13 ޑިސެންބަރު 2018 | ބުރާސްފަތި | 05 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

އުރީދޫއިން ހުވާވޭ

އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި

  • 20  މެގަޕިކްސެލް ހިމެނޭ މި ފޯނަކީ ފޮޓޯ ނެގުމަށް ޚާއްސަ ފޯނެއް
  •  އިންސްޓޯލްމަންޓް ޕްލޭންގެ ދަށުންވެސް ހުވާވޭ ޕީ10 އަދި ހުވާވޭ ޕީ10 ޕްލަސްގެ ފޯން ލިބިގެންދޭ
އަމިނަތް ނުޒުހާ | Nuzuha

| 24 މެއި 2017 | ބުދަ 05:05 | |

މަގުބޫލް

  1. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި
  4. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  5. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  6. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  7. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  8. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން


އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރުނީ އިންސްޓޯލްމެންޓަށްވެސް ނެގޭ ގޮތަށް -- ރާއްޖެއެމްވީ

ފޮޓޯ ނެގުމަށް ޚާއްސަ ފީޗާސް ހިމެނޭ ގޮތަށް އުފައްދާފައިވާ، ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" އުރީދޫން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

 

އަންގާރަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ލައިވް މިއުޒިކާއެކު ބޭއްވި ރަސްމިއްޔާތެއްގައި ހުވާވޭ އިން އުފައްދާފައިވާ "ޕީ10" އަދި "ޕީ10 ޕްލަސް" ބާޒާރަށް ނެރުއްވައި ދެއްވީ އުރީދޫގެ ސީއީއޯ ނަޖީބު ހާނެވެ.

 

ވިހި  މެގަޕިކްސެލްގެ ކެމެރާއެއް ހިމެނޭ މި ފޯނަކީ ފޮޓޯ ނެގުމަށް ޚާއްސަ ފޯނެކެވެ.  މޮނޮކްރޯމް ސެންސަރާއި، 12 މެގަޕިކްސެލްގެ އާރްޖީބީ ސެންސަރުގެ އެހީގައި ޕީ10 އިން އެންމެ ފުރިހަމަ ކަމާއެކު ފޮޓޯތައް ނެގުމަށް ބޭނުން ކުރެވޭ ހާއްސަ ފީޗަރުތަކުގެ ތެރޭގައި 3ޑީ ފޭޝަލް ޑިޓެކްޝަން، ޑައިނަމިކް އިލޫޝަންތައް ވެސް ހިމެނެ އެވެ. އަދި މި ފޯނަކީ ނެޗުރަލް ޕޯޓްރެއިޓް ނަގަން ހާއްސަ ފޯނެކެވެ.

 

"ސެލްފީ" ނެގުމަށްވެސް ޚާއްސަ ފީޗާސްތަކެއް ހިމެނޭ ހުއާވޭ ޕީ10 ގެ އަދި ޕީ10 ޕްލަސް ގައި ތަފާތު އެހެނިހެން ގިނަ ފީޗާސްތަކެއް ވަނީ ހިމަނާފައެވެ.

 

ހުވާވޭ ޕީ10ގެ ފޯނެއް އުރީދޫން ވިއްކަނީ 8،299ރ. އަށެވެ. އަދި ހުވާވޭ ޕީ10 ޕްލަސްގެ ފޯނެއް 9،899ރ. އަށް ލިބެން ހުންނާނެކަމަށް އުރީދޫން ބުންޏެވެ. މީގެއިތުރުން   އިންސްޓޯލްމަންޓް ޕްލޭންގެ ދަށުންވެސް ހުވާވޭ ޕީ10 އަދި ހުވާވޭ ޕީ10 ޕްލަސްގެ ފޯން ލިބިގެންދާގޮތަށް އުރީދޫން އިން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

 

އެގޮތުން މަހަކު އެންމެ 650 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ހުވާވޭ ޕީ10 ސީރީޒްގެ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއް ވެސް އުރީދޫ އިން ވަނީ ތައާރަފް ކޮށްފައެވެ. މި ޕްލޭން ހާއްސަކުރެވިފައިވަނީ، ޕޯސްޓްޕެއިޑް 249، 299، 399، 499، 749، 899، 999، 1499 ނުވަތަ 1999 ހިޔާރު ކުރެވޭނެ އެވެ. އެގޮތުން ހުވާވޭ ޕީ10ގެ ޑައުންޕޭމަންޓުގެ ގޮތުގައި ލިބެނީ 1،199ރ. އެވެ. މި ފޯނަށް މަހުފީގެ ގޮތުގައި ދައްކަން ޖެހެނީ 650ރ. އެވެ. އަދި ހުވާވޭ ޕީ10 ޕްލަސް ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހެނީ 1،399ރ. އެވެ. މަހުފީއަކީ 800ރ. އެވެ. އަދި އިންސްޓޯލްމަންޓް ޕްލޭން ޚިޔާރުކުރައްވާ މީހުންނަށް އެއް އަހަރުގެ މުއްދަތަށް، މަހަކު ދެ ޖިބީ ޑޭޓާ ހިލޭ ލިބިގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް