16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އެމްއެމްއޭ

ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި

 • ދެ ރުފިޔާގެ ފައިސާ ފޮތި އަލުން ޖަހައިގެން ގެނައީ ހޯމަދުވަހު
 • ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތިތައް އިގްތިސާދުގައި ދައުރުވާން ނެރޭނެ ވަކި ތާރީޚެއް އެމްއެމްއޭއިން އަދި ހާމައެއް ނުކުރެ
 • މި ފައިސާފޮތިތަކުގެ ސިފަތަކާއި، އެހެން އެއްވެސް މައުލޫމާތެއް އެމްއެމްއޭއިން މިހާތަނަށް އާންމުކޮށްފައެއްނުވެ
|

| 23 މެއި 2017 | އަންގާރަ 22:38 | |

މަގުބޫލް

 1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
 2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
 3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
 4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
 5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
 6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
 7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
 8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ދެ ރުފިޔާގެ އާ ފޮތި އިގުސާދަށް ނެރޭނެ ދުވަހެއް އަދި ނޭނގޭ -- ގޫގުލް

ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތިތައް ޖަހައިގެން ރާއްޖެ ގެނެސްފިއެވެ.

 

އެމްއެމްއޭއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ދެ ރުފިޔާގެ ފައިސާ ފޮތި އަލުން ޖަހައިގެން ހޯމަދުވަހު ވަނީ ގެނެސް، ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައެވެ.

 

"މި އޮތޯރިޓީންް ނެރެފައިވާ ފައިސާާ ފޮތިތަކުގެ ތެރެއިން 2 ރުފިޔާގެ ފައިސާ ފޮތި އަލުން ޖަހައިގެން 22 މޭ 2017 ގައި ރާއްޖެ ގެނެވި، ދައުލަތުގެ ޚަޒާނާގައި ވަނީ ރައްކާކުރެވިފައެވެ." އެމްއެމްއޭގެ ބަޔާނުގައިވެއެވެ.

 

މި ފައިސާފޮތިތަކުގެ ސިފަތަކާއި، އެހެން އެއްވެސް މައުލޫމާތެއް އެމްއެމްއޭއިން މިހާތަނަށް އާންމުކޮށްފައެއްނުވެއެވެ.

 

އެމްއެމްއޭއިން މި މަހުގެ ތެރޭގައި ވަނީ، ފަސް ރުފިޔާގެ އާ ޕޮލިމާ ނޫޓު ލޯންޗުކޮށްފައެވެ. އަންނަ ޖުލައި މަހުގެ ކުރީކޮޅުގައި ސާރކިއުލޭޝަނަށް ނެރުމަށް ނިންމާފައިވާ މި ނޫޓަކީ، މިހާރު ބޭނުންކުރަމުންދާ ޕޮލިމާ ނޫޓުތަކާ އެއްވަރުގެ އަދި އެ ނޫޓުތަކުގައި ހިމެނޭ ހުރިހާ ސަލާމަތީ ސިފަތައްވެސް ހިމަނައިގެން ފަރުމާކޮށްފައިވާ ނޫޓެކެވެ.

 

އެހެންނަމަވެސް އަލަށް ޖަހައިގެންގެނައި ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތިތައް އިގްތިސާދުގައި ދައުރުވާން ނެރޭނެ ވަކި ތާރީޚެއް އެމްއެމްއޭއިން އަދި ހާމައެއް ނުކުރެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ސަންތި

1 އަހަރު ކުރި

ހާދަ ހީވެއޭ މި ލާރިކޮޅު އަބުރު ފަންޑަށް ދޭން އުޅޭހެން.. ލޮލް

0
0