19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

މަގޭ ރިޕޯޓް

ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

 • ކާއްޓެއްގެ އަގު 10 ރުފިޔާއާ 50 ރުފިޔާއާ ދެމެދުގެ އަގެއްގައި
 • މަހުގެ އަގުވެސް އިންތިހާއަށް އުފުލިފައި
 • ތަކެތި ވިއްކާ މީހުން ބުނަނީ އަދި އަގު ތިރިވާން ނެތްކަމަށް
އަހުމަދު މުހުސިނު | dhonbandaara

| 1 ޖޫން 2017 | ބުރާސްފަތި 18:39 | |

މަގުބޫލް

 1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
 2. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
 3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
 4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
 5. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
 6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
 7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
 8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


ލޯކަލް މާރުކޭޓް: ތަކެތީގެ އަގުވަނީ އިންތިހާއަށް އުފުލިފައި -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ޓީވީން ދައްކަމުންދިޔަ އިންޓަރވިއުއަކަށް ބަލައިލީމެވެ. ބާޒާރުގައި ހިކިމަސް ވިއްކަން ހުރި، އުމުރުން ދުވަސްވީ މީހަކު ބުނެއެވެ."މިއީ އާދައިގެ މީހުންނަށް ގަނެވޭވަރު އަގެއް ނޫނެވެ. އެކަމަކު އެވެރިންނަށް ގަނެވޭނެއެވެ. އެފައިސާ ލިބޭ މީހުންނަށް މިމަސް ގަނެވޭނެއެވެ،"

މަސް ވިއްކަން ހުރި މީހާ މިހެން ބުނީމާ ވިސްނާލެވުނެވެ. މިބުނީ ކީކޭ ބާއެވެ. ތެދެކެވެ. ތަކެތީގެ އަގު މާލޭ ބާޒާރުގައި ވަނީ އިންތިހާއަށް އުފުލިފައެވެ. ޚާއްޞަކޮށް ރަމަޟާންމަހަށް ފެށުނުއިރު އެކަމުގެ ވާހަކަ ދެއްކޭކަށް ނެތެވެ. އޭގެ ތެރެއިންވެސް ޒަރޫރީ ބާވަތްތަކެވެ. ރޯދަމަހު ކޮންމެހެން ވެސް ބޭނުންވާ ބާވަތަތްކެވެ.

ބިހާއި އަލުވި އަދި ފިޔާ އެސްޓީއޯއިން ރޯދަމަހާ ދިމާކޮށް އެތެރެކުރިއެވެ. ރޯދަމަހުގެ ކުރިންނެވެ. ބަލާލުމެއް ނެތި ދޫކޮށްލިއިރު ގަނޑުކޮށް ނެގީ ވިޔަފާރިވެރިންނެވެ. ރޯދަމަސް ފެށުނުއިރު އެބާވަތަތައް ވިޔަފާރިވެރިންނަށް އެތެރެކުރެވޭ ގޮތެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން ރޯދަމަސް ފެށުމާއެކު ރައްޔިތުން ނުކުތީ ބާޒާރަށެވެ. ހީކުރިވަރަށްވުރެ އެބާވަތްތައް އެހުރީ ބޮޑުތަނުން މައްޗަށް ޖެހިފައެވެ.

ފަތްކޭލަކީ ރޯދަމަހު އެންމެ ޑިމާންޑް ބޮޑު ބާވަތެވެ. ދޮންކެޔޮވަކެއް 8 ރުފިޔާއަށް 10 ރުފިޔާއަށް، ކޮޕީފަތެއް 7 ރުފިޔާއަށް، މިރުސް ކިލޯއެއް 500 ރުފިޔާއަށްވުރެ މައްޗަށް އެރީމާ އެއަށް ބަލާލަން ވެސް ތުރުތުރުއަޅައެވެ. ޓޮމާޓޯ އާއި ކިއުކަންބާއާ ދެންވެސް އެފަދަ ބާވަތްތައް ރޯދައިގެ ކުރިން އެހުރިވަރަށްވުރެ ޑަބަލް ބޮޑުވިއިރު ރައްޔިތު މީހާއަށް ލިބޭ މުސާރައަށް އިތުރުވި އެއްޗެއް ނެތެވެ. ރޯދަ އެލަވަންސް ވެސް ދިނީ މުސާރައިން ފަސް ދުވަސް ކަނޑާފައެވެ. އެހެންކަމުން ރޯދަމަހޭ ކިޔާފައި އިތުރުވި އެއްޗެއް ވެސް ނެތެވެ.

ސަރުކާރުން ބުނަމުން ދިޔައީ ވިއްސާރަވެ ކަނޑު ގަދަވުމުގެ ސަބަބުން ތަކެތި ގެނައުމަށް ދަތިތަކެއް ކުރިމަތިވީ ކަމަށެވެ. އެއީ ފަހަރުގައި ވެދާނެ ކަމެކެވެ. ނަމަވެސް މިދުވަސްވަރަކީ ކޮންމެ އަހަރަކުވެސް ރާއްޖެއަށް ކުރިމަތިވާ ދުވަސްވަރެއްކަމެއް ސަރުކާރުގެ ހަނދާނަކުނެތެވެ. ތަކެތި އުފުލުމަށް ކުރީގެ ސަރުކާރުން ފެށި ދަތުރުފަތުރުގެ ނިޒާމް ހުއްޓިފައިވާކަމެއް ސަރުކާރަކަށް ނޭނގުނެވެ. ދަނޑުވެރިންނަށް ދޭން ވައުދުވި 8،000ރ. ދެވުނު ނަމަ މިފަދަ ހާލަތްތަކުގައި ވެސް އެވެރިންނަށް ކުރެވޭނެ ކަމެއް އޮންނާނެ ކަމަކަށް ސަރުކާރަކަށް ރޭކާއެއް ނުލައެވެ. އެވައުދު ނުފުއްދީމާ ރައްޔިތުންނަށް އެނޫން ގޮތެއް ނޯންނާނެކަމެއް ސަރުކާރަކަށް ޤަބޫލެއް ނުކުރެވުނެވެ.

ކުޑަކުޑަ ރިއްމަހެއް 20 ރުފިޔާއަށް ކައިވަތެއްވަރުގެ ގިނިމަހެއް 50 ރުފިޔާއަށް އެރީމާ ރައްޔިތުންނަށް ލޯއަޅާލެވޭނީ މަސްވެރިންނަށެވެ. އެކަމަކު އެވެރިން ކުރާނެ ކަމެއް ނެތެވެ. ރަނގަޅަށް މަސްބޭނުނު ދުވަސްކޮޅު ބޭ މަސްކޮޅު ނުކިރުވި ޖެހުނީ އުކާލާށެވެ. މަސްކޮޅަށް ރަނގަޅު އަގެއް ނުލިބި ދޫކޮށްލަން ޖެހުނުއިރު އެވެރިންނަށް ފައިސާ ލިބޭނެ އެހެންގޮތެއް ނެތެވެ. މާދުރުގައި އޮޑިބާއްވާފައި ފަތާފައި މަސްކޮޅު ބާލަން ޖެހޭއިރު އަދިވެސް އެކަމަކަށް ހައްލެއް ނެތެވެ. އައިސް ލިބޭތޯ ކުރެވޭ އުއްމީދުތައް ދަނީ ފެނަށް ވެގެންނެވެ.އޮޑިދޯނިފަހަރުން ދައްކަން ޖެހޭ ފީތައް ބޮޑުވިއިރު އެބުނާ 10 ހާސް ރުފިޔާއެއް ލިބުނު މަސްވެރިއަކު ނެތެވެ. ދެން އެވެރިންނަށް މަސްނުލިބި މަހުގެ ޑިމާންޑް އިރެއްގައި މަހުގެ އަގު ބޮޑުކޮށްލީމާ އެވެރިންނަށް ކިޔޭނެ އެއްޗެއް ނެތެވެ.

ދެން އޮތީ މިރޯދަމަހަށް ކުޑަތަންވީއިރު އެންމެ ޑިމާންޑް ބޮޑުވި ކާށީގެ ވާހަކައެވެ. ދިވެހި ކާއްޓެއް 10ރ. އިން ފެށިގެން 5ރ. އިން މައްޗަށް އެރީމާ ދިވެހިންނަށް ވެސް ހުތުރެވެ. ދިވެހިންގެ ޤައުމީ ގަހަކީ ދިވެހިރުކަށް ވެފައި ރަށްރަށުގެ މަލަމަތި ރުކުން ފަވާލެވޭއިރު ދިވެހިން ކާއްޓަށް ޖެހުނީމާ ދެން ބޮޑުވަރެވެ. މިކަމުގައި ވެސް އެންމެބޮޑު އެއްކަމަކީ އެކާށި އެއްރަށުން އަނެއް ރަށަށް އުފުލޭނޭ ދަތުރުފަތުރުގެ ނިޒާމެއް ނެތުމެވެ. ވަރުވާއަށް ލިއުނު ރަށްރަށް ބީވެގެން ދިއުމާއި ފަޅުރަށްތައް އެތައް ބަޔަކަށް ވިއްކުމުން ނުވަތަ ކުއްޔަށް ދިނުމުން އެތަންތަނުން އޮތީ އެއްވެސް މަންފާއެއް ލިބޭނޭ ގޮތެއް ނެތެވެ.

ކޮންމެއަކަސް ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށެވެ. ކާޑުގެ އަގު ބޮޑުވީމާ އެވާހަކަ ދައްކަން ފެށީމާ ކުޑަކުޑަ ލާރިކޮޅެއް އެއިން ކަނޑާލިއަސް އެނގުމެއްވާވަރެއް ނުވިއެވެ. އަމުދުން ރަށްރަށަށް އެކާޑުކޮޅު ގެންދެވޭ އަގަށް ނާލު އެއްކޮށްލީމާ އަތޮޅުތަކު މީހުންނަށް ކުރި މަންފާއެއް ނެތެވެ. ކިތައްެމެ ވަރަކަށް ހަވާއަރުވާފައި ބުންޏަސް ކަރަންޓް ޔަޤީނެއް ނުވިއެވެ. ބައެއް ރަށްރަށުން ދެއިރުކާ ބޭހެއްހެން ކަރަންޓް ކެނޑޭއިރު މާލޭގައި ވެސް ދުވަސްކޮޅުގެ ގޮތުން އެހާލަތެވެ. ކަރަންޓް ބިލުން ބޮޑުކޮށްލި ބައި އަދިވެސް އޮތީ އެގޮތުގައެވެ. އެއަށްވެސް ލިބުނު ހައްލެއް ނެތެވެ. މިހުރީހަމަކާއެކު ރައްޔިތުން ތިބީ އިންތިހާއަށް ކަންބޮޑުވުމުގައެވެ. އެމީހުންގެ މުސާރައަށް ކުރިއެރުމެއް ނުލިބޭއިރު ތަކެތީގެ އަގު އިންތިހާގައެވެ. މަސްވިއްކަން ހުރި ބޭބެ ބުނިހެން އާދައިގެ މީހުންނަށް ގަނެވޭކަށްނެތެވެ. ބޮޑު މުސާރަ ލިބޭ ވަޒީރުންނާ ކޯޑިނޭޓަރުންނަށާ އެހެންހިންގޮތްގޮތުން އެބުނާގޮތައް ލިބޭ ފައިސާ ލިބޭ ބަޔަކަށް ރައްޔިތުން ތިބީ ތަކެތީގެ އަގުބޮޑުވެ ރަތަށް އަރާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Ismaail

2 އަހަރު ކުރިން

Keeve tha mahaa kaataai agu boduvegen mi sarukaaru thelhi baalani nikamethi raaje thetey meehaa male in heskiyaafa agu bodikoh kuli dhahkan sarukaaru ok meethi kada

0
0