25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރޯދަ މަސް

ކަދުރުން ލިބޭ ސިއްހީ ފައިދާތައް އެނގޭތަ؟

  • ރަމަޟާން މަހަކީ ކަދުރު އެންމެ ގިނައިން ބޭނުން ކުރާ މަސް
  • ކަދުރުން ރޯދަ ވީއްލުމަކީ ރަސޫލާގެ ސުންނަތެއް
  • ކަދުރުން ހަށިގަނޑުގެ ބުންވަރު އިތުރު ކޮށްދޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 27 މެއި 2017 | ހޮނިހިރު 16:55 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ކަދުރުން ލިބޭ ފައިދާ -- ގޫގުލް

ރަމަޟާން މަހަކީ ދުވަހުގެ ގިނަ ވަގުތު ކެއުމާ ދުރުގައި އުޅޭ  މައްސަރެކެވެ. އެހެންވެ، ރޯދަ މަހުގައި ބޮލުގައި ރިއްސުމާއި ވަރުބަލިވުމާއި ހަކުރު ދަށަށް ދިއުމުގެ އިތުރުވެސް ސިއްހީ އިތުރު އުނދަގޫތަކާއި ބައެއް މީހުންނަށް ކުރިމަތިލާން ޖެހެ އެވެ. އެހެންވެ، ބައެއް ދުވާލުގެ ބަނޑުހައި ހޫނު ކަމާއެކު، ރޯދަވީއްލުމަށް އަތުރާލާފައިވާ ސުފުރާމަތި ފެނިފައި، ބައެއް މީހުންގެ ކެތްތެރިކަން ކޮޅުންލައި، ބަންގި ގޮވުމާއެކު، މޭޒުމަތި އެއްކޮށް ހުސްކޮށްލައި، ބަނޑު ފުރާލަ އެވެ. ރޯދަ ވިއްލުމަށް ފަށާނީ ކޮން އެއްޗަކުން ކަމެއް، އެންމެ ރަނގަޅު ގޮތަކީ ކޮބައިކަމެއް ވިސްނުމުގައި ނުހުރެ އެވެ. ނުވަތަ އެނގުނަސް، އެގޮތަށް ރޯދަ ވިއްލުން ކުރިއަށް ނުގެންދެވެ އެވެ. 

ކީރިތި ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހި ވައްސައްލަމަ،  ރޯދަ ވީއްލެވުމަށް ބޭނުން ކުރެއްވީ ކަދުރެވެ. އެހެންވެ، ކަދުރުން ރޯދަ ވިއްލުމަކީ މުސްލިމުންނަށް ސުންނަތެކެވެ. ހަގީގަތުގައި ވެސް މިއީ އާދައިގެ މޭވާއެއް ނޫނެވެ. 

ހޯދިފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި ކަދުރަކީ ރޯދަ ވީއްލުމަށް އެންމެ ރަނގަޅު އެއް ބާވަތެވެ. އެގޮތުން ކަދުރުން ކާބޯއައިޑްރޭޓްސް، ފައިބަރ، ދަގަނޑު ބާވަތްތައް ހަށިގަނޑަށް ލިބެ އެވެ.

ކަދުރު ކެއުމުގެ ސަބަބުން ހަށިގަނޑުގެ ހަކުރު ހުރި މިންވަރު އިތުރުވެގެންދެ އެވެ. ވިޓަމިން އޭ އާއި ޕޮޓޭސިއަމް އަދި އަޔަން އާއި މެގްސީޒިއަމް ފަދަ ނިއުޓްރިއެންޓްސްއެއް އޭގައި ހިމެނޭ މޭވާއަކަށް ކަދުރު ވާއިރު ނުކައި ގިނައިރު ވުމަށް ފަހު ރޯދަ ވީއްލުމަށް ކަދުރު ބޭނުންކުރުމަކީ ހަކަތަ ލިއްބައިދީ ވަރުބަލިކަން އަވަހަށް ފިލުވާލަދޭ މޭވާއެކެވެ. 

 ކަދުރުގައި ކާބޯހައިޓްރޭޓްސް ހިމެނޭ މިންވަރު އިތުރު ވުމުގެ ސަބަބުން ހަޖަމު ނުވެ ގިނަ އިރު ހުރުމަށް މަގުފަހިވެ އެވެ. މިކަމުގެ ސަބަބުން ރޯދަ ވިއްލާ ވަގުތު އެއްފަހަރާ ގިނައިން ނުކައި ލުއި ގޮތަކަށް ހަމަޖެއްސެ އެވެ. 

ކަދުރަކީ އޭގެއިން ބޮޑެތި ފައިދާތަކެއް ލިބޭ އެއްޗަކަށް ވާއިރު އޭގެއިން ލިބޭ ފައިދާތައް އެންމެ އެކަށޭނަ ގޮތަށް ލިބިގެންދާނީ، ކަދުރު ގިނަ ދުވަހު ރައްކާތެރި ކުރުމުގައި ބަލަން ޖެހޭ މިންގަނޑުތަކަށް ބަލައިގެންނެވެ. އެކި ދުވަސްވަރު ބާޒާރުން ކަދުރު ލިބެން ހުރި ނަމަވެސް ސެޕްޓެމްބަރު މަހާއި ޑިސެމްބަރު މަހު ލިބެން ހުންނަ ގަދުރަކީ އާދަޔާ ހިލާފަށް މަޑު އޭގެ ފެންވަރު ރަގަޅު ކަދުރު ކަމަށް ކަދުރުގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނެ އެވެ.

ކަދުރަކީ މުސްލިމުންގެ ދިރިއުޅުމުގައި މުހިއްމު މޭވާއަކަށް ވާއިރު ރަމަޟާން މަހާއި ދިމާކޮށް، ސައުދީ އަރަބިއްޔާއިން ކޮންމެ އަހަރުވެސް ރާއްޖެއަށް ކަދުރު ގެނެ އެވެ. 

ދުނިޔޭގައި އެންމެ ގިނައިން ކަދުރު އުފައްދަނީ މިސްރުގަ ގައެވެ. އަހަރަކު އެ ގައުމުން ދެ ވަނަ އަށް  ދެވަނައަށް އެންމެ ގިނައިން ކަދުރު އުފައްދަނީ ސައުދީ އަރަބިއްޔާގަ އެވެ. އެގޮތުން 23 މިލިއަން ކަދުރު ރުކުން 1.3 މިލިއަން ޓަނުގެ ކަދުރު ސައުދޫގައި އަހަރަކު އުފައްދަ އެވެ. އެގައުމުން އުފައްދާ ކަދުރުގެ ބޮޑު ބައެއް އެގައުމުގެ ރައްޔިތުންގެ ދިރިއުޅުމުގައި ބޭނުން ކުރާ އިރު އެގައުމަކީ ކަދުރު ބޭނުން ކުރާ އެންމެ ގިނަ މީހުން ތިބި ގައުމެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް