17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

މޯލްޑިވްސް އިސްލާމިކް ބޭންކް

އިސްލާމިކް ބޭންކުގެ ބޭނުން ނުކުރާ އެކައުންޓްތައް އުވާލަނީ

  •   ބޭނުންނުކުރާ 951 އެކައުންޓް އެބަހުރި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 7 ޖޫން 2017 | ބުދަ 15:30 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް


މޯލްޑިވްސް އިސްލާމިކް ބޭންކު ހުޅުވުމުގެ ރަސްމިއްްޔާތުގެ ތެރެއިން . އެ ބޭންކުން ވަނީ އެއްވެސް މުއާމަލާތެއް ހިންގާފައިނުވާ އެކައުންޓްތައް ބަންދުކުރާނެކަމަށް ބުނެފައި -- ރާއްޖެއެމްވީ

 މޯލްޑިވްސް އިސްލާމިކް ބޭންކުގެ(އެމްއައިބީ) އެކައުންޓްތަކުގެ ތެރެއިން 5 އަހަރުތެރޭގައި އެއްވެސް މުއާމަލާތެއް ހިންގާފައިނުވާ އެކައުންޓްތައް ބަންދުކުރާނެކަމަށް އެ ބޭންކުން ބުނެފިއެވެ.

އިސްލާމިކް ބޭންކުން އަންގާރަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ  އެ ބޭންކުގެ އެކައުންޓްތަކުގެ ތެރޭގައި ފަސް އަހަރު ބޭނުން ނުކުރާ 951 އެކައުންޓް އެބަހުރި ކަމަށާއި އެއެކައުންޓު ތަކުގެ ވެރިފަރާތްތަކަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އެއްވެސް ގޮތަކަށް ބޭނުން ނުކުރާ އެކައުންޓްތަކުގެ ލިސްޓް އެ ބޭންކުން ވަނީ އާންމުކޮށްފަ އެވެ.

ބޭންކުން ބުނީ ލިސްޓް އާންމުކުރާތާ 60 ދުވަސް ފަހުން އެކައުންޓްތަކުގައިވާ ފައިސާ މަރުކަޒީ ބޭންކަށް ހަވާލުކުރުމަށް ފަހު އެކައުންޓުތައް ބަންދުކުރާނެ ކަމަށެވެ.

އަދި މިއަހަރުގެ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުގެ ކުރިން އެ އެކައުންޓްތައް އެކްޓިވޭޓު ނުކޮށްފި ނަމަ އެކައުންޓު ބަންދުކޮށް، ފައިސާ އެމްއެމްއޭއަށް ފޮނުވާނެ ކަމަށާއި، އެ ފައިސާ ހޯދުމަށްޓަކައި “ޑޯމަންޓް އެކައުންޓުގައިވާ ފައިސާ ނެގުމަށް އެދި ހުށަހަޅާ ފޯމު” ފުރުމަށް ފަހު އެމްއައިބީއަށް ހުށަހަޅަން ޖެހޭ ކަމަށް އިސްލާމިކް ބޭންކުން  ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް