19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ވަޅޯ މަހުގެ އަގު

ވަޅޯ މަހުގެ އަގު ދަށަށް ޖެހިލައިފި

  • މަހުގެ އަގު ކުރިއަށް އޮތްތަނުގައިވެސް ދާނީ ދަށަށް
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 5 ޖޫން 2017 | ހޯމަ 19:35 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ވަޅޯ މަހުގެ އަގު ދަށަށް ޖެހިލައިފި -- ރާއްޖެއެމްވީ

ރަމަޟާން މަހުގެ ހަފްތާއެއް ފާއިތުވެގެން ދިޔަ އިރު، ވަޅޯ މަހުގެ އަގު ދަށަށްދާން ފަށައިފި އެވެ.

ވަޅޯ މަސް މާރުކޭޓުގައި މަސް ވިއްކާ ފަރާތްތަކުން ބުނީ، ވަޅޯ މަހުގެ އަގުތައް ހެޔޮވެގެންދަނީ، މަސް ލިބޭ މިންވަރު އިތުރު ވުމުގެ ސަބަބުންނެވެ.

މާރުކޭޓުގައި ވަޅޯ މަހުގެ މަސް ފަޅިއެއްގެ އަގު އުޅެނީ، 60ރ. އިން ފެށިގެން  90ރ. ދެމެދުގެ އަގުތަކެއްގައެވެ. ކުދި ވަޅޯ މަހުގެ އަގު އުޅެނީ 30ރ. އައި 40ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. ރަމަޟާން މަސް ފެށުނު އިރު 90ރ. ރުފިޔާއަށް މިހާރު ލިބެން ހުރި ވަޅޯ މަސް ލިބެން ހުރީ 130ރ. އާއި 120ރ. އާ ދެމެދުގަ އެވެ.

މީގެ އިތުރުން ހިކި މަސް ކިލޯއެއްގެ އަގު އުޅެނީ، 110ރ. އަށެވެ.

މަސް މާރުކޭޓުގައި މަސް ވިއްކާ ފަރާތްތަކުން ބުނީ، މަހުގެ އަގު ހެޔޮވެފައި ވަނީ، މޫސުން ރަގަޅުވަމުންދާތީ މަސް ލިބޭ މިންވަރު އިތުރުވުމުގެ ސަބަބުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ރަގަޅު ނަމަ، މާރުކޭޓުން ލިބެން ހުރި މަހުގެ ބާވަތްތަކުގެ އަގުތަށް ދަށަށް ދާނެ ކަމަށް މަސް ވިއްކާ ފަރާތްތަކުން ބުނެ އެވެ.

މަހުގެ އަގުތަކަށް ބަލާއިރު، ކަނޑުމަސް ކިލޯއެއް އުޅެނީ، 60ރ. އާއި 80ރ އާ ދެމެދުގެ އަގުތަކެއްގައެވެ.

ތަކެތީގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު ކަރާ ކިލޯގެ އަގު ވަނީ، އުފުލިފަ އެވެ. އެގޮތުން، ދަތުރުވެރިންގެ މާރުކޭޓުގައި ކަރާ ކިލޯއެއް އުޅެނީ، 18ރ. އާއި 25ރ. އާ ދެމެދުގެ އަގުތަކެއްގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް