18 އޭޕުރިލް 2019 | ބުރާސްފަތި | 11 އައްސިދަ
11 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:58
ފަތިސް 04:45

ރަމަޟާން 1438

ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

  • ކަނޑުމަސް ކިލޯއެއް އުޅެނީ 35ރ އާއި 30ރ. އާ ދެމެދުގެ އަގުތަކެއްގައި
  • މަސް ލިބެންހުރި މިންވަރު ވަނީ އިތުުރުވެފައި
  • ވާރޭ ނުވެހޭނަމަ އަގުތައް އަދިވެސް ދާނީ ދަށަށް
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 8 ޖޫން 2017 | ބުރާސްފަތި 17:14 | |

މަގުބޫލް

  1. ރައީސްގެ ސްޕެޝަލް އެންވޯއިގެ މަގާމުން ޖާބިރު ވަކިކުރަނީ!
  2. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  3. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  5. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


ކަނޑުމަހުގެ އަގު ދަށަށް -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ރަމަޟާން މަސް ފެށުނު އިރު 80ރ. އަށް ލިބެން ހުރި މަސް ކިލޯގެ އަގު 30ރ. އަށް ދަށަށް ހިގައްޖެ އެވެ.

މަސް މާރުކޭޓުގައި ކަނޑު މަހުގެ އަގަށް އައިސްފައިވާ ބަދަލުތަކަށް ބަލާ އިރު  ކަނޑުމަސް ކިލޯއެއްގެ އަގު އުޅެނީ، 30ރ. އާއި 35ރ ރުފިޔާ އަށެވެ. މީގެ ކުރިން ކަނޑުމަސް ކިލޯއެއް 80ރ. އަށް 150ރ. އަށް ލިބެން ވެސް ހުއްޓެވެ.

ކަނޑުމަހުގެ އަގު އެހާ ބޮޑުތަން ހެޔޮވެގެންދިޔަކީ މަސް ލިބުނު މިންވަރު އިތުރުވުމުގެ ސަބަބުން ކަމަށް މަސް ވިއްކާ ފަރާތްތަކުން ބުނެއެވެ.

މަސް ވިއްކާ ފަރާތްތަކުން ބުނީ، ކުރިއަށް އޮތް ތަނުގައި މަހުގެ އަގު ހެޔޮވެގެންދާނެ ކަމަށް ބެލެވޭ ކަމަށާއި މަސް ލިބޭ މިންވަރު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމަށެވެ.

ލޯކަލް މާރުކޭޓުގައި ކަނޑުމަހުގެ އަގުތަކައް ހެޔޮ ބަދަލުތަކެއް އައިސްފާވާ އިރު އެތަނުން ފަރުމަހުގެ ލިބެންހުރި މިންވަރު ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހާއި އަޅާ ބަލާ އިރު ވަނީ އިތުރުވެފަ އެވެ. އެހެން ނަމަވެސް ޖުމްލަގޮތެއްގައި ފަރުމަހުގެ އަގުތައް އުޅެނީ ވަރަށް މަތީގަ އެވެ.

އެގޮތުން ރަތް މަހުގެ އަގު އުޅެނީ، 80ރ އިން 150ރ އާ ދެމެދުގެ އަގުތަކެއްގަ އެވެ. ގިނި މަހުގެ އަގު އުޅެނީ 40ރ އިން ފެށިގެން 100ރ އާ ދެމެދުގެ އަގުތަކެއްގަ އެވެ. މާރުކޭޓުން ފާނަ އާއި، ދޮން މަސް، ނޫ މަސް އަދި ރޮންޑުގެ އިތުރުން، މާނިޔާ މަހާއި ފަނިހަނދި ވެސް ލިބެން އެބަ ހުއްޓެވެ.

ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގުތަކަށް ބަލާ އިރު ފަތުގެ ބާވަތްތައް ލިބުން ދަތިވުމުގެ ސަބަބުން، ފަތުގެ ބާވަތްތަކުގެ އަގުތައް އުޅެނީ ވަރަށް މަތީގަ އެވެ. ކުރިއަށް އޮތްތަނުގައި ވެސް މިކަމަށް ހައްލެއް ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ. އާއްމުގޮތެއްގައި، ކޮޕީ ފަތް ގެންނަނީ ކ.ކާށިދޫ އާއި އއ. ތޮއްޑޫ އިންނެވެ.

ފަތުގެ ބާވަތްތަކުގެ އިތުރުން ރާއްޖޭގައި ހައްދާ ކަރާގެ އަގުވެސް ވަނީ 20ރ އާއި 25ރ. އަށް އުފުލިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް