| 6 ޖޫން 2017 | އަންގާރަ 20:07 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އުރީދޫގެ އިންޓަރނޭޝަނަލް ސަބްމެރިން ކޭބަލްއަށް ދިމާވި މައްސަލައަކާ ގުޅިގެން އުރީދޫގެ އިންޓަރނެޓް ބޭނުން ކުރުމުގައި ދަތިތަކެއް ކުރިމަތިވާން ފަށައިފިއެވެ.
އުރީދޫއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކުންފުނީގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލްގެ ރޫޓަކަށް ދިމާވެފައިވާ ކުއްލި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، އުރީދޫގެ އިންޓަނެޓްގެ ޚިދުމަތްތައް ބޭނުންކުރެއްވުމުގައި ދަތިތަކެއް ދިމާވުން އެކަށީގެންވާ ކަމަށެވެ.
މިފަދަ ހާލަތެއް ދިމާވެދާނެތީވެ، އުރީދޫގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ވަނީ ތަފާތު ދެ ގައުމަކާ ގުޅާލެވިފައި ކަމަށާއި މިގޮތުން، ވިހާވެސް އަވަހަކަށް މި މައްސަލަ ހައްލުކުރުމުގެ ގޮތުން، އިންޓަނެޓް ޓްރެފިކް އެހެން ރޫޓްތަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމައިދޭ ރާއްޖެ އޮންލައިންއިން ވެސް ބުނެފައި ވަނީ އެކުންފުނީގެ އިންޓަރނޭޝަނަލް ފައިބަރ ލިންކަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޓަރނެޓް ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެކަން ވީހާ ވެސް އަވަހަކަށް ހައްލުކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ވެސް ވަނީ ބުނެފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް