18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ބީއެމްއެލް

ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

  • މާލޭގައި ބީއެމްއެލްގެ ބްރާންޗުތައް ހުޅުވާނީ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް
  • އެހެނިހެން ބްރާންޗްތައް ހުޅުވާނީ ހެނދުނު 10:30 އިން މެންދުރުފަހު 1:00 އަށް
ނާފިއު ރަޝީދު | NaphiuR

| 23 މެއި 2017 | އަންގާރަ 22:45 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހެޑް އޮފީސް -- އާކައިވް

ކުރިއަށް އޮތް ރަމަޟާން މަހު ކަސްޓަމަރުންނަށް ހިދުމަތްތައް ފޯރުކޮށްދޭނެ ގަޑިތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފިއެވެ.

 

ރަމަޟާން މަހު އެހެން ހުރިހާ ބޭންކްތަކަށްވުރެ ގިނަ ވަގުތު ކަސްޓަމަރުންނަށް ހިދުމަތްދިނުމަށް ނިންމައި ބީއެމްއެލް އިން ވަނީ މާލޭގައި ހުރި ބީއެމްއެލްގެ ހުރިހާ ބްރާންޗެއް ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އަށް ހުޅުވުމަށް ހަމަޖައްސާފައެވެ.

މީގެ އިތުރުން ބީއެމްއެލްގެ އެހެނިހެން ބްރާންޗްތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 އިން މެންދުރުފަހު 1:00 އަށެވެ.

އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ކުރިއަށް އޮތް ރަމަޟާން މަހު ފޯރުކޮށްދިނުމަށް ނިންމާ ބީއެމްއެލް އިން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތްވެސް ރަމަޟާންމަހު ލިބޭނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުންވެސް ބީއެމްއެލްއިން ގާއިމުކޮށްފައިވާ 28 ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޕޮސިޓް ކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ފޮނުވުމުގެ ހިދުމަތް މިހާރެކޭ އެއްގޮތަކަށް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

މާލޭގައި ބޭންކިން ހިދުމަތްތަކަށް އޮންނަ ޑިމާންޑް ބޮޑުވެފައިވާއިރު، ވީހާވެސް ގިނަ ބަޔަކަށް ރަމްޟާން މަހު ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކާ އެބޭންކުން ވަނީ ރަމްޟާން މަހު މާލޭގެ ހުރިހާ ބްރާންޗަކުންވެސް ހަތަރު ގަޑިއިރު ހިދުމަތްތައް ފޯރުކޮށްދިނުމަށް ނިންމާފައެވެ.

މީގެ އިތުރުން ބީއެމްއެލްއިން ބުނީ، އެބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ފަރާތްތަކަށް ކުރިއަށް އޮތް ރަމަޟާން މަހު އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް