22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

އިގްތިސާދީ މުރާޖައާ ރިޕޯޓް

މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ

 • މާޗު މަހު ޒިޔާރަތްކޮށްފައިވަނީ 115،665 ފަތުރުވެރިން
 • މަސް އެކްސްޕޯޓް ކުރާ މިންވަރު ވަނީ ދަށްވެފައި
 • ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓް ވަނީ ދަށަށް ގޮސްފަ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 8 ޖޫން 2017 | ބުރާސްފަތި 19:48 | |

މަގުބޫލް

 1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
 2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
 3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
 4. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
 5. އަލިދީގެ ތާއީދު އިބޫއަށް!
 6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
 7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
 8. އަޅުގަނޑަކީ ކެރޭ މީހެއް، ލާހިކެއް ނޫން އެއްވެސް ކަމެއްގައި އަޅުގަނޑު ހާޒިރުކުރަން: ހިޔަލީ ރަޝީދު


އެމްއެމްއޭ -- ގޫގުލް

ރާއްޖެއަށް ފަތުވެރިން ޒިޔާރަތްކުރާ މިންވަރު މާޗު މަހު ދެ ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ސަރުކަރުގެ މާލީ ވުޒާރާ، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އިގްތިސާދީ މުރާޖާ ރިޕޯޓުން ދައްކާ ގޮތުން، މިއަހަރުގެ މާޗު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ގާތްގަނޑަކަށް އެއް ލައްކަ ފަތުރުވެރިންނެވެ. މިއީ 2016 ވަނަ އަހަރުގެ މާޗު މަހާ އަޅާ ބަލާއިރު ދެ ޕަސެންޓް ދަށް އަދަދެއް ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ 8 ޕަސެންޓް ދަށަށް ޖެހިލާފަ އެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެގައި ފަތުރުވެރިން ހޭދަ ކުރި ދުވަހުގެ އަދަދު ހަޔަކަށް އަރާއިރު މިއަހަރު ވަނީ 5.6 އަށް ދަށަށް ގޮސްފަ އެވެ. މިކަމުގެ ސަބަބުން ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓް ވަނީ ދަށަށް ޖެހިފަ އެވެ. އެގޮތުން 2016 ވަނަ އަހަރު އޮކިއުޕެންސީ ރޭޓް 85 ޕަސެންޓުގައި ހުރި ނަމަވެސް މިއަހަރު ވަނީ 68 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.

އަހަރުން އަހަރަށް ބަލާ އިރު މާޗު މަހު ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައި ވަނީ، އިނގިރޭސި ވިލާތާއި ޖަރުމަނުގެ އިތުރަށް، ޗައިނާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް ރަޝީޔާ އާއި އިޓަލީ އަދި ފްރާންސް އިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ އިތުރުވެފަ އެވެ.

މަސްވެރިކަމަށް ބަލާ އިރު މިއަހަރުގެ އޭޕްރީލް މަސް ނިމުނު އިރު ރާއްޖޭގެ ކުންފުނިތަކުން ވަނީ 2921.6 ޓަނުގެ މަސް ކިރުވާފަ އެވެ.

މިއީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާ ބަލާ އިރު 60 ޕަސެންޓް ދަށް އަދަދެކެވެ. އަދި މިއީ މިދިޔަ މާޗު މަހާ އަޅާ ބަލާ އިރު 29 ޕަސެންޓް ދަށް އަދަދެކެވެ.

މިދިޔަ މާޗު މަހު މަސް އެކްސްޕޯޓު ކުރި މިންވަރު އިތުރުވި ނަމަވެސް ލިބުނު އާމްދަނި ވަނީ ތިން ޕަސެންޓް ދަށަށް ގޮސްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް