21 ޖެނުއަރީ 2019 | ހޯމަ | 04 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ހުޅަނގު މޫސުމް ވިއްސާރަ

ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ

  • މާރކެޓަށް ނެރޭ ތަކެއްޗަށް ރަނގަޅު ހަމަ އަގު ނުލިބޭ
  • ކަރާ ދަނޑުތައް ހެއްދުމަށް 114 ދަނޑު ދޫކޮށްފައިވޭ
ރިޒުނާ ޒަރީރު | RiznaZareer

| 22 މެއި 2017 | ހޯމަ 01:54 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
  3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
  4. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  5. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
  6. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
  7. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  8. ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ


ތޮއްޑޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކަށް ވެފައިވޭ -- ރާއްޖެއެމްވީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ދަނޑުތަކުގައި އެޅި ފަންޏެއްގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ އެވެ.

 

ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ތޮއްޑޫ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރ ނޫހު މޫސާ ވިދާޅުވީ މިއަހަރުގެ ރަމަޞާން މަހާއި ދިމާކޮށް ދަނޑު ހެއްދުމަށްޓަކައި 114 ކަރާ ދަނޑުތައް ދޫކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ދަނޑުތައް ހެއްދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.

 

ނޫހު ވިދާޅުވީ ބޮޑު ފަނީގެ އަސަރުކޮށްގެންނާއި މޫސުން ގޯސްވުމުގެ ސަބަބުން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކަރާ ދަނޑާއި، ކިއުކަންބާ ދަނޑާއި، ކޮޕީ ފަތް ދަނޑުތަކާއި، ފަޅޯ ދަނޑުތައް ވަނީ ހަލާވެފައެވެ.

 

އެހެންކަމުން މިއީ އެރަށުގެ ދަނޑުވެރިންނަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބުނު ފަހަރެއް ކަމަށާއި ދަނޑުތަކަށް ދިމާވެފައިވާ ބޮޑު ފަނީގެ މައްސަލަ ހައްލުކުރެވޭނެ އެއްވެސް ގޮތެއް ފެނިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

 

ނޫހު ފާހަގަކުރި ގޮތުގައި ދަނޑުވެރިންނަށް ވިޔަފާރީގެ ގޮތުން އެންމެ ބޮޑު ނަފާއެއް ލިބޭ ރޯދަމަހާއި ދިމާކޮށް މިހާރު މާރކެޓް ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށާއި ސަބަބަކީ ރާއްޖޭގައި ހައްދާ ބާވަތްތައް ހެޔޮ އަގުގައި ރާއްޖެއިން ބޭރުން ގެނެސް ވިއްކަމުންދާ މައްސަލައެވެ. އެހެންކަމުން މާރކެޓަށް ނެރޭ ތަކެއްޗަށް ރަނގަޅު ހަމަ އަގު ނުލިބި ދިޔުމަކީ ދަނޑުވެރިންނަށް ދިމާވާ ބޮޑު ގޮންޖެހުމެއް ކަމަށްވެސް ނޫހު ވިދާޅުވި އެވެ. އަދި އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ތޮއްޑޫއިން ބާޒާރަށް ތަކެތި ނެރެވޭ މިންވަރު މަދުވި ނަމަވެސް ރަމަޞާން މަސް ނިމެންދެން ބާޒާރުން ތޮއްޑޫގެ ކަރާ ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ވިއްސާރައިގައި ދަނޑުތަކަށް ލިބުނު ގެއްލުމުގެ މައުލޫމާތު ކައުންސިލުން މިހާރު ވަނީ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ހިއްސާކޮށްފައި ކަމަށާއި އެހެން ނަމަވެސް ދަނޑު ތަކުގައި އަޅާ ބޮޑު ފަނީގެ މައްސަލަ ހައްލު ކުރުމަށް ކައުންސިލްއަށްވެސް ނުކުޅެދިފައިވާ ކަމަށް ނޫހު ވަނީ ވިދާޅުވެފައެވެ

 

 

ދަނޑުތައް ހަލާކުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އަދި ބޮޑު ފަނީގެ ސަބަބުން ކަރާ ދަނޑުތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ދަނޑުވެރިންނަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށް ރާއްޖެއެމްވީއާއި ވާހަކަދެއްކި ތޮއްޑޫގެ ދަނޑުވެރިއަކު މައުލޫމާތު ހިއްސާކުރި އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް