13 ނޮވެންބަރު 2018 | އަންގާރަ | 01 ނޮރަ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ލަންޑަން ހަމަލާ

ރައީސް ޓްރަމްޕް ފާޑުވިދާޅުވި ކަންކަން ލަންޑަންގެ މޭޔަރ ދޮގު ކުރައްވައިފި

  • ރައީސް ޓްރަމްޕްއާ މޭޔަރ ޚާން ވަނީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ދެބަސްވެ ވަޑައިގެންފަ
އަބުދުﷲ މުހައްމަދު | 8Abbo

| 5 ޖޫން 2017 | ހޯމަ 14:36 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


ލަންޑަންގައި ހޮނިހިރު ދުވަހު ދިން ޓެރެރިސްޓް ހަމަލާގައި މަދުވެގެން 7 މީހުން މަރުވެ 48 މީހުން ޒަޚަމްވި -- ގޫގުލް

ހޮނިހިރު ދުވަހުގެ ހަމަލާއާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ޖަވާބު ލަންޑަނުގެ މޭޔަރ ސާދިޤް ޚާން ދޮގުކުރައްވައިފިއެވެ.

ލަންޑަން ބްރިޖާއި ބަރަރ މާކެޓްގައި ދިން ހަމަލާގައި ހަތް މީހުން މަރުވެ 48 މީހުން ޒަޚަމްވެފައިވެއެވެ.

ލަންޑަންގެ ރައްޔިތުން ސަމާލްކަން ދޭންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ ސާދިގް ޚާން ފަރުވާ ކުޑަކުރައްވާފައިވާ ކަމަށް ރައީސް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވާފައެވެ.

ޚާންގެ ޓީމުން ބުނީ މައުޟޫއިން ބޭރުން ވާހަކަ ދެއްކެވި ޓްރަމްޕްގެ ވާހަކަތަކަށް ރައްދު ދިނުމަށްވުރެ މުހިއްމު ކަންކަން އެބަހުރި ކަމަށެވެ.

ޚާން އަށް ފާޑުވިދާޅުވެ އާދީއްތަ ދުވަހު ރައީސް ޓްރަމްޕް ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވީ"ޓެރެރިސްޓް ހަމަލާގައި މަދުވެގެން 7 މީހުން މަރުވެ 48 މީހުން ޒަޚަމްވިއިރު ލަންޑަނުގެ މޭޔަރ ވިދާޅުވަނީ މާބޮޑަށް ސަމާލުވާންވީ ސަބަބެއް ނެތްކަމަށް ކަމަށެވެ.

ޓްރަމްޕގެ ޓްވީޓާ ގުޅިގެން ލަންޑަންގެ އެތައް ބަޔަކު ރުޅިއައިސްފައިވާއިރު އެމީހުން ބުނެފައިވަނީ ޚާން އިޝާރާތްކުރައްވާފައި އެވަނީ މަގުތަކުގައި ފުލުހުންގެ އަދަދު އިތުރު ކުރުމާ ބެހޭ ގޮތުން ކަމަށެވެ.

އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ސާދިގް ޚާން ވިދާޅުވީ "ލަންޑަނުގެ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ މިއަދާއި އަދި ކުރިޔަށް އޮތް ދެތިން ދުވަހެއްގައި ފުލުހުންގެ އަދަދު އިތުރުކޮށް"މާބޮޑަށް ސަމާލް ވާންވީ ސަބަބެއް ނެތް"ކަމަށެވެ.

ރައީސް ޓްރަމްޕްއާ މޭޔަރ ޚާން ވަނީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ދެބަސްވެ ވަޑައިގެންފައެވެ.

މިދިއަ އަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު، އެމެރިކާއަށް މުސްލިމުން ވަނުން މަނާކުރައްވާނެކަމަށް ފުރަތަމަ ހުށަހެޅުއްވުމަށްފަހު ޓްރަމްޕް ވިދާޅުވީ ލަންޑަންގެ ފުރަތަމަ މުސްލިމް މޭޔަރ، ޚާން އިސްތިސްނާ ވާނެ ކަމަށެވެ.

ސާދިގްޚާންވަނީ" މިއީ އަޅުގަނޑަކަށް ނޫން، އަޅުގަނޑުގެ އެކުވެރިންނަށް، އާއިލާއަށް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން" ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވާހަކަފުޅަށް ދެކޮޅު ހައްދަވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް