައި ބައިވެރިވެފައިވާ ފަރާތްތަކަށް 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހަށް 13 ޕަސެންޓް ސާޕްލަސް ބެހުމަށް ހަމަޖައްސައިފިއެވެ.

 

އެގޮތުން 2016 ވަނައަހަރު ކްލެއިމެއް ހުށަހަޅާފައިނުވާ ހުރިހާ ފަރާތްތަކަކަށް ސާޕްލަސް ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

 

ތަކާފުލްގެ ކޮންޓްރިބިއުޝަން ފަންޑު ހިންގުމުގައި އަމާނާ ތަކާފުލްއިން ގެންގުޅޭ ހަރުދަނާ ޢުސޫލުތަކަކީ ފަންޑުގެ ބައިވެރިންނަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށްވާއިރު، ވޭތުވެދިޔަ އަހަރު ބަދަލުގެ ގޮތުގައި 33.2 މިލިއަން ދިވެހި ރުފިޔާ ރިސްކް ފަންޑުގެ ބައިވެރިން ތެރެއިން އެކިއެކި ހާދިސާތަކުގައި ގެއްލުންވި ފަރާތްތަކަށް ދޫކޮށްފައިވާ ކަމަށް އަމާނާ ތަކަފުލްއިން ބުންޏެވެ.  

 

އެހެނިހެން އިންޝުއަރަންސް އާއި ތަކާފުލްގެ އެންމެ ބޮޑު ތަފާތަކީވެސް ތަކާފުލް ކޮންޓްރިބިއުޝަން ފަންޑެވެ. އެގޮތުން ރިސްކު ފަންޑުގެ ބައިވެރިންގެ މެދުގައި ބަހާލައިގެން ގެއްލުންލިބޭ ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ތަކާފުލް ފަންޑުގެ އެއް އަސާސެވެ.

 

ރިސްކު ފަންޑު ހިންގާ ކުންފުނިން ތަކާފުލް ފަންޑު ތެރެއިން ފައިސާ މެނޭޖުކޮށް ޝަރިޢާ ހުއްދަކުރާ ކަންކަމުގައި އިންވެސްޓުކޮށް، ގެއްލުންލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އަދި، އިތުރުވާ ފައިސާ ސާޕްލަސްގެ ގޮތުގައި ފަންޑުގެ ބައިވެރިންނަށް ތަކާފުލް ކޮންޓްރިބިއުޝަންގެ ނިސްބަތުން ބަހަމުން ގެންދާނެއެވެ.

 

ފަންޑު ހިންގާ ކުންފުންޏަށް ލިބޭ އުޖޫރައަކީ ތަކާފުލް ކޮންޓްރިބިއުޝަން ދައްކާއިރު ކަނޑައަޅާފައިވާ ފީއެކެވެ. މިފީއަކީ ކުންފުނީގެ ހިއްސާދާރުންގެ ފަންޑުގެ ތެރެއަށް ހިމަނަމުންގެންދާ ފައިސާއެކެވެ. އުޖޫރައިގެ ގޮތުގައި ނަގާ ފައިސާ އަކީ ރިސްކް ފަންޑާއި ވަކިން ބަލަހައްޓާ ފަންޑެކެވެ. އަދި، މިފަންޑުގެ ތެރެއިން ކުންފުނީގެ ހުރިހާ ޚަދަރަދެއް ބަލަހައްޓަމުން ގެންދާނެއެވެ.

 

އަމާނާ ތަކާފުލްގެ ޢާމްދަނީ 2016 ވަނައަހަރު ވަނީ 19 ޕަސެންޓް އިތުރުވެފައެވެ. އަދި، މިއީ އަމާނާ ތަކާފުލްގެ ތާރީޚުގައި 100 މިލިއަން ރުފިޔާގެ ޢާމްދަނީ އެއްއަހަރު ދުވަހުގެ ވިޔަފާރިން ހޯދުނު ފުރަތަމަ އަހަރުވެސް މެއެވެ.

 

އަމާނާ ތަކާފުލް މޯލްޑިވްސް (ޕލކ) އަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމީ އިންޝުއަރަންސް ތަޢާރަފުކޮށް އަދި ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްގެން ޚިދުމަތް ދެމުންދާ ހަމައެކަނި އިންޝުއަރަންސް ކުންފުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް