21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ލުނބޯ ފެން

ލުނބޯފެން ބޮއިގެން ބަރުދަން ލުއި ކުރެވިދާނެތަ؟

  • ސައިންސްވެރިން މިކަމުގައި ޚިޔާލު ތަފާތު
  • ލުނބޯގައި މަތީ މިންވަރަކަށް ޕޮލިފީނޯލް ހިމެނޭ
  • ޕޮލިފީނޯލަކީ ސަރުބީ ހަޖަމު ކުރާ އެންޒައިން އުފައްދަން އެހީވެދޭ ކެމިކަލެއް
ރާއްޖެ އެމްވީ | raajje.mv

| 3 ޖޫން 2017 | ހޮނިހިރު 05:44 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. އަލިދީގެ ތާއީދު އިބޫއަށް!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ


ލުނބޯފެން - ފެނަށް ލުނބޯ ތުނިކޮށް ކޮށައިގެން އެޅުމަށްފަހު ބުއިމުން ބަރުދަން ލުއިވާ ކަމަށް ގިނަބަޔަކު ދެކޭ -- ގޫގުލް

ފެނަށް ތުނިކޮށް ލުނބޯ ކޮށައިގެން ލުނބޯ ފެން ބުއިމަކީ ހިކެން ބޭނުން މީހުންގެ މެދުގައި މަގްބޫލް ވަމުން އަންނަ ބުއިމެކެވެ. ޚާޢްސަކޮށް ޔޫރަޕްއާއި އެމެރިކާގައި މިއީ މަޝްހޫރުވަމުން އަންނަ ބުއިމެކެވެ. މި ގޮތައް ގަބޫލު ކުރާ މީހުން ބުނަނީ، ލުނބޯ ފެން ބުއިމުން ހަށިގަނޑުގައި ހުންނަ ވިހަތައް ބޭރުކޮށް ހަށިގަނޑު ސާފުކޮށްދޭ ކަމަށާއި، ކާހިތްވުން ކުޑަކޮށްދީ، ހަޖަމުގެ ނިޒާމަށް ބަދަލު އައިސް ސަރުބީ ހަށިގަނޑުގައި ޖަމާވުން ދުރުކޮށްދޭ ކަމަށެވެ. އެހެން ކަމަށް ވާނަމަ މިއީ ހަމަ އެންމެ ފައްކާ ބުއިމެކެވެ، އަމިއްލަ އަށް ފަސޭހައިން ޚަރަދު ކުޑަކޮށް ތައްޔާރު ކޮށްލެވިދާނެ ބުއިމެކެވެ. މި ގޮތައް ބުނެ ލެމަން ވޯޓަރ ނުވަތަ ލުނބޯފެން އިޝްތިހާރު ކުރާ ވެބްސައިޓްތައްވެސް ދުނިޔޭގައި ވަރަށް ގިނައެވެ.

އެކަމަކު ސައިންސްވެރިން ބުނަނީ އެކަން އެހެން ނުވާނެ ކަމަށެވެ. އެއީ ލުނބޯ ކޮށާފައި ފެނަށް އެޅުމުން އެ މޭވާގައި ހުންނަ އެންމެ މުހިންމު ބައިގެ ރާހަތެއް ފެނުގެ ތެރެއަށް އަށް އަދި ފެނުގެ ޒަރީއާއިން ހަށިގަނޑަށް ކުރާނެ ކަމަށް ނުފެންނާތީ ކަމުގައެވެ.

ލުނބޯފެނާ ގުޅިފައިވާ މި އާދަޔާ ޚިލާފް ގަބޫލު ކުރުންތައް ފެށިގެން އައިސްފައިވާ ކަމަށް ބެލެނީ 2008 ވަނަ އަހަރު ޖަޕާނުގައި ހެދި ދިރާސާއަކަށް ބިނާ ކޮށްގެންނެވެ. އެދިރާސާ ހެދި ސައިންސްވެރިން ހެދި ގޮތަކީ މީދަލަށް ފަލަވާ ޒާތުގެ ކާނާ ކާންދިނީއެވެ. އަދި އެއާއެކު ސައިންސްވެރިން ދައްކައިދިނީ ފަލަވާ ޒާތާގެ ކާނާ ކާންދިނަސް ލުނބޯ ކާން ދިނުމުން މީދާ ފަލަނުވާ ކަމެވެ. ސައިންސްވެރިން ބުނީ، ލުނބޯގައި ހުންނަ މާއްދާއެއް ކަމަށްވާ "ޕޮލިފީނޯލް" ގެ ސަބަބުން މީދަލުގެ ބަރުދަން އިތުރުވުން ކުޑަކުރާ ކަމަށެވެ. އެކަން ވާ ގޮތް ކިޔައިދެމުން ޖަޕާންގެ ސައިންސްވެރިން ބުނެފައިވަނީ، ލުނބޯގައި އެކުލެވޭ ޕޮލިފީނޯލްގެ ސަބަބުން ފުރަމޭގައި ސަރުބީ ހަޖަމުކުރާ އެންޒައިމް އިތުރުކޮށްދެނީއެވެ. ސަރުބީ ރަނގަޅަށް ހަޖަމުވުމުގެ ނަތީޖާއަކީ ސަރުބީ ހަށިގަނޑަށް ވާސިލްވުމާއި ޖަމާވުން ކުޑަވުމެވެ.

އެކަމަކު މިކަމާ މެދު ސީރިއަސް ނަޒަރަކުން ވިސްނާލާއިރު ބަލާލަންޖެހޭ މުހިންމު ނުކުތާތަކެއް ފާހަގަ ކުރެވެއެވެ. ފުރަތަމަ ކަމަކަށް ދިރާސާގައި ބޭނުން ކޮށްފައިވަނީ މީދަލެވެ. އިންސާނުންނެއް ނޫނެވެ. ޔުނިވަރސިޓީ އޮފް ކެލިފޯނިއާގެ މެޑިކަލް ސެންޓަރގެ ސީނިއަރ ޑައިޓީޝަން ޑާނާ ހިއުންސް މި ކަމާބެހޭ ގޮތުން ޓައިމް މެގަޒިން އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ލުނބޯފެން ބުއިމަކުން އިންސާނުންގެ ބަރުދަން ލުއިކޮށްދޭނެ ކަމުގެ އެއްވެސް ސައިންޓިފިކް ހެއްކެއް މިހާތަނަށް ފެންނާކަށް ނެތެވެ.

ޖަޕާނުގެ ދިރާސާގެ މައްޗަށް ބުރަވެ ލުނބޯ ފެނުން ބަރުދަން ލުއި ކުރާނެ ކަމަށް ގަބޫލު ކުރާއިރު، އެދިރާސާގައި ކަންހިނގާ ދިޔަ ގޮތާއި މިކަމުގައި ގަބޫލު ކުރެވިފައި އޮންނަ ގޮތާ އަޅާ ބަލާއިރު ދިމާވާ އަނެއް މައްސަލައަކީ ލުނބޯ ފެނުގައި މައިގަނޑު ގޮތެއްގައި ބޭނުން ކުރެވެނީ ލުނބޯ ހުތެވެ. އަނެއްކޮޅުން ސަރުބީ ނައްތާލުމަށް ބޭނުންވާ ޕޮލިފީނޯލް އެންމެ ގިނައިން ހުންނަނީ ލުނބޯ ތޮށީގައެވެ. އަދި ޖަޕާނު މީހުން ހެދި މީދަލުގެ ބަރުދަން ލުއި ކުރާ ދިރާސާގައި، މީދަލަށް މަތީމިންވަރަކަށް ތޮށި އެކުލެވޭ ކާނާ ކަންދިނެވެ. ތެދެކެވެ. ތުނިކޮށް ލުނބޯ ފޮތިކޮށްފައި ހުންނަ އިރު ކޮންމެވެސް ވަރަކަށް ފެނުގައި ތޮށިވެސް ހުންނާނެއެވެ. އެކަމަކު އެ ގޮތުން އެކުލެވޭ ތޮށީގެ މިންވަރަކީ މި ދިރާސާގައި މީދަލަށް ކާންދިން ތޮށީގެ މިންވަރާ ގާތް ކުރާ މިންވަރެއްވެސް ނޫނެވެ.

ލުނބޮޔަކީ ފައިދާހުރި މޭވާއެކެވެ. އޭގައި ހަށިގަނޑަށް ބޭނުންތެރި ވިޓަވިން ސީ އެކުލެވޭކަން އެއީ އާއްމު ގޮތެއްގައި އެންމެވެސް ދަންނަ ކަމެކެވެ. ބައެއް ދިރާސާތަކުން، މީހުން ފަލަވުމުގެ އެއް ސަބަބެއްގެ ގޮތުގައި ވިޓަމިން ސީ ހަށިގަނޑުން މަދުވުން ހިމެނޭކަމަށް ބުނެފައި އެބަހުއްޓެވެ. އެކަމަކު އޭގެ މާނައަކީ ބަރުދަން ލުއިކުރަން ގިނަ އަދަދަކަށް ލުނބޯ ކާންވީ ވާހަކައެއް ނޫނެވެ.

ލުނބޯފެން މީރު ނަމަ އެ ނުބޯންވީ ސަބަބެއް ނެތެވެ. ގިނައިން ފެންބުއިމަކީ ހަށިގަނޑަށް ކިތަންމެ ގޮތަކުންވެސް ރަނގަޅު ކަމެކެވެ. އަދި މީގެ ސަބަބުން ސިއްހަތައް ގެއްލުން ހުރި އެހެން ބާވަތްތަކުގެ ބުއިންތަކަށް ބަނޑުން ލިބޭ ޖާގަ ކުޑަވާނަމަ އެއީވެސް ފައިދާއެކެވެ. އެކަމަކު ލުނބޯފެނަކީ ހިކެން ބޭނުންކުރާ އެއްޗެއްގެ ގޮތުގައި އެ ބުއިމަކުން އެ ގޮތައް ނަތީޖާ ނުކުމެދާނެ ކަމަށް ތަޖުރިބާކާރުން ނުދެކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް