21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ބާސެލޯސް ރެސްޓޯރެންޓް

"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

  • •އެކި ގައުމުތަކުގައި 100 އަށްވުރެ ގިނަ ތަން ހުރޭ
  • ކުކުޅުން ތައްޔާރު ކުރާ ބާވަތްތަކަށް ހާއްސަ ރެސްޓޯރެންޓެއް
ރިޒުނާ ޒަރީރު | RiznaZareer

| 23 މެއި 2017 | އަންގާރަ 02:58 | |

މަގުބޫލް

  1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  2. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. އަލިދީގެ ތާއީދު އިބޫއަށް!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ


"ބާސެލޯސް": ކުކުޅުން ތައްޔާރު ކުރާ ބާވަތްތަކަށް ހާއްސަ ރެސްޓޯރެންޓެއް -- ޓްވިޓަރ

ދެކުނު އެފްރިކާގެ، އިންޓަނޭޝަނަލް ފްރެންޗައިޒް ބްރޭންޑް "ބާސެލޯސް" ގެ ރެސްޓޯރެންޓެއް މާލޭގައި ހުޅުވައިފި އެވެ.

 

ނޫރާނީމަގު، ހ. ތިނޫނު (މުލީއާގެ) ކައިރީގައި ހުޅުވި "ބާސެލޯސް" ރެސްޓޯރެންޓުގެ މެނޭޖަރު އަލީ ހުސެއިން ވިދާޅުވީ މި ރެސްޓޯރެންޓަކީ ކުކުޅުން ތައްޔާރުކޮށްފައިވާ އެކި ކެއުންތަކަށް ހާއްސަ ތަނެއް ކަމަށެވެ.

 

ކުކުޅު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކެއުންތަކަށް ހާއްސަ މިތަނުގެ ކެއުންތަކުގެ ރަހަ މީރުކޮށްދޭން "ޕެރީޕެރީ" ގެ ނަމުގައި ހާއްސަ ސޯސްއެއް ހުރެ އެވެ.

 

"ރާއްޖޭގައި ފްރެންޗައިޒް އެބަހުރި. އެކަމަކު މިތަން ތަފާތު ވާނެ. މިތަނުގައި މި ހުންނަނީ ކުކުޅު ބޭނުންކޮށްގެން ތައްޔާރު ކުރި ބާވަތްތައް. އެހެންވެ ވަރަށް ބާރު ބޮޑު. އަނެއްކާ މި ތަން މި ހުންނަނީ އެންމެ ރަނގަޅު އެއް ލޮކޭޝަންގައި. އޮފީސްތައް ކައިރިވުމުން ވަރަށް ގިނަ ބަޔަކު އާދެ. ހެނދުނުން ފެށިގެން ގާތްގަނޑަކަށް ފުލްކޮށް މި އޮންނަނީ." އަލީ ވިދާޅުވި އެވެ.

 

މި ރެސްޓޯރެންޓުގައި 12 މުވައްޒަފުން މަސައްކަތް ކުރާއިރު، ގިނައީ ދިވެހިންނެވެ.

 

ބާސެލޯސް ރެސްޓޯރެންޓު ހުޅުވާފައިވާއިރު މުސްތަގުބަލުގައި މި ތަނުން ޑެލިވަރީގެ ހިދުމަތް ދިނުމަށް ވެސް ދަނީ ތައްޔާރު ވަމުންނެވެ. ނަމަވެސް މިހާރު ވެސް މިތަނުން ޓޭކްއަވޭ ހެދެ އެވެ. އަދި މި ރެސްޓޯރެންޓުގައި އެއް ފަހަރާ 68 މީހުންނަށް ޙިދުމަތް ދެވެއެވެ.

 

https://scontent.xx.fbcdn.net/v/t1.0-1/p200x200/17800194_1224421321006827_710819149001230136_n.jpg?oh=b77c4ec1ae24c7547c96268f02c8696c&oe=59B62C26

 

ބާސެލޯސްއަކީ 1993 ވަނަ އަހަރު ދެކުނު އެފްރިކާގައި ހުޅުވި ތަނެކެވެ. މިހާރު މި ރެސްޓޯރެންޓުތައް އެފްރިކާގެ ގިނަ ގައުމުތަކާއި މެދުއިރުމަތި އަދި އާސިއާންގެ ގައުމުތަކާއި ޔޫރަޕުގައި ވެސް ހިންގަ އެވެ. ރެސްޓޯރެންޓުގެ އަދަދު 100 އަށް ވުރެ ގިނަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް