21 ފެބުރުއަރީ 2019 | ބުރާސްފަތި | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އޮސްމޯ ޕްރޮޑަކްޓްސް

އޮސްމޯ ބްރޭންޑްގެ ޕްރޮޑަކްޓެއް ރާއްޖެއަށް ތަޢާރަފްކޮށްފި

  • 68  ގައުމަކުން މިއުފެއްދުން ލިބެން ހުންނާނެ
  • ޑި ބްލޫ މެރިންއަކީ، އޮސްމޯ ބްރޭންޑްގެ މި ތެޔޮ ރާއްޖެއަށް ހޯލް ސޭލްކޮށް ރީޓެއިލް ކުރާ ކުންފުނި
ރިޒުނާ ޒަރީރު | RiznaZareer

| 21 މެއި 2017 | އާދީއްތަ 23:47 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


އޮސްމޯ ބްރޭންޑްގެ ޕްރޮޑަކްޓްސްތައް ތަޢާރަފްކުރުމަށް ބޭއްވި ރަސްމި -- ގޫގުލް

ލަކުޑިއަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ އޮސްމޯ ބްރޭންޑްގެ ތެޔޮ ރާއްޖެއަށް ތަޢާރަފްކޮށްފި އެވެ.

 

އާދިއްތަ ދުވަހު ނޮވެލް ގްރިލް ރެސްޓޯރަންޓުގައި ކުރިއަށްދިޔަ މި ޕްރޮޑަކްޓް ލޯންޗް ކުރުމަށް ހާއްސަ ރަސްމިއްޔާތުގައި އޮސްމޯ ކުންފުނީގެ އޮފިޝަލު، އިޒާމް ލަހީރް ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ވިދާޅުވީ މި ޕްރޮޑަކްޓަކީ ރާއްޖެއަށް ވަރަށްވެސް މުހިންމު ޕްރޮޑަކްޓެއް ކަމަށާއި ހާއްސަކޮށް ރާއްޖޭގެ ރިޒޯޓްތައް ފަރުމާކޮށް ޑިޒައިންކޮށްފައި ހުންނަނީ ލަކުޑިންކަމަށްވުމުން، މިއީ އެފަދަ އެލަކުޑި އަވަހަށް ހަލާކުވެ ނުދިއުމަށްޓަކައި ބޭނުންކުރެވިދާނެ ވަރަށްވެސް ބޭނުންތެރި އުފެއްދުމެއް ކަމަށެވެ.

 

ތަފާތު ގިނަ ވައްތަރުގެ ލަކުޑި ހުންނައިރު މި ތެޔޮ ބޭނުން ކުރުމުން ލަކުޑި ބޭނުން ކުރެވޭ މުއްދަތު އިތުރުވެގެންދާނެ ކަމަށާއި އޮސްމޯއަކީ މިކަމަށް އޮތް ހައްލެއް ކަމަށް އިޒާމް ވިދާޅުވި އެވެ.

 

ލަކުޑިއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އޮސްމޯ ބްރޭންޑްގެ ތެޔޮ ޑީ ބްލޫ މެރިން އިން ވިއްކަން ފަށާފައިވާއިރު، ޑި ބްލޫ މެރިންއަކީ، އޮސްމޯ ބްރޭންޑްގެ މި ތެޔޮ ރާއްޖެއަށް ހޯލް ސޭލްކޮށް ރީޓެއިލް ކުރާ ކުންފުންޏެވެ.

 

މި ޕްރޮޑަކްޓް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކަށް ހާއްސަކޮށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

 

ޖަރުމަންވިލާތުގެ މިއުފެއްދުން ދުނިޔޭގެ އެކި ގައުމެއްގައި ބޭނުންކުރާއިރު،68   ގައުމަކުން މިއުފެއްދުން ލިބެން ހުންނާނެއެވެ.

 

 

ރާއްޖޭގައ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު ޓެސްޓް ކުރުމަށްފަހު ރާއްޖޭގެ ލޮނަށާއި، ޓެމްޕެރޭޗަރއަށް ބެލުމަށްފަހު، ރާއްޖެއަށް ހާއްސަކޮށް މި ބްރޭންޑްގެ 15 ޕްރޮޑަކްޓެއް ވަނީ ބާޒާރަށް ނެރެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް