26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

އިމްޕޯޓް

ރޯދަ އަށް އިމްޕޯޓް ކޮށްފައިހުރި ހުރިހާ ކާބޯތަކެއްޗެއް ކްލިޔާކޮށް ނިންމާލައިފި

  • މިހާރު ބާޒާރުގަ ތަކެތީގެ އަގު ބޮޑުވަންޖެހޭ ސަބަބެއް ނެތް
ރިޒުނާ ޒަރީރު | RiznaZareer

| 1 ޖޫން 2017 | ބުރާސްފަތި 19:10 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް


ކަސްޓަމްސްގެ ވެއަރ ހައުސް -- ޓްވިޓަރ

ރަމަޟާން މަހަށް ރާއްޖެއަށް އިމްޕޯޓްކޮށްފައި ހުރި ކާބޯތަކެތި ކަސްޓަމްސް އިން ކްލިޔާކޮށް ނިންމާލައިފިއެވެ.

 

އެމްޕީއެލްގެ ސީއީއޯ އަބްދުރައްޒާގު ހަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިހާތަނަށް އިމްޕޯޓްކޮށްފައިހުރި ހުރިހާ ޕެރިޝެބްލް (ހަލާކުވާ ޒާތުގެ ކާބޯތަކެތި) މުދަލެއް ކްލިޔާ ކުރެވިފައިވާ ކަމަށެވެ.

 

އެހެންކަމުން މިހާރު ބާޒާރުގަ ތަކެތީގެ އަގު ބޮޑުވަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ހަލީމް ވިދާޅުވެފައި ވެއެވެ.

 

މެއި 26 ވަނަ ދުވަހު އެމްޕީއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ރާއްޖެ ގެންނަ ކާބޯތަކެތީގެ މުދާ ފަސޭހަކަމާއެކު ކުލިއަރކުރާނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

 

ރަމަޟާންމަހަކީ އާދަޔާ ޚިލާފަށް ކާބޯތަކެތީގެ ބާވަތްތައް ބޭރުން އެތެރެކުރާ ދުވަސްވަރަކަށް ވުމާއެކު، ވިޔަފާރިވެރިންނަށް ފަސޭހަކަމާ އެކު މުދާ ކުލިއަރކޮށްދިނުމަށް އެމްޕީއެލްއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެކުންފުނިން ބުނެއެވެ.

 

މި ރަމަޟާންމަހު ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދިނުމަށްޓަކައި އެމްޕީއެލްގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ދޭނެކަމަށް  ޙަލީމް ވިދާޅުވިއެވެ. މިއަހަރުގެ ރަމަޟާންމަހު ކާބޯތަކެތީގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީން ވެސް ކުރަމުންދާ މަސައްކަތުގައި މިނިސްޓްރީން ބުނީ މަޤްބޫލް ސަބަބެއް ނެތި މި ރަމަޟާންމަހު ތަކެތީގެ އަގު ބޮޑުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް