18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

މާރުކޭޓުގެ ތަކެތީގެ އަގު

ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި

  • ދޮންކެޔޮ ވަކެއްގެ އަގު އުޅެނީ 4ރ. އިން ފެށިގެން 8ރ އަށް އުޅޭ
  • ދޮންކެޔޮ ލިބެން ހުރި މިންވަރު ވަނީ އިތުުރުވެފައި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 31 މެއި 2017 | ބުދަ 17:20 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު
  8. އެމްޑީޕީގެ ޕްރައިމަރީ ހުކުރު ދުވަހު 14:30-20:30 އަށް


ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ދޮންކެޔޮ ގަނޑުތަކެއް -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ލޯކަލް މާރުކޭޓުގައި ލިބެންހުންނަ ތަކެތީގެ މިންވަރު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ އިރު މާރުކޭޓުގައި ގިނަ އަދަދެއްގެ މޭވާގެ ބާވަތްތައް ވެސް ލިބެން އެބަ ހުއްޓެވެ. އެގޮތުން މާރުކޭޓުގައި އެންމެ ގިނައިން ލިބެން ހުރި އެއް ބާވަތަކީ، ދޮންކޭލެވެ. މާރުކޭޓުގެ ބައެއް ގޮޅިތަކުން ދޮންކެޔޮ ވަކެއް 6ރ. އާއި 5ރ. އަށް ލިބެން ހުރި އިރު އަނެއް ބައި ގުޅިތަކުން  4ރ. އަށް ވެސް ދޮންކެޔޮ ވަކެއް ލިބެން އެބަ ހުއްޓެވެ. މީގެ އިތުރުން ބައެއް ގޮޅިތަކުން 10ރ. އަށް ތިން ވަށް ލިބެން ހުރި އިރު 15ރ. އަށް ދެވަށް ވެސް  މާރުކޭޓުގައި ވިއްކަމުންދެ އެވެ.

ރަމަޟާން މަހުގެ ކުރިއަށް އޮތް ތަނުގައި ދޮންކޭލުގެ އަގު ހެޔޮވެގެންދާނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނި ނަމަވެސް، އަނެއް ބަޔަކު ވަނީ އަގަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށް ބުނެފަ އެވެ.

މާރުކޭޓުގައި، ފުވައްމުލަކު، ހއ.ކެލާ، ލ އަތޮޅުގެ އިތުރުން ގދ. މަނޑަވެލިން ގެނެސްފައިވާ ދޮންކެޔޮ ހުރި ކަން ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ބޭރުން އެތެރެކޮށްގެން ވިއްކާ ދޮންކެޔޮވެސް މާރުކޭޓުގައި ލިބެން އެބަ ހުއްޓެވެ.

ލޯކަލް މާރުކޭޓުގައި ކަރާ ކިލޯއެއްގެ އަގު ރަމަޟާން މަހުގެ ފުރަތަމަ ދުވަހު 18ރ. އާއި 15ރ. އަށް ހުރި ނަމަވެސް މިހާރު އަގު ވަނީ 15ރ އާއި 10ރ. އަށް ވެއްޓިފަ އެވެ.

މީގެ އިތުރުން ލުބޯ ކިލޯއެއްގެ އަގު 60ރ. އަށް ލިބެން ހުރި އިރު، މިރުސް ކިލޯ އެއް އުޅެނީ، 600ރ. އާއި 500ރ. އަށެވެ. ކިއުކަމްބާ ކިލޯއެއްގެ އަގު އުޅެނީ، 60ރ. އާއި 40ރ އާއި ދެމެދުގެ އަގުތަކެއްގަ އެވެ. 

ރަމަޟާން މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި، ކަރާގެ އަގު ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނާ އިރު، މިރުސް އަދި ކިއުކަމްބާގެ އަގު މައްޗަށް އަރައިގެންދާނެ ކަމަށް ބެލެވޭ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.                                                                                                                                                             

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް