20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރައްޔިތުންގެ ހާލަތު

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

 • ރައްޔިތުންގެ އެތައް ޝަކުވާއެއް އެބަހުރި
 • ޝަކުވާތައް ސަރުކާރަށް އަޑުއިވޭކަމުގެ އިޝާރާތެއް ނެތް
 • ރައްޔިތުންގެ ހާލު އެނގޭނީ ރައްޔިތުންގެ ގާތަށް ގޮސްގެން
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 31 މެއި 2017 | ބުދަ 23:51 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
 3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
 5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
 7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
 8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


ރައްޔިތުންގެ ހާލަތު އެނގޭނީ ރައްޔިތުންނާއި ބައްދަލު ކޮށްގެން -- ރާއްޖެއެމްވީ

ޤައުމު ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވި ވަލިއްޔުލް އަމުރާއެވެ. މަނިކުފާނަށް އަޑު އިވިލައްވާތޯއެވެ. ރައްޔިތުންގެ ޝަކުވާ މަނިކުފާނާއި ހަމައަށް ފޯރާތޯއެވެ. ޤައުމުގައި ވާ ކަންކަން މަނިކުފާނަށް އެނގިލައްވާތޯއެވެ. ރައްޔިތުން އުޅޭ ހާލު އިހުސާސް ކުރެއްވޭތޯއެވެ. މަގުތަކާއި ހޮޅުއަށިތަކުގައި ރައްޔިތުން ދައްކާ ވާހަކަ، މަނިކުފާނަށް އެނގިލައްވާތޯއެވެ. މަނިކުފާނުގެ އައުވާނުން އެ ވާހަކަތައް މަނިކުފާނާއި ހަމައަށް ގެންގޮސްދޭ ތޯއެވެ.

ލޯމަތިން މި ފެންނަ ކަންކަމަށް ބަލާއިރު ރައްޔިތުންގެ ޝަކުވާތައް މަނިކުފާނުގެ ސަރުކާރަށް އަޑުއިވޭހެން ހިޔެއްނުވެއެވެ. ހިރުވާތަން ކަހާލާނަމޭވެސް ހީނުވާފަދައެވެ.

މަނިކުފާނާއި މަނިކުފާނުގެ ސަރުކާރަށް އަޑު އިވޭތޯ ރައްޔިތުންގެ އެ އާދޭސްތައް އިއްވާލެވޭތޯ ބަލާނަމެވެ.

މަނިކުފާނެވެ. ކުރިޔަށް މި ދަނީ ބަރަކާތްތެރި ރަމަޟާން މަހެވެ. ތަކެތީގެ އަގު ހުރީ އިންތިހާއަށް މަތީގައެވެ. މަނިކުފާނެވެ. ނިކަން ބާޒާރުމައްޗަށް ނުކުމެ ތަކެތީގެ އަގުތައް ބައްލަވާލައްވާށެވެ. ލުނބޯ ކިލޯއެއް ލިބެނީ 60 ރުފިޔާއަށެވެ. މި ދިވެހި ޤައުމުގެ ފަޚުރުވެރި ޤައުމީ ގަހޭ މިކިޔާ ރުކުން ލިބޭ ހެޔޮވަރު ސައިޒުގެ އެންމެ ކާއްޓެއްގެ އަގުވެސް ހުރީ ހަމަ އެވަރަށެވެ. މިރުސް ކިލޯއެއްގެ އަގު ހުރީ އޭގެ ދިހަ ގުނައިގައި، 600 ރުފިޔާއަށެވެ.

މި ދެންނެވުނީ ބައެއް ތަކެތީގެ އަގެވެ. މަނިކުފާނުވެސް ބާޒާރުމައްޗަށް ވަޑައިގެން ބައްލަވާލައްވައިފިނަމަ އަދި މިއަށްވުރެވެސް ސިއްސައިގެން ދާ ވަރުގެ އަގުތައް ފެނިވަޑައިގަންނަވާނެއެވެ.

ރަމަޟާން މަހެއް ފެށިގެން ކުރިއަށްދާއިރު މި ޤައުމުގެ ރައްޔިތުން އަދިވެސް ތިބީ އިންސާފާއި ހަމަ ލިބޭނެ ކަމުގެ އުއްމީދުގައެވެ. އެ ރައްޔިތުންގެ އެކި ބޭނުންތައް ފުއްދޭނެ ގޮތެއް ނެތިފައެވެ.

މި ރަމަޟާން މަހާއި، މި އަހަރުގެ މޫސުމީ ވިއްސާރަ ލައްވައިލީއެވެ. ވިއްސާރައިގައި ޖެހި ލިބުނު ގެއްލުން މަނިކުފާނާއި ސަރުކާރަށް އެނގިލައްވާތޯއެވެ. އެތައް ރަށެއްގައި ފެންބޮޑުވެއްޖެއެވެ. ވިއްސާރާއިގެ ސަބަބުން އެތައް އާއިލާއަށް ވަނީ ނިކަން ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

ރޯދައަށް ހައްދަމުންދިޔަ ދަނޑުތައް ވިއްސާރައިގައި ޖެހި ހަލާކުވެގެން ދިއުމުން، މި ރޯދަމަހު އާމްދަނީ ހޯދާނެ މަގެއް ނެތިފައި ކިތައް އާއިލާ ތިބިކަން މަނިކުފާނުގެ ސަރުކާރަށް އެނގިލައްވާތޯއެވެ. ކެނޑިނޭޅި ވިއްސާރަކުރަމުންދާއިރު، ހުންރޯގާގެ ބަލިމަޑުކަމެއް ފެތުރެމުން ދާކަން އެނގިލައްވާތޯއެވެ.

ރައީސް މަނިކުފާނެވެ. ބައްލަވާށެވެ. އައްސަވާށެވެ. މިފަދަ އެތައް އެތައް ކަމެކެވެ. ވަކި ބަޔަކަށް އިންސާފު ހޯދައިދޭ ވާހަކަ ދައްކާކަށް ނޫނެނެވެ. ނަމަވެސް ގިނަ ރައްޔިތުންތަކެއްގެ ލޯބި ލިބިފައިވާ 4 ސިޔާސީ ލީޑަރެއްގެ ހާލަތުގެ ވާހަކަ ފާހަގަކޮށްލާނަމެވެ.

އެންމެ ފުރަތަމަ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅެވެ. އެމަނިކުފާނަކީ މި ޤައުމުގައި 30 އަހަރު ވެރިކަން ކުރައްވައި، ޤައުމަށް ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅެކެވެ. މިއަދު އެމަނިކުފާނު ސިންގަޕޫރުގައި ސެކިއުރިޓީއަކާއި ނުލައި، ޓެކްސީގަނޑެއްގައި އުޅުއްވާން ޖެހުމުން މަނިކުފާނުގެ ސަރުކާރާއި ޚުދު ދިވެހި ޤައުމަށްވެސް ހުތުރެވެ.

ދެން ކުރީގެ ނައިބުރައީސް އަޙުމަދު އަދީބެވެ. ކުށްކުރެއްވިޔަސް، އެމަނިކުފާނަކީވެސް އިންސާނެކެވެ. ބޭސްފަރުވާގެ ހައްޤަކީ ކަށަވަރުކޮށްދޭން ޖެހޭނެ ހައްޤެކެވެ. މިއޮއްފަދަ ރަމަޟާން މަހު އިހުސާންތެރިވެވަޑައިގަންނަވާށެވެ. ހެޔޮފުޅުކަމުގެ ސިޔާސަތުގެ ދަށުންނަމަވެސް އެމަނިކުފާނަށް ބޭސްފަރުވާގެ ފުރުޞަތު ދެއްވާށެވެ. ދަރުމަވާނެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފެވެ. މަނިކުފާނުވެސް ޤަބޫލުކުރައްވާށެވެ. މަޚްލޫފަށް ޙުކުމް ކުރި ކުށް މަނިކުފާނުގެ ޕީޖީ ގްރޫޕުގެ އިސް ފަރާތްތަކުންވެސް ވަނީ ކޮށްފައެވެ. އިންސާފަކީ ހަމަހަމަވާން ވާނެ އެއްޗެކެވެ. މަޚްލޫފްގެ ޙުކުމުގެ މުއްދަތު ހަމަވާން މާކަ ގިނަ ދުވަހެއްވެސް ދެން ނެތެވެ. މި މާތް މައްސަރާއި ގުޅުވައިގެން ނަމަވެސް ދެއްވެން އޮތް ލުޔެއް ދެއްވައި މަޢާފު ކުރައްވާށެވެ.

ފާރިސް މައުމޫންގެ ވާހަކަވެސް ފާހަގަކޮށްލާން ހިތަށް އަރައެވެ. ފާރިސްގެ ޕާސްޕޯޓް އެވަނީ ހިފަހައްޓާފައެވެ. ފާރިސް އެވަނީ މަޤުބޫލު އުޒުރެއް ދައްކައި، ޝަރުތާއި އެކު ނަމަވެސް ބޭރަށް ވަޑައިގެންނެވޭނޭ ގޮތް ހައްދަވައިދެއްވުމަށް އެދިފައެވެ. ހިލަހިތެއްކަމުގައި ވެވަޑައިނުގަންނަވާށެވެ. އާއިލާ ގާތަށް ވަޑައިގެންނެވުމުގެ ފުރުޞަތު ފާރިސްއަށް ދެއްވާށެވެ.

ރައީސް މަނިކުފާނެވެ. އަދި އެއް ވާހަކައެވެ. ކިއްލާއިން ނުކުމެވަޑައިގަންނަވާށެވެ. ނުކުމެވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާށެވެ. ބޮޑާކަމުގައި ނުއުޅުއްވާށެވެ. ރައްޔިތުންގެ ހާލަތު އެނގިލައްވާނީ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުންނެވެ.

އެހެން އެކަން ނުކުރެއްވޭނަމަ ލަދުވެއްޗެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ވިސްނާމީހާ

2 އަހަރު ކުރިން

އެހެނިހެން މަސްމަހުގައިވެސް ލުނބޯކިލޯގެ އަގަކީ 60 ރުފިޔާ އަލަށް ކަންނޭގެ ނާއިލް މާރުކެޓަށް ގޮސްގެން ތިއުޅެނީ

1
0
ފުވާދު

2 އަހަރު ކުރިން

ކޮމެންޓް ތަށް ފެންނަގޮތަށް ނުބަހައްޓވަނީ ބިރުންތޯއެވެ.

0
1
nash

2 އަހަރު ކުރިން

fasaadha ufadhdhan mivaruge news eh neh.. v saaf.. :)

1
0