15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ރޯދަ މަސް

މިސްވަކުން ދަތް އުނގުޅުމުން ލިބޭ ފައިދާ ބޮޑު

  • އެންމެ ގިނަ އިން ބޭނުން ކުރަނީ ޒައިތޫނި އަދި އިރާކް ގަހުގެ ދަނޑި
  • މިއީ މުސްލިމުންގެ މެދުގައި އޮންނަ އާދައެއް
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 28 މެއި 2017 | އާދީއްތަ 14:27 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި
  8. ވިޔަފާރިވެރިން އިސް ނަގައިގެން އިންތިހާބީ ރައީސަށް މަރުހަބާ ދަންނަވައިފި


އިރާކު ދަނޑިކޮޅެއް -- ގޫގުލް

އިރާކު ދަނޑި ނުވަތަ މިސްވަކުން ދަތް އުނގުޅުމުން ޒަމާނީ ބޭހަށްވުރެ ވެސް ސިއްހީ ގޮތުން މާބޮޑަށް ފައިދާއެއް ލިބޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ. 

ކީރިތި ރަސޫލާ ދަތްޕުޅު އުނގުޅުއްވުމަށް ބޭނުންކުރެއްވި އިރާކު ދަނޑިއެވެ. އެހެންވެ، މި ޒަމާނުގައި ވެސް ބައެއް މުސްލިމް ގައުމުތަކުގައި އިރާކު ދަނޑި ބޭނުންކުރެ އެވެ. ސައުދީ އަރަބިއްޔާ އާއި މެދު އިރުމަތީގެ އެހެން ބައެއް ގައުމުތަކު ވެސް ދަތް އުނގުޅުމަށް އިރާކު ދަނޑި ބޭނުންކުރެ އެވެ. އިރާކު ދަނޑީގެ އިތުރުން އެހެން ބައެއް ބާވަތްތަކުގެ ގަސްގަހުގެ ދަނޑި ވެސް ގަތް އުނގުޅުމަށް ބޭނުންކުރެ އެވެ. މިފަދަ ދަނޑިން ދަތް އުނގުޅާ މީހުން އެންމެ ބޮޑަށް އިހްތިޔާރުކުރަނީ ހިތިކަން ގަދަ ދަނޑި ނުވަތަ މުލެވެ.

މިގޮތަށް ބޭނުން ކުރާ ދަނޑި ނުވަތަ މުލުމުގެ ތެރޭގައި އެންމެ އާމީ، ޒައިތޫނި ގަހުގެ ދަނޑިއާއި އިރާކް ގަހުގެ ދަނޑި އެވެ. އިރާކް ގަސް އެންމެ ގިނައިން އުފެދެނީ، ސައިދީ އަރަބިއްޔާ އާއި ސޫދާން އާއި މިސްރުގެ އިތުރުން، ޗާޑުގަ އެވެ.

މޮރޮކޯގައި ގަސްތަކުގެ ބޭރު ތޮށިގަނޑު ބޭނުން ކޮށްގެން ދަތް އުގުޅުމަށް ބޭނުން ކުރާ އިރު، އެހެން ގައުމުތަކުގައި ތަފާތު އެކި ގަސްތަކުގެ މުލާއި ގޮފިކޮޅުތައް ބޭނުން ކޮށްގެން ދަތް ސާފު ކުރެ އެވެ.

ރާއްޖޭގައި ވެސް ބައެއް މީހުން އިރާކު ދަނޑި ބޭނުންކުރެ އެވެ. މިއީ ރާއްޖޭގައި ހެދޭ ގަހެއް ނޫނެވެ. އާއްމުކޮށް މިތަކެތި ބޭނުން ކުރަނީ ބޭރު ގައުމުތަކުން އެތެރެކޮށްގެންނެވެ.

ދަތް އުނގުޅާ ބޭސް ބޭނުން ކުރުމުގެ ބަދަލުގައި ގުދުރަތީ އެއްޗެއް ބޭނުންކޮށްގެން ދަތް އުނގުޅުމުގެ ސަބަބުން، ވަރަށް ބޮޑު ފައިދާ އެއް ލިބިގެންދެ އެވެ. އެގޮތުން ހިރުގަނޑުން ލޭ އައުމާއި، އަގައިގެ ކެންސަރުން ރައްކާތެރިކޮށްދިނުމުގެ އިތުރަށް ދަތްތައް ވަރަގުދަ ވުމަށް މަގުފަހިވެ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް