26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

އުރީދޫގެ ހިއްސާ ވިއްކުން

އުރީދޫގެ ހިއްސާ ވިއްކުން ހުއްޓާލައިފި

  • އުރީދޫއިން ހިއްސާ ވިއްކަން ފެށީ އެޕްރީލް މަހުގެ 30 ގައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 31 މެއި 2017 | ބުދަ 16:06 | |

މަގުބޫލް

  1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


އުރީދޫ މޯލްޑިވްސް: އެކުންފުނިން މިހާރު ވަނީ ހިއްސާ ވިއްކުން ހުއްޓާލާފައި -- ޓްވިޓަރ

އުރީދޫ މޯލްޑިވްސްގެ ހިއްސާ ވިއްކުން ހުއްޓާލައިފިއެވެ.

އުރީދޫއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޕްރީލްމަހުގެ 30 ވަނަ ދުވަހު ހުޅުވައިލި އުރީދޫ މޯލްޑިވްސްގެ އައިޕީއޯ ނިމި، ހިއްސާ ގަތުމުގެ ފުރުސަތު މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.

އެގޮތުން  ހިއްސާ ގަތުމުގެ މުއްދަތު ހުޅުވާލެވުނީ 30 އޭޕްރިލް އިން ފެށިގެން 29 މެއިގެ ނިޔަލަށް، ރަސްމީ ބަންދު ނޫން 20 ދުވަހަށްކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. 

އުރީދޫއިން ބުނީ އެ ކުންފުނީގެ ހިއްސާ ގަނެފައިވާ އެންމެހާ ފަރާތްތަކުގެ އެހީގައި އުރީދޫ މޯލްޑިވްސް އައިޕީއޯ ވެގެންދިޔައީ ވިކިފައިވާ ހިއްސާގެ މިންވަރަށް ބަލާއިރު ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންގޮސްފައިވާ އެންމެ ބޮޑު އައިޕީއޯ އަށް ކަމަށެވެ.  


"މިފަދަ ތަރުޙީބެއް ލިބުމަކީ އަޅުގަނޑުމެންނަށް ލިބިގެންދިޔަ ފަޚުރެއް. މިގޮތުން، ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ދިވެހި ރައްޔިތުން ބާރުވެރިކުރުމަށް އުރީދޫ ކުރަމުންދާ މަސައްކަތަށް އިންވެސްޓްކުރެއްވި ކަމަށްޓަކައި، ޙިއްޞާ ބައްލަވައިގަތް އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން. އަޅުގަނޑުމެންގެ އައު ޙިއްޞާދާރުންނަށް މަރުޙަބާ ކިޔައި، އުރީދޫގެ ކާމިޔާބީގައި ބައިވެރިކުރުމަށް އަޅުގަނޑުމެން މިތިބީ އުފަލާއެކު ތައްޔާރަށް." އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

އުރީދޫއިން ވަނީ ހިއްސާ ގަންނަން ހުށަހަޅާފައިވާ ފަރާތްތަކަށް މުޙިއްމު ތާރީޚުތައް އާންމު ކޮށްފައެވެ. އެގޮތުން ހިއްސާ އެކަށައެޅޭނެ ކަމަށް ލަފާ ކުރެވޭ ތާރީޚަކީ ޖޫން 15 ކަމަށާއި ވިއްކުމަށް ހުށައަޅާފައިވާ އަދަދަށްވުރެ އިތުރަށް ގަންނަން ހުށައަޅާފައިވާ ހާލަތެއްގައި ފައިސާ އަނބުރާ ރައްދުކުރެވޭނެ ކަމަށް ލަފާކުރެވޭ ތާރީޚަކީ ޖުލައި 12 ކަމަށް އުރީދޫއިން ބުނެއެވެ. ވިއްކުމަށް ހުށަހެޅިފައިވާ ޙިއްޞާ ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރެވޭ ތާރީޚަކީ  ޖުލައި 17ކަމަށާއި ހިއްސާ ގަނެވިއްކަން ފެއްޓޭނެ ކަމަށް ލަފާކުރެވޭ ތާރީޚަކީ މި އަހަރުގެ އޮގަސްޓް 7 ކަމަށް އުރީދޫއިން އާންމުކޮށްފައިވާ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް