25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

މެލާނީ ގައިޑޮސް

މެލާނީ: މޮޑެލްގެ ދުނިޔެ ބަދަލުކޮށްލި މޮޑެލެއް

  • މިހާތަނަށް ސާޅީހަކަށް ވުރެ ގިނަ ފޮޓޯގްރާފަރުންނާއެކީ މެލާނީ ވަނީ މަސައްކަތް ކޮށްފައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 7 ޖޫން 2017 | ބުދަ 22:37 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


މެލާނީ ގައިޑޮސް -- ހިންދުސްތާނީ ޓައިމްސް

މީގެ ކުރިން މޮޑެލަކަށް ވުމަށްޓަކާ ވަކި ހާއްސަ ޝަރުތުތަކެއް ހުންނަން ޖެހެވެ؛ މޮޑެލްއަކަށް ވެއްޖިއްޔާ ބުރުސޫރަ ރީތިވާންޖެހެ އެވެ. ދޮންވާންޖެހެ އެވެ. އެހެން ނަމަވެސް ފެޝަން ދުނިޔޭގައި މިހާރު އެ ވަނީ ބަދަލުވެފައެވެ. މެލާނީ ގައިޑޮސްއަކީ ކުރިން މޮޑެލަކަށް ވާންޖެހޭނެކަމަށް ބުނާ ޝަރުތުތައް ބަދަލުކޮށްލި މީހެކެވެ.

އުމުރުން 28 އަހަރުގެ މެލާނީ ގައިޑޮސް އަކީ މަދުން ނޫނީ ނުފެންނަ ޖެނެޓިކް ބައްޔެއްކަމަށްވާ އެކްޓޮޑާމަލް ޑިސްޕްލޭސިއާ ޖެހިފައިވާ މޮޑެލެކެވެ. އޭނާއަކީ އެހެން މޮޑެލުންނަށް ވަކި ދޫކުރާ މީހެއް ނޫނެވެ. އެކްޓޮޑާމަލް ޑިސްޕްލޭސިއާ އަކީ ދަތާއި ނިޔަފަތި، އަދި ހަށިގަނޑުގެ ކަށިތައް އުފެދެންވާވަރަށް ނުއުފެދުމެވެ. މެލާނީއަށްވަނީ އެލޮޕީސިއާ (ހަށިގަނޑުގައި އިސްތަށި ނުއުފެދުން) ވެސް ދިމާވެފައެވެ. އެހެން ކަމުން އޭނާގެ އެސްފިޔަ އާއި ބޮލުގައިވެސް އެއްވެސް އިސްތައްޓެއް ފަޅާފައި ނުވެއެވެ.

މެލާނީ ބުނެފައިވަނީ މޮޑެލްގެ ޝޫޓިންތައް ކުރިއަށްދާއިރު އޭނާ "ވިގެއް" ބޭނުން ނުކުރާކަމަށާއި އޭނާއަށް ފަސޭހައީ އޭނާގެ ގޮތުގައި ގުދުރަތީ ގޮތަށް ކަމަށެވެ.

މެލާނީ އެންމެ ފުރަތަމަ މޮޑެލްކުރުމަށް ފުރުސަތު ލިބުނީ އޭނާގެ ކޮލެޖުގެ ދުވަސްވަރުގައެވެ. ތަފާތު މީހުން ފޮޓޯ ނެގުމަށް ފެޝަން ފޮޓޯގްރާފަރަކު އޮންލައިނުގައި ކޮށްފައިވާ އިއުލާނަކާއެކު މެލާނީ ވެސް އޭގައި ބައިވެރިވީއެވެ. އެއާއެކު އޭނާއަށް ސަމާލުކަން ލިބި އެކި ފޮޓޯ ޝޫޓްތަކަށް ހުށައެޅުން ދިޔައީ ލިބެމުންނެވެ. އެކި ތަފާތު ހިތްހެޔޮ ފޮޓޯގްރާފަރުންނާއިއެކީ އޭނާއަށް ބައްދަލުވިކަމަށާއި އެކި ފޮޓޯގްރާފަރުން އޭނާއާއި ބައްދަލުކޮށް ގިނަ ޝޫޓިންތައް ލިބުނުކަމަށް އޭނާ ބުންޏެވެ. އަދި ފެޝަންގެ ދާއިރާއަށް އޭނާ ކަހަލަ މީހަކު ނުލިބޭނެކަން ޔަގީންވިކަމަށާއި އެއީ ލާރިހޯދަން ރަނގަޅު ދާއިރާއެއް ކަމަށް ގަބޫލުކުރެވޭތީ އޭނާ އެދާއިރާއިން ކުރިއަށްދާން ބޭނުންވީކަމަށް މެލާނީ ބުންޏެވެ.

​އެހެން ނަމަވެސް މެލާނީ ބުނާގޮތުގައި މޮޑެލަކަށް ވުމަށްޓަކައި އެމީހެއްގެ ހުންނަ ސިފައަށް ބެލުމުގެ ބަދަލުގައި އެމީހެއްގެ ޓެލެންޓަށް ބެލުން މުހިއްމުކަމަށެވެ.

މާލިނީ ބުނީ އޭނާ އަމިއްލަ ނަފްސަށް އޭނާގެ ނަފްސާ ބެހޭގޮތުން އެއީ ކާކުކަން އަބަދުވެސް ބުނެދޭ ކަމަށާއި އަމިއްލައަށް ހުރި ޓެލެންޓް ކުރިއެރުވުމަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އޭނާއަށް ފަސޭހައީ ކޮޕީކުރުމަށްވުރެ ބޮޑަށް އަބަދުވެސް ގުދުރަތީ ގޮތުން އޭނާ އަށް ލިބިފައިވާ ޓެލެންޓް ކުރިއެރުވުންކަމަށް މެލިނީ ބުންޏެވެ.

މިހާތަނަށް ސާޅީހަކަށް ވުރެ ގިނަ ފޮޓޯގްރާފަރުންނާއެކީ މެލާނީ ވަނީ މަސައްކަތް ކޮށްފައެވެ. އޭނާ މިހާރުވެސް ދަނީ މޮޑެލްކުރުމުގެ ދާއިރާއިން ކުރިއަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް