16 ޖެނުއަރީ 2019 | ބުދަ | 12 އުތުރަހަޅަ
10 ޖުމާދަލްއޫލާ 1441
ފަތިސް 05:01
އިރުއަރާ 06:16
މެންދުރު 12:20
އަސްރު 15:40
މަޣްރިބް 18:15
އިޝާ 19:31

އުރީދޫ މޯލްޑިވްސް

އުރީދޫ އިން "ޓޫ ތައުސަން އައިލްސް"އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

  • ރާއްޖޭގެ އާބަދުވެފައިވާ ހުރިހާ ރަށްރަށަށް ޒިޔާރަތްކުރާނެ
  • ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުމާއި ވެށި ދައްކުވައިދެވޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 2 ޖޫން 2017 | ހުކުރު 15:38 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިސްލާހެއް ހުށަހަޅައިފި
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ޓޫ ތައުސަން އައިލްސްގެ މަޝްހޫރު ފޮޓޯގްރާފަރ އައިޝަތު ނަޖް އަދި ލިޔުންތެރިޔާ ޑެނިއެލް ބޮސްލޭ -- އުރީދޫ

އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫ އިން ޓޫ ތައުސަން އައިލްސް އާއި އެކު ޕާޓްނަރޝިޕް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

 

މި ޕްރޮޖެކްޓަކީ މަޝްހޫރު ފޮޓޯގްރާފަރ އައިޝަތު ނަޖް އަދި ލިޔުންތެރިޔާ ޑެނިއެލް ބޮސްލޭގެ ބައިވެރިވުމާ އެކު ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ ތާރީޚީ ކަންކަން އެކުލަވާލުމަށް ކުރިއަށްގެންދެވޭ ޕްރޮޖެކްޓެކެވެ.

 

މި ޕްރޮޖެކްޓްގައި ފޮޓޯ ޖަރނަލިޒަމް އަދި ޓްރެވަލް ބްލޮގިންގ މެދުވެރިކޮށް ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުމާއި ވެށި ދައްކުވައިދެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

 

ޓޫ ތައުސަން އައިލްސް ޓީމް، ރާއްޖޭގެ އާބަދުވެފައިވާ ހުރިހާ ރަށްރަށަށް ޒިޔާރަތްކޮށް، މަސައްކަތްކުރުމަށް ބޭނުންވާ މުވާސަލާތީ އެހީތެރިކަން، އޮފިޝަލް ޓެލެކޮމިއުނިކޭޝަން ޕާރޓްނަރެއްގެ ގޮތުން އުރީދޫއިން ފޯރުކޮށްދޭނެއެވެ.

 

އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އުރީދޫއަކީ މުޖުތަމައުގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކުންފުންޏަކަށް ވެފައި، އިންޓަނެޓް ޚިދުމަތުގެ އެހީގައި، މިފަދަ އުފެއްދުންތެރި ޕްރޮޖެކްޓްތަކެއް ޒުވާނުން ހިންގާތީ އުފާކުރާ ކަމަށާއި އަދި ޓޫ ތައުސަން އައިލްސް ޓީމުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގޮސް، ރާއްޖޭގެ މުޅިން އާ ވާހަކަތަކެއް ހޯދައި ޑޮކިއުމަންޓްކުރުމަށް ކުރާ ދަތުރަށް އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.  

 

ޓޫ ތައުސަން އައިލްސްގެ ކޯ ފައުންޑަރ ނަޖް ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި މި ކުރަމުންދާ މަސައްކަތް އުރީދޫގެ އެހީތެރިކަމާ ނުލއި ކުރިއަށް ގެންދިއުން ދަތި ވާނެ  ކަމަށާއި އެހެންކަމުން އެކުންފުނީގެ އެއްބާރުލުން އަގުވަޒަންކޮށް ޝުކުރު އަދާކުރާ ކަމަށެވެ.

 

އުރީދޫގެ ނޭޝަންވައިޑް 4ޖީ ނެޓްވަރކް މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް އަޕްލޯޑް ކުރަމުންދާ ބްލޮގް ޕޯސްޓުތަކާއި ސޯޝަލް މީޑިއާ އަޕްޑޭޓްތަކުގެ އެހީގައި، މި ދަތުރުގެ ކޮންމެ ފިޔަވަޅެއް ވެސް، ފޮލޮވާރޒް އާއި ހިއްސާކޮށްލެވޭ ކަމަށް ނަޖް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް