20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 01 އަތަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

އަދީބުގެ ސިއްހީ ހާލަތު

އަދީީބާ މެދު ވެސް އޯގާތެރިވެ، އިހުސާންތެރިވާށެވެ.

 • އަދީބުގެ ބޮޑު ތިން ބައްޔެއް ހުރި ކަމަށް
 • ގްލޮކޮމާ އަކީ ފަރުވާ ނުދެވިއްޖެނަމަ ފެނުން ގެއްލިދާނެ ބައްޔެއް
 • ގާނޫނުގެ ކުރިމަތީގައި އެންމެން ވެސް ހަމަހަމަ
އަޒުމޫން އަހުމަދު | azmoon_ahmed

| 28 މެއި 2017 | އާދީއްތަ 16:00 | |

މަގުބޫލް

 1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
 2. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
 3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
 4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
 5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
 6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
 7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
 8. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މިނިމަމް ވޭޖާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފާށާނަން: އިބޫ


ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ފަރާތުން އެތައް ބަޔަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަނިޔާތަކެއް ނުވަތަ ގެއްލުންތަކެއް ލިބިފައި ހުރެދާނެ އެވެ. އަދީބާ ގުޅޭ ގޮތުން މީހުން ދައްކާ ވާހަކަތައް އަޅުގަނޑަށް ވެސް އިވެ އެވެ. އަދި އެންމެ އާރާއިބާރުގައި އަދީބު ހުންނެވި އިރު ކުރެއްވި ކަންތައްތަކާއި ތުހުމަތު ކުރެވުނު ކަންތައްތަކުގެ ވާހަކަ އަޅުގަނޑު ލިޔެފައި ވެސް ހުންނާނެ އެވެ. އަޅުގަނޑު ގަބޫލުކުރަނީ، ކިތަންމެ ބަޔަކަށް އަދީބުގެ ފަރާތުން ގެއްލުންތަކެއް ލިިބިފައިވީ ނަމަވެސް، އަދީބާ މެދު ވެސް ކަންތައްތައް ކުރެވެން ވާނީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ހެދިފައިވާ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވާ މިންގަނޑުގެ ތެރެއިން ކަމަށެވެ. އެއިރުން އެންމެންގެ މަސްލަހަތު ވެސް ހިމާޔަތް ކުރެވޭނެތީ އެވެ.

އަދީބާ މެދު އަޅުގަނޑާއި އަދި ތިބޭފުޅާ ދެކޭ ގޮތަކީ އޭނާއާ މެދު ބޭއިންސާފުވާން ދައްކަން އޮތް ހުއްޖަތެއް ނޫނެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި މީހަކާ މެދު އޮންނަ ނުތަނަވަސްކަމަކީ އެމީހެއްގެ މައްޗަށް އަދުލުއިންސާފުން ކަން ނުކުރުމަށް ދައްކަން އޮތް ހުއްޖަތަކަށް ހަދައިގެން ނުވާނެ އެވެ. ހުރިހާ އެންމެންނަށް ވެސް އިންސާފުވެރިވާން އަޅުގަނޑުމެން ޖެހެނީ އިންސާފުވެރިވުމަކީ ތަގުވާވެރިކަމުގެ ސިފައެއް ކަމަށްވާތީ އެވެ. އަދި ތަގުގާވެރިކަމަކީ މާތް ﷲ ރުހިވޮޑިގެންވާ ކަމަކަށްވާތީ އެވެ.

ބައެއް ފަހަރު އަޅުގަނޑުމެންގެ ހިތުގައި މީހަކާ މެދު އޮންނަ ނުތަނަވަސްކަމެއްގެ ސަބަބުން ނުވަތަ ރުޅިވެރިކަމެއްގެ ސަބަބުން، ނުވަތަ ޒާތީ ތައައްސުބެއްގެ ސަބަބުން އެ މީހަކީ އާދަޔާ ޚިލާފަށް ވިޔާ ނުދާ މީހެއް ކަމަށް އަޅުގަނޑުމެންނަށް ނިންމެ އެވެ. އެހާ ހިސާބުން އެ މީހަކަށް ބޭއިންސާފު ލިބުމަށް އެދެވޭ ފަހަރު ވެސް އާދެ އެވެ. އިންސާނިއްޔަތުކަމުގެ މަތިން ހަނދާން ނެތި އެ މީހަކަށް ކޮންމެ ފަދަ ބޮޑު ގެއްލުމެއް ލިބުމަށް އެދި ބަދު ދުއާކުރެވޭ ފަހަރު ވެސް އާދެ އެވެ. ހިތުގައި އޮންނަ ނުތަނަވަސް ކަމެއްގެ ސަބަބުން އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މަތިން ވެސް މަދުން ނަމަވެސް ހަނދާން ނެތެނީ އެވެ.  މިފަދަ ކަންކަން އަޅުގަނޑުމެންނަށް ކުރެވެނީ، އަޅުގަނޑުމެންގެ އީމާންކަން އެންމެ ފުރިހަމަ ނުވާތީ އެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ވެސް ދިރިހުރުމުގެ ހައްގާއި އަމިއްލަ ނަފްސު ރައްކާތެރި ކުރުމުގެ ހަައްގު ކަށަވަރުކޮށްދެ އެވެ. ގާނޫނު އަސާސީގެ 54 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގައި އެއްވެސް މީހަކަށް، ރަހުމުކުޑަ، ލާއިންސާނީ، އިހާނެތިކަމެއް ކޮށްގެން ނުވާނެ އެވެ. އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބެއް އެއްވެސް މީހަކަށް ދީގެން ނުވާނެ ކަމަށާއި އެއްވެސް މީހަކަށް އަނިޔަކޮށްގެން ނުވާނެ ކަމަށް ވެސް އެ މާއްދާގައި ބަޔާން ކޮށްފައިވެ އެވެ. 

ގާނޫނުން ލިބިދޭ މަންފާތަކާއި ރައްކާތެރިކަން ހަމަހަމަކަމާއެކު ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާތީ އާއި އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގައި ނުހައްގުން އެއްވެސް މީހަކަށް އަނިޔާއެއް ނުދިނުމަށް އަންގަވާފައިވާތީ އަދީބާ މެދު ވެސް އޯގާތެރިވާންޖެހެ އެވެ. އިހުސާންތެރިވެ، އޭނާއަށް ކުރިމަތިވެފައިވާ ބަލިތަކަށް ފަރުވާ ހޯދުމުގެ ފުރުސަތު ދޭންޖެހެ އެވެ. އެހެނިހެން ގައިދީންނަށް ބޭސްފަރުވާ ކުރުމަށް ފުރުސަތު ދިން މިންވަރަށް އޭނާއަށް ވެސް ފުރުސަތު ދޭންޖެހެ އެވެ. 

އަދީބުގެ އާއިލާއިން ބުނެފައިވާ ގޮތުގައި ބަންދުގައި ބަހައްޓައިގެން ހަދާފައިވާ ޓެސްޓް ތަކުން އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދިފައި ވުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމުގައިވާ "ގްލޮކޮމާ" ޖެހިފައިވާކަން ހާމަވާ ކަމަށެވެ. އެ އާއިލާއިން އެދިފައިވަނީ ބަންދުގައި ތިބޭ އެހެން ފަރާތްތަކަށް ފުރުސަތުދޭ އުސޫލުގެ ދަށުން އަދީބަށް ވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ ހުއްދައެއް ދިނުމަށެވެ. ގްލޮކޮމާ އަކީ ލޮލުގެ ނާރުތަކަށް ޖެހޭ ބައްޔެކެވެ. އެ ބައްޔަށް ފަރުވާ ކުޑަކޮށްފިނަމަ ލޮލުގެ ފެނުން ވެސް ގެއްލިގެން ހިނގައިދާނެ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ގްލުކޯމާ ބަލީގައި ދުނިޔޭގެ އެކިކަންކޮޅުތަކުން 4.5 މިލިއަން މީހުންގެ ލޮލުގެ ފެނުން ވަނީ ގެއްލިފަ އެވެ. އަދި އެ އަދަދު 2020 އާ ހަމައަށް ދާއިރު 11.2 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެ އެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް މިބަލިތަކަށް އަދީބަށް ދޭ ފަރުވާއާ ގުޅޭ ގޮތުން ފުލުހުންގެ ޚަބަރެއް ނެތެވެ. ގާނޫނު އަސާސީގައި ބުނާ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ މިންވަރު ބެލުމުގެ ޒިންމާ މަތިކޮށްފައިވާ ކޮމިޝަންތަކުގެ ބަހެއް ވެސް ނެތެވެ. އިންސާނީ ހައްގެއް ގެއްލިގެން އުޅޭއިރު، އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުގެ ބަހެއްވެސް ނެތެވެ. ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމުގެ ގެއްލުން ހުރިހާ އެންމެންނަށް ވެސް މި ވަނީ ތަހައްމަލު ކުރަން ޖެހިފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އިކޮނޮމިސްޓިކް

1 އަހަރު ކުރި

Adeeb men verikamuga hure aniyaa libunu magey aailaa v baivaru meehun eba thibi. Koba insaafu? Yaminuves verikamun beyluveema nukuraanan dho dhauvaa eh?

1
1