20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:19
އަސްރު 15:22
މެންދުރު 12:18
އިރުއަރާ 06:09
ފަތިސް 04:58

އުރީދޫ

އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި

  • ވިއްކަން ހުށަހަޅާފައި ވަނީ ދޫކޮށްފައިވާ އާންމު ހިއްސާގެ 15 ޕަސެންޓު
  • ހިއްސާ ވިއްކަނީ 30 ރުފިޔާގެ ރޭޓުން
ރިޒުނާ ޒަރީރު | RiznaZareer

| 28 މެއި 2017 | އާދީއްތަ 17:40 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  4. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  5. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. ނެދަލޭންޑްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލައިފި
  8. ތުހުމަތާ ގުޅޭ ގޮތުން ސުވާލެއް ވެސް ނުކުރޭ، އެއީ އެމްޑީޕީގެ ނިންމުމެއް ނޫން: މުޣުނީ


އުރީދޫ މޯލްޑިވްސް -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު މެއި 29 އަށް އިތުރުކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

 

އުރީދޫއިން ބުނީ 7 މެއި 2017 ވީ އާދީއްތަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ކަނޑައެޅުމާއެކު، އުރީދޫ ޙިއްޞާ ގަތުމުގެ މުއްދަތު ނިމޭ ތާރީޚު ކަމުގައި މިހާރު ހަމަޖައްސާފައިވަނީ 29 މެއި 2017 ވާ ހޯމަދުވަސް ކަމަށެވެ. މި ބަދަލު ގެނެސްފައިވަނީ، އުރީދޫއިން ޝާއިޢު ކޮށްފައިވާ ޙިއްޞާގެ ހުށަހެޅުމުގައި ބަޔާންކުރެވިފައިވާ ފަދައިން، ރަސްމީ ބަންދު ނޫން 20 ދުވަހުގެ ނިޔަލަށް ޙިއްޞާ ގަތުމުގެ މުއްދަތު ހުޅުވާލުމުގެ މަޤްޞަދުގައި ކަމަށް އެކުންފުނިން ބުންޏެވެ.

 

ހިއްސާއަކަށް 30ރ. ގެ ރޭޓުން، އެންމެ ފުރަތަމަ ވިއްކަން ހުށަހަޅާފައި ވަނީ ދޫކޮށްފައިވާ އާންމު ހިއްސާގެ 15 ޕަސެންޓެވެ. އެއީ 22,170,060 ހިއްސާ އެވެ. ދޫކޮށްފައިވާ އާންމު ހިއްސާގެ 15 ޕަސެންޓަށްވުރެ ގިނަ ހިއްސާ ގަންނަން ހުށަހަޅައިފި ނަމަ، ގިނަވެގެން 40 ޕަސެންޓް ވިއްކާނެ އެވެ. އެއީ 59,120,160 އާންމު ހިއްސާ އެވެ.

 

މިގޮތުން 29 މެއި 2017 ވާ ހޯމަ ދުވަހުގެ ރޭގަނޑު 11.00 ގެ ނިޔަލަށް، ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ކަލެކްޝަން ޕޮއިންޓްތައް ގާއިމުކޮށްފައިވާ ކަމަށް އުރީދޫން ބުނެ އެވެ. އޭގެ ތެރޭގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުގެ އިތުރުން، އުރީދޫ ބިޒްނަސް ޕާޓްނާ ޝޮޕްތަކާއި، ޕޯސްޓް އޮފީސް، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ގޮފިތަކާއި، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮފިތައް، އަދި ލައިސަންސް ލިބިފައިވާ ޑީލިންގް ކުންފުނިތަށް ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

 

އުރީދޫއިން ބުނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓް، (http://ooredoo.mv/investors) ނުވަތަ މޯލްޑިވްސް ސެކިއުރިޓީޒް ޑެޕޮސިޓްރީގެ ވެބްސައިޓް (https://infinity.depository.mv) އަށް ޒިޔާރަތްކޮށްގެން އުރީދޫގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކުން، ކޮންމެ ވަގުތަކު ވެސް، ފަސޭހަކަމާއެކު ޑެޕޮސިޓްރީ އެކައުންޓް ހުޅުވައި، ހިއްސާ ގަނެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް