25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އައިއެސް ހަނގުރާމަ

އީރާނަށް އައިއެސް ވަނީތަ؟

  • އައިއެސް އުފެދުނު ފަހުން އީރާނަށް އަމާޒުވި ފުރަތަމަ ހަމަލާ އަމާޒުވީ ޖޫން 7ގައި
  • ފުރަތަމަ ހަމަލާ އަމާޒުކުރީ ގާނޫނުހަދާ މަޖިލީހާ އާޔަތުﷲ ޚާމަނާއީގެ ޒިޔާރަތަށް
  • އިރާނުގައި ދިން ދެ ހަމަލާގައި 12 މީހުން މަރުވި
އަބުދުﷲ މުހައްމަދު | 8Abbo

| 8 ޖޫން 2017 | ބުރާސްފަތި 09:49 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


އައިއެސް އުފެދުނު ފަހުން އީރާނަށް އަމާޒުވި ފުރަތަމަ ހަމަލާ އަމާޒުވީ ޖޫން 7ގައި -- ޓްވިޓަރ

އިސްލާމިކް ސްޓޭޓް އޮފް އިރާގް ސީރިޔާ އެންޑް ލެވަންޓް(އައިސިސިލް) ނުވަތަ އިސްލާމިކް ސްޓޭޓް އޮފް އިރާގު (އައިސިސް)އިން އެ ޖަމާއަތުގެ އަމިއްލަ ޚިލާފަތެއް އިއުލާނުކުރީ 2014 ވަނަ އަހަރުއެވެ.

އިރާގާއި ސީރިޔާގެ ބޮޑުބައެއް ކޮންޓްރޯލްކޮށް ސީރިޔާގެ ރައްޤާއަކީ އައިއެސްގެ ވެރިރަށްކަމުގައިވަނީ ކަނޑައަޅާފައެވެ. ސުންނީ އިސްލާމީ ޖަމާއަތެއްކަމަށް ހެދިގެން އުޅޭ އެ ޖަމާއަތުންވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރެރިސްޓް ހަމަލާތައްދީ ކުށެއް ނެތް އެތައް ބަޔަކު މަރާލާފައެވެ.ބައެއް ހަމަލާތައް ދެވޭއިރު ﷲ އަކްބަރު ފަދަ ކަލިމަތައް ކިޔައި މުސްލިމުންކަމަށް ދެއްކި ނަމަވެސް މެދުއިރުމަތީގެ އެންމެ ދުވަސްވީ އެއް މައްސަލަ ކަމަށްވާ އިސްރާއީލާ ފަލަސްތީނުގެ މައްސަލައަކީ މި ޖަމާއަތަކާވާ ބެހޭވެސް ކަމެއް ނޫނެވެ.މުސްލިމު ދުނިޔޭގެ އިތުރުން ޔޫރަޕުންވެސް އިސްރާއީލުން ފަލަސްތީނާމެދު ގެންގުޅޭ އުސޫލުތައް ކުށްވެރިކޮށް އުޅޭއިރު އިސްލާމީ ޚިލާފަތު އިއުލާނުކޮށްގެން އުޅޭ، ސަލަފުއް ސާލިހުންގެ ޒަމާނުގައި އޮތް ހިޖާޒުކަރަ ގެންނަން އުޅޭކަމަށް ދައުވާކުރާ އައިއެސްއަށް އިސްރާއީލަށް އިންޒާރެއްވެސް ދޭކަށް ނުކެރެއެވެ.

އިރާގާއި ސީރިޔާގައި ބަނޑަހަ ޖަހައިގެން ތިއްބަސް ދެކުނު އޭޝިއާއަށްވެސް އައިއެސްގެ ވަކިތައްވަނީ ފޯރާފައެވެ. 2016 ވަނަ އަހަރު ޖުލައިމަހު ބަންގްލަދޭޝްގެ ކެފޭއެއްގައި ހަމަލާދީ ޢާއްމުންގެ 22 މީހުން މަރާލި ހާދިސާއަކީ އެކަމުގެ އެއްހެއްކެވެ. މި ފަހަކަށް އައިސް އައިއެސްގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވަނީ ފްރާންސާއި އިނގިރޭސިވިލާތާއި ބެލްޖިއަމްފަދަ ޔޫރަޕްގެ ގައުމުތަކަށެވެ.

މުސްލިމުންގެ ދިފާއުގައި އިސްލާމްދީން  ކުރިއެރުވުމުގެ ނަމުގައި އައިއެސްއިން ކުށެއްނެތް އާއްމުން މަރަމުންދާއިރު ނަސްލު ނެތިކޮށްލުމަށް މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ހިންގާ ޖަރީމާތަކަކީ އައިއެސްގެ "ޚަލީފާ" ބޯޑު އަޅުވައިގެން އުޅޭ އަބޫބަކު އަލް ބަޣްދާދީއާ ވާކަމެއްވެސް ނޫނެވެ.

އީރާނަށް އައިއެސްގެ ފުރަތަމަ ހަމަލާ

ސުންނީ ޝީއައީ ތަޅާފޮޅުން ބޮޑު މެދުއިރުމަތީގެ އެއްވެސް ގައުމަކުން އައިއެސް ޖަމާއަތަށް ތާއިދެއް ނުކުރެއެވެ. މަޒުހަބީ ޚިލާފުތަކާއި އަދި ސިޔާސީ ބައެއް ޖަމާއްތަކުގެ ގޮތުގައި އުފެދިފައިވާ ބައެއް ޖަމާއަތްތަކަށް ގައުމުތަކުން ތާއީދުކުރެއެވެ. އޭގެ ބައެއް މިސާލުތަކަށްބަލާއިރު ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަށް އީރާނުން ތާއީދުކުރާއިރު ފަލަސްތީނުގެ ހަމާސް ޖަމާއަތަށް ގަތަރުން ތާއީދުކުރެއެވެ.ސުންނީ ޖަމާއަތެއްކަމަށްބުނާ އައިއެސްއިން ސައުދީގައިވެސް ވަނީ ހަމަލާތަކެއް ދީފައެވެ. 2016 ވަނަ އަހަރު ޖުލައިމަހު މަސްޖިދުއް ނަބަވީގެ ކައިރީގައާއި އިތުރު ދެ ތަނެއްގައި ދިން ހަމަލާތައް ގުޅިފައިވަނީ އައިއެސް ޖަމާއަތާއެވެ.އެއް ހަމަލާ އަމާޒުކުރީ ޤާތިފްގައި ހުންނަ ޝިއައީ މިސްކިތަކަށެވެ. ހަމަލާތައް ދޭއިރު އެ ޖަމާއަތަކީ ސުންނީ ޝީއައީ ބެލުމެއް އޮންނަ ޖަމާއަތެއްކަމެއް ވަތްކެއްނުވެއެވެ.

އީރާނަކީ މެދުއިރުމަތީގައި ޝީއައީންގެ މައިމަރުކަޒުކަމުގައި ބުނެވެއެވެ. އޭގެ ސަބަބަކީ އެ ގައުމަކީ ޝީއައީންގެ އަޣުލަބިއްޔަތު ބޮޑު ގައުމަކަށްވުމެވެ.އައިއެސް އުފެދުނު ފަހުން އީރާނަށް އަމާޒުވި ފުރަތަމަ ހަމަލާ އަމާޒުވީ  ޖޫން 7 2017ގައެވެ.

ވެރިރަށް ތެހެރާނުގައި ޤާނޫނުހަދާ މަޖިލީހާއި އާޔަތުﷲ ޚާމަނާއީގެ ޒިޔާރަތަށް ދިން ހަމަލާތަކުގައި 12 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވިއެވެ.

މިއީ 1979 ވަނަ އަހަރު އީރާނަށް ގެނައި އިސްލާމީ އިންގިލާބަށްފަހު އެގަމުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ޓެރެރިސްޓް ހަމަލާއެވެ.

ހަމަލާގެ ޒިންމާ އައިއެސްއިން ނަގާފައިވާއިރު އެ ގައުމަށްވެސް އައިއެސް ވަނީ ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް