20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ރާވެރިޔާ ކައުންސިލަށް

ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

 • ހަބީބު ވިދާޅުވީ، ރާވެރިޔަކަސް ރައްޔތުންނަށް އިޚްލާސްތެރި ނަމަ ކޮންމެކަމެއްވެސް ކާމިޔާބު ކުރެވިދާނެކަމަށް
 • ކައުންސިލް ހުވާކުރުމަށް ފަހު ހަބީބު ވަނީ ކޯޓް ފަޓްލޫނުގައި ރުކަށް އަރުއްވާ ރާ ބަނދެފައި
 • ހަބީބު ދެއްކެވީ ރާވެރިޔަކަސް ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިއްޖެ ނަމަ ތަފާތު ދެއްކޭނެކަން
އާމިނަތު ނުޒުހާ | nuzu8121

| 5 ޖޫން 2017 | ހޯމަ 12:41 | |

މަގުބޫލް

 1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
 2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
 3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
 4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
 5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
 6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
 7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
 8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ވިލިނގިލީ ރާވެރިބޭ -- ފޭސްބުކް

ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލަށް ހޮވުނު ހަބީބު ހަސަން އަކީ ތަފާތު މީހެއް ކަމަށް އެރަށުގެ ރައްޔިތުން ބުނެފިއެވެ.

 

ތަފާތު ގިނަ އަތްތެރި މަސައްކަތްތައްވެސް ކުރަމުން އަދި ރާވެރިކަން ވެސް ކުރަމުންދިޔަ ހަބީބު ހަސަން (ރާވެރިބޭ ) ގއ. ވިލިގިނގިލީ ކައުނސިލަށް ހޮވިފައިވަނީ އެމްޑީޕީންނެވެ.

 

ހޮނިހިރު ދުވަހު އޮތް ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ނިންމާލުމަށް ފަހު ކޯޓް ފަޓްލޫނުގައި ހުންނަވާ ހަބީބު ވަނީ ރުކަށް އަރުއްވައި ރާ ބަނދެފައެވެ. މި މަންޒަރު ބެލުމަށް ރަށުގެ އާއްމު ރައްޔިތުން ރުއްދޮށަށް އެއްވިއެެވެ. ތަރުހީބުގެ އަތްތިލަ ބަޑިން ގުގުމާލިއެވެ.

ހަބީބު ދައްކަވައިދެއްވި ކޮންމެ މަސައްކަތެއްގައި ވެސް އިޚްލާސްތެރިކަން މަތީ ދެމި ހުރެއްޖެ ނަމަ ރައްޔިތުންގެ އިތުބާރު އެއީ ހޯދިދާނެ އެއްޗެއްކަމެވެ.

 

ރުކުން ފޭބުމަށް ފަހު، ރައްޔިތުންނަށް ހަބީބު ޝުކުރު އަދާކުރެއްވިއެވެ.

 

އެއަށް ވުރެ އަޅައިގަތީ، ރާވެރިކަމުގެ މަސައްކަތުގައި ހަބީބު ރުކަށް އޮންނެވި ވީޑިއޯ އާއި އަދި ކޯޓް ފަޓްލޫނާ އެކު ރުކަށް އެރުއްވި ވީޑއޯއެއް އޭނާގެ ފޭސްބުކަށް އަޕްލޯޑްކުރެއްވުމަށްފަހު ލިޔުއްވާފައިވާ އިބާރާތްކޮޅުގައެވެ.

"ހުސްގަޔާ ރުކަށް އަރާ ރާވެރިކަން ކުރަމުން ދަނިކޮށް، ވިލިނގިލީ ރައްޔިތުން ކޯޓް ފަޓްލޫނު އަޅުގަނޑަށް ދެއްވިކަމަށްޓަކައި ޝުކުރު ދަންނަވަމެވެ. އެއްޗެެއް އެނގުނަސް އަދި ނޭނގުނަސް ރައްޔިތުން މި ވަނީ، ވިލިނގިލީ ކައުނސިލް މެންބަރަކަށް އަޅުގަނޑު ހޮއްވަވާފަ. ބަޔަކު މޭ ކެރިޔަސް ރައްޔިތުން ގާތަށް ޚިދުމަތްކުރުމަށް ﷲ ގެ ވާގިފުޅާއެކު، ކުރިއަށް އޮތް ތިން އަހަރު ސާބިތުކަމާއެކު ދެމި ހުންނާނެކަމުގެ ޔަގީންކަން ވިލިނގިލީ ރައްޔިތުންނަށް އަރުވަން. ތަފާތު ވާނެ، ތަފާތު ދައްކާނަން" މިއީ ހަބީބު ކައުންސިލްކަމުގެ ހުވާކުރެއްވުމަށް ފަހު ވޯޓްދީ ހޮއްވެވި ވިލިނގިލީ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް ފަހު ދެއްވި މެސެޖެވެ.

ހަބީބު ވިދާޅުވާ ގޮތުގައި، އާދައިގެ ރާވެރިޔަކަސް ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިއްޖެ ނަމަ "ތަފާތު ވެންނެ، އަދި ތަފާތު ދެއްކޭނެ" އެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Mamolhu

2 އަހަރު ކުރިން

Raaverin،massverin،dhaduverin، Me thaneh dhoreh nudhanna meehun، Bodu tai alhaafa dhashajahaalaafa bodu bootakah araahuryma ahery varah mathee faaheh hoadhaagen Me migaumuge haalathu،

0
0
ޒުހުރީ

2 އަހަރު ކުރިން

މިފެން ނަނީ އަސްލު ތެދު ހަޤީގަތެއް ފަހުގެ ޒަމާނެއް ގެ

0
0
hassan

2 އަހަރު ކުރިން

Mi liun nimendhen nukiyan. Ekamaku athugai 300 rufiyaa gaduves neiy vagaku sarukaarahvadhe vakkankoh efaisaain fulhunnaa sifain gane gaumuge verikan feyrigane gaumu nolhaigen kaairu, raiyithun aijahaa saabas dheyn thibumakee ajaibeh noontha?

0
0
ވިލިނގިލި ރައްޔިތެއް

2 އަހަރު ކުރިން

ސާބަހޭ ހަބީބު.. ހަބީބު ތީ ހިއްވަރުގަދަ ހީވާގި ދިވެހި ރައްޔިތެއް....

22
0
ޝާހިދު

2 އަހަރު ކުރިން

ލަދުން މަރު. މިތައް ދެއްކެވުމުގެ ކުރިން މަރުގެންނެވިނަމަ

5
29
hhh

2 އަހަރު ކުރިން

Democracy ve emme reethi namoonaa aky thy. Gaabil.kamah nublaa magaam thah dhinun. Evves fenvareh neh myhunah bodu gondiaa bodu musaara dhinun. 4 or 5 aharu kiyavain dhaa myhunah job eh nulibifa. Teacherunnah vx libeny thiya councilor innah vure kuda musaara. But emme fenvaru dah myhun council ga. Democracy ah salaam

6
4
Adu

2 އަހަރު ކުރިން

Zameel Kaley andhiri dho

Zameel

2 އަހަރު ކުރިން

Kobaa massala akee. Theekee hadi masakkatheh noon. Firihenakah viyyaa kuran ingen jeheyne kameh. Raaveri akah ves zimmaadhaaru vazeefaa eh adhaa kurevidhaane. Ehen noonas meehunge maguboolukan hoadhan film thah kulhey meehunnah ekanyeh noon majilis gondi aa council gondi thah liben jeheneekee. Mikahala masakkaiy kuran kerey amilla dhaa ohoruvain bura masakkatheh rayyithunge karu hikkun filuvaaladheyn koh dhin meehaku rashuge tharaggee ah naaraane emme rukeh ves raajjeyga nubahattaane kan yageen. Emme uhah araane in sha allah

9
1