21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

ރަމަޟާން 1438

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

  • މިއީ ގަަތަރުގައި ރޯދަމަހަށް މުދަލުގެ އަގު ހިފެހެއްޓި 7 ވަނަ އަހަރު
ރާއްޖެ އެމްވީ | raajje.mv

| 28 މެއި 2017 | އާދީއްތަ 21:38 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  3. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  6. މަސް މާރުކޭޓް ސަރަހައްދުގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ
  7. ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


ބަޔަކު ބާޒާރު ކުރަނީ - ރޯދަ މަހަކީ އެހެން މަސްތަކަށް ވުރެ ގިނައިން ވިޔަފާރި ކުރާ މަހެއް ކަމަށް ފާހަގަ ކުރެވޭ -- އޭއެފްޕީ

ރޯދަ މަހުގެ ތެރޭގައި ތަކެތީގެ އަގު ބޮޑު ވިޔަ ނުދީ ހިފެހެއްޓުމަށާއި އާއްމުންނަށް އަތްފޯރާ އަގެއްގައި ތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، އާއްމު ގޮތެއްގައި ބޭނުން ކުރާ 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅާ އިއުލާނު ކޮށްފިއެވެ. މީގެ ތެރޭގައި ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުން އާއްމުކޮށް އެހެނިހެން ބޭނުންތަކައް ބޭނުންކުރާ ތަކެތިވެސް ހިމެނެއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ގާނޫނީ ގޮތުން ރޯދަމަސް ނިމެންދެން އަގު ހިފެހެއްޓުނު ބާވަތްތަކުގެ އަގަށް ބަދަލު ގެނެވޭނީ ކަނޑައެޅިފައިވާ މިންގަނޑުގެ ތެރޭގައި ކަމަށް ގަތަރުގެ މިނިސްޓްރީ އޮފް އިކޮނޮމީ އެންޑް ކޮމާސް އާ ހަވާލާދީ ދޯހާ ނިއުސްގައި ބުނެފައިވެއެވެ.

ގަތަރުގެ އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ، ރޯދަ މަހުގެ ތެރޭގައި ތަކެތީގެ ޑިމާންޑް އެހެން މަސްތަކާ އަޅާ ބަލާއިރު 25 އިން ސައްތަ މައްޗަށް ދާ ކަމަށެވެ. އެހެން ކަމުން އާއްމު ކޮށް ބޭނުން ކުރާ ތަކެތި ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމުން ރައްޔިތުންނަށް ވަރަށް ބޮޑުތަން ލުއި ވެގެންދާނެ ކަމަށް ދެކޭ ކަމަށްވެސް ގަތަރުގެ އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މިއީ ގަތަރުގައި ރޯދަ މަހު ތަކެތީގެ އަގު ކޮންޓްރޯލް ކުރި ހަތް ވަނަ އަހަރު ކަމަށް ދޯހާ ނިއުސްގައި ބުނެފައިވެއެވެ.

ކޮންޓްރޯލް ކުރެވިފައިވާ ތަކެތީގެ އަގު އެގޮތުގެ މަތިން ފިހާރަތަކުގައި ހިފަހައްޓާތޯ ބެލެމަށް ސަރުކާރުން ޗެކް ކުރަމުންދާނޭ ކަމަށްވެސް ގަތަރުގެ އިކޮނޮމިކް މިނިސްޓްރީއާ ހަވާލާދީ ދޯހާ ނިއުސްގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް