12 ނޮވެންބަރު 2018 | ހޯމަ | 13 ވިހާ
04 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:13
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

ޓްރޭޑް ޔޫނިއަން

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

  • ސަރުކާރުން ދަނީ ޓަބަލް ޓެކްސް ނަގަމުން
  • އިޤްތިޞާދީ ސިޔާސަތު ވަނީ ފެއިލްވެފައި
ރިޒުނާ ޒަރީރު | RiznaZareer

| 29 މެއި 2017 | ހޯމަ 00:10 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ސޯލާ ޕެނަލްތަކާއެކު އައްޑޫ ހައި ސްކޫލްގެ ކަރަންޓް ބިލް 7،000 ރުފިޔާއަށް ކުޑަވެއްޖެ!
  8. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި


ޓްރޭޑް ޔޫނިއަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ރާއްޖެއެމްވީ

ރޯދަ މަސް ފެށުމާއިއެކު ކާބޯތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެން ދިއުމާއި ގުޅިގެން ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

 

އާދިއްތަ ދުވަހު މޫކައި ސުއިޓުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް އާދަމް އާޒިމް ވިދާޅުވީ ތަކެތީގެ އަގު ބޮޑު ވެގެންދިޔުމާއި އެކު ވިޔަފާރި ވެރިންގެ ބޮލުގައި އެޒިންމާ އަޅުވާ ކަމަށާއި އެހެން ނަމަވެސް މިއީ ސަރުކާރުގެ އިގްތިޞާދީ ސިޔާސަތު ފެއިލްވުމުގެ ސަބަބުން ވެފައިވާ ކަމެއް ކަމަށެވެ.

 

މާރުކޭޓުގައި ތަކެތީގެ އަގު ބޮޑުވެގެންދާއިރު ދަތުރުވެރިންނަށް ދޫކޮށްފައިވާ ގޮޅިތަކުގެ އަގު ސަރުކާރަށް ކުޑަ ކުރެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުން ކާބޯތަކެތީގެ އަގު ކުޑަކުރުމަށް ގޮވާލާ ކަމަށާއި ޑިއުޓީ ކަނޑާލުމާއިއެކު މި އަގުތައް ކުޑަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރޭޑް ޔޫނިއަން ޕާލިމެންޓްރގެ ސެކްރެޓަރީ މުހައްމަދު އަމީތު ވިދާޅުވީ ތަކެތީގެ އަގު އެންމެ ބޮޑަށް ކޮންޓްރޯލް ކުރަން ޖެހޭނީ ސަރުކާރުގެ މުއައްސަސާތަކުން ކަމަށާއި ރޯދަ މަސް އަންނަ އިރު ސަރުކާރުން މިކަން ކޮންޓްރޯލް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އިގްތިޞާދީ ޤާނޫނަށް އިސްލާޙް ގެންނަން އެ ޔޫނިއަން މެދިވެރިކޮށް މަސައްކަތް ކުރާނެ ކަމަށާއި ހަމަ އެކަނި ފަޅު ރަށްތައް ހުޅުވާލުމަކުން ނުފުދޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ސަރުކާރުން ދުރާލާ ކުރަން ޖެހޭ ކަންތައްތައް ކަމަށް އަމީތު ވިދާޅުވި އެވެ. އަދި ދައުލަތަށް ޓެކްސް ނަގަމުންދާ މީރާ ހިންގުމުގައި އިސްލާހްތަކެއް ގެނެވޭތޯ މަސައްކަތް ކުރާނެ ކަމަށްވެސް އަމީތު ފާހަގަކުރެއްވި އެވެ.

 

ޓްރޭޑް ޔޫނިއަންގެ މެމްބަރުން ވަނީ ސަރުކާރުން މިހާރު ނަގަމުންދާ ޓަބަލް ޓެކްސްއާއި ގުޅިގެން ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް