24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ރަމަޟާން މަހުގެ ހަނދު

ރަމަޟާން މަސް ފެށޭނީ ކޮން ދުވަހަކު؟

 • ދުނިޔޭގެ ގިނަ ގައުމުތަކަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ވާނީ މޭ 27 ވާ ހޮނިހިރު ދުވަސް ނުވަތަ މޭ 28 ވާ އާދިއްތަ ދުވަސް
 • ދިވެހިރާއްޖޭގެ ރަސްމީ ކަލަންޑަރު ބުނާ ގޮތުން ޝައުބާން މަހަކީ 30 ދުވަހުގެ މަހެއް
 • ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެއަށް ހަނދު ފެނިދާނެތަ؟
ރާއްޖެ އެމްވީ | raajje.mv

| 25 މެއި 2017 | ބުރާސްފަތި 02:56 | |

މަގުބޫލް

 1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
 2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
 3. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
 4. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
 5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
 6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
 7. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
 8. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ


ހަނދު -- ނޭޝަނަލް ޖިއޮގްރަފިކް

ބަރަކާތްތެރި ރަމަޟާން މަސް ފެށެން ދުވަސްތައް ކުޑަތަން ވަމުން އަންނަ އިރު އާދަކާދައިގެ މަތިން އެ މަހަށް ތައްޔާރު ވުމަށް ކުރަންޖެހޭ ކަންކަން ދުނިޔޭގެ ކަންކޮޅުތަކުގެ މުސްލިމުން ގެންދަނީ ކުރަމުންނެވެ. މުސްލިމުންނަށް އަހަރަކު އެއްފަހަރު ބައްދަލު ކުރާ މި ބަރަކާތްތެރި މަހުގެ ފުރަތަމަ ދުވަސް ކަނޑައެޅެނީ އައު މަހުގެ ހަނދު ފެނުމާ ނުފެނުމުގެ މައްޗަށް ކަމަށްވާތީ، ފަހު ވަގުތާ ޖެހެންދެން ފެށޭ ދުވަހުގެ އިންތިޒާރުގައި ތިބުމަކީ ވެސް އަދައިގެ މަތިން ހިނގަމުން އަންނަ ކަމެކެވެ.

ދުނިޔޭގެ  ގައުމުތަކަށް  ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ވާނީ މޭ 27 ވާ ހޮނިހިރު ދުވަސް ނުވަތަ މޭ 28 ވާ އާދިއްތަ ދުވަހުން ކުރެ ދުވަހެކެވެ. ފެށޭ ދުވަސް ބިނާ ވާނީ މެއި 26 ވަނަ ދުވަހު އިރު އޮއްސުމުން ހަނދު ފެނުމާ ނުފެނުމުގެ މައްޗަށެވެ.

ހަނދުމަހެއް އެކުލެވިފައި އޮންނަނީ 29 ދުވަސް ނުވަތަ 30 ދުވަހުގެ މައްޗަށެވެ. 29 ދުވަހުގެ މަހެއްތޯ ނުވަތަ 30 ދުވަހުގެ މަހެއްތޯ ކަނޑައެޅެނީ މަހުގެ 29 ވަނަ ދުވަހު އިރު އޮއްސުމުން އައު މަހުގެ ހަނދު ފެނުމާ ނުފެނުމުގެ މައްޗަށެވެ. ހަނދު ނުފެނިއްޖެނަމަ އެ މަހަކީ 30 ދުވަހުގެ މަހެކެވެ.

ގްރެގޯރިއަން ކަލަންޑަރުން ފެންނަ ގޮތުގައި ކުރީ އަހަރަށްވުރެ 10 ނުވަތަ 12 ދުވަސް ހިނގަމުން އަންނަ އަހަރުގެ ރަމަޟާން މަސް ކުރީ އަހަރަށް ވުރެ އަވަސް ވެއެވެ. ހުސްވި އަހަރު ރަމަޟާން މަސް ފެށިފައިވަނީ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ސައުދީ އަރަބިއްޔާ އާއި މުސްލިމުންގެ އާބާދީ ބޮޑެތި ގައުމުތަކުން ކަނޑައެޅުމުގައި ބަލަނީ ހަނދު ފެނުނުކަން ސާބިތު ވުމުގެ މައްޗަށެވެ. ހަނދު ފެނިގެން އެކަން ރިޕޯޓު ކުރުމުން ސައުދީ އަރަބިއްޔާގައި ގޮތެއް ނިންމަނީ ޝަރުއީ ހައި ކޯޓުންނެވެ.

އެމެރިކާގައި ރަމަޟާން މަސް ފަށާ ދުވަސް ކަނޑައަޅަނީ ފިގުހު ކައުންސިލް އޮފް ނޯތު އެމެރިކާ އިންނެވެ. ނުޖޫމީ ހިސާބުގެ އަލީގައި އެމެރިކާގައި މިއަހަރުގެ ރަމަޟާން މަސް ފެށޭ ދުވަހަކީ މޭ މަހުގެ 27 ކަން އޮތީ ކަނޑައަޅާފައެވެ.

ހަމަ އެގޮތައް ޔޫރަޕްގައިވެސް ރަމަޟާން މަސް ފެށޭނީ މޭ މަހުގެ 27 ގައި ކަން އޮތީ ކަނޑައަޅާފައެވެ. އެ ގޮތައް ނިންމާފައިވަނީ، ޔޫރަޕިއަން ކައުންސިލް އޮފް ފަތުވާ އެންޑް ރިސާޗް އާއި އިނގިރޭސި ވިލާތުގެ އިސްލާމިކް ރިލީފް އިން ގުޅިގެންނެވެ.

ނުޖޫމީ އިލްމްގެ އަލީގައި އައު ހަނދު އުފަންވާނެ ކަން ވަރަށް އިތުބާރާއެކު ދެނެގަނެވިދާނެއެވެ. އެހެން ނަމަވެސް ހަމަ ލޮލަށް ހަނދު ފެނުމުގައި މޫސުމީ ކަންކަމުގެ ސަބަބުން ދަތިތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ނުޖޫމީ ހިސާބުތަކުން ފެންނަ ގޮތުގައި މޭ މަހުގެ 26 ވަނަ ދުވަހު އިރު އޮއްސުމަށްފަހު ދުނިޔޭގެ ގިނަ ގައުމުތަކަށް ހަމަ ލޮލަށް ނުވަތަ ޓެލެސްކޯޕްގެ އެހީގައި ހަނދު ފެންނާނެއެވެ.

މޭ 26 ވާ ހުކުރު ދުވަހު އިރު އޮއްސުމުން ހަމަ ލޮލުން ހަނދު ފެނުމުގެ ފުރުސަތު އޮތް ސަރަހައްދު  ފިޔާތޮށި ކުލައިން

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ދިވެހިރާއްޖޭގެ ރަސްމީ ކަލަންޑަރު ބުނާ ގޮތުން ޝައުބާން މަހަކީ 30 ދުވަހުގެ މަހެކެވެ. އެހެން ކަމުން ރަމަޟާން މަސް ފެށޭނެ ކަމަށް ކަލަންޑަރުގައި ކަނޑައަޅާފައިވަނީ މޭ 27 ވާ ހޮނިހިރު ދުވަހުއެވެ. ޝައުބާން މަހަކީ 30 ދުވަހުގެ މަހެއް ކަމަށް ކަނޑައަޅާފައިވާ އިރު އާދިއްތަ ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނެ ގޮތެއް ނޯންނާނެއެވެ. އަނެއް ކޮޅުން ޝައުބާން މަހުގެ 29 ވަނީ މޭ މަހުގެ 25 ވާ ބުރާސްފަތި ދުވަހު ކަމަށް ވުމާއެކު ރާއްޖޭގައި ހުކުރު ވިލޭރޭ ރަމަޟާން މަހުގެ ހަނދާ މެދު ގޮތެއް ނިންމަންޖެހޭނެއެވެ. ނަމަވެސް މޭ މަހުގެ 26 ވާ ހުކުރު ދުވަސް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވާނީ ބުރާސްފަތި ދުވަހުގެ ރޭ ހަނދު ފެނިއްޖެނަމަ އެވެ. އެކަމަކު ނުޖޫމީ ހިސާބުތަކަށް ބަލާއިރު މޭ 25 ވާ ބުރާސްފަތި ދުވަހުގެ ރޭ ދުނިޔޭގެ އެއްވެސްތާކަށް ރަމަޟާން މަހުގެ ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ. އެހެން ކަމުން މޭ 26 ވާ ހުކުރު ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވުމަކީ އެއް ގޮތަކަށްވެސް އެކަށީގެންވާ ކަމެއް ނޫނެވެ. އަނެއް ކޮޅުން ރާއްޖެއަށް މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށް ވުމާއެކު، އިރު އޮއްސޭފަހުން ހަނދު ނުއޮއްސި ހިނދު ކޮޅަކަށް ހުރި ނަމަވެސް ހަމަ ލޮލަށް ހަނދު ފެންނާނެ ކަމަކަށް ނުބެލެއެވެ.

 

މޭ 25 ވާ ބުރާސްފަތި ދުވަހު އިރު އޮއްސުމުން ހަމަ ލޮލުން ހަނދު ފެނުމުގެ ފުރުސަތު ނެތް ސަރަހައްދު  ރަތް ކުލައިން

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިކަންކަން މިހެން ހުރުމާއެކު ރާއްޖެއަށް މި އަހަރުގެ ރަމަޟާން މަސް ފެށޭނީ ކަލަންޑަރުގައި އޮތް ގޮތައް 27 މެއި 2017 ވާ ހޮނިހިރު ދުވަހު ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެއެވެ.

 

 

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އިބްނު މޫސާ

1 އަހަރު ކުރި

ނުޖޫމީ ޢިލްމް ތޯއެވެ. ނުވަތަ ފަލަކީ ޢިލްމް ތޯއެވެ.

0
0