20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ރައީސް ޔާމީން

މިހިރީ ހައްތާވެސް ވާހަކައެވެ.

  • ޕާޓީ އަތްދަށަށް ގެނެސް ރައީސް މައުމޫންގެ ހަށިކޮޅުގައި ކޮޅުފައި ޖެހި
  • ޝަރުއީ ނިޒާމުގެ މިނިވަންކަމާ މެދު ރައްޔިތުން ސުވާލު އުފެއްދާ
  • އިދިކޮޅު ލީޑަރުން ވަނީ ޖަލަށް ލާފައި
ސަހުބާން ފަހުމީ | sahubaan

| 21 މެއި 2017 | އާދީއްތަ 16:44 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


ރައީސް ޔާމީން އަދި ރައީސް މައުމޫން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ނިމެން ކައިރިވަނީއެވެ. ދެން ބާކީ އޮތީ ގާތް ގަޑަކަށް އަރެއްހާ ދުވަހެވެ.  ވެރިކަން ނިމެން ކައިރިވެފައިވާއިރު މިވެރިކަމުގައި ކަންތައް ހިނގައިދިޔަ ގޮތާއި ކަންތައް ހިނގަމުން އަންނަގޮތުގެ މައްޗަށް ބަލައިލަމާ ހިނގާށެވެ.

 

އިންތިޚާބީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަގާމުން ވަކިކުރުން

ޖިނާއީ ބައެއް ކުށްތަކުގެ ތުހުމަތުތައް ވެސް ކުރުމަށްފަހު ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ޑރ. ޖަމީލް ވަނީ މަގާމުން ވަކިކުރައްވާފައެވެ. އެމަނިކުފާނު މަގާމުން ވަކިކުރެއްވިއިރު، ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވި އެއް ބޭފުޅަކީ ޑރ. ޖަމީލެވެ. މާލެ އާއި އަތޮޅުތަކުގެ އެކި ގެތަކަށް ދޮރުން ދޮރަށް ގިނިކަންޏާ ވަޑައިގެން ކެމްޕެއިން ކުރެއްވިއެވެ.

ޑރ. ޖަމީލްގެ ކުށަކަށްވީ ކޮންކަމެއް ތޯއެވެ. އެމަނިކުފާނުގެ ކުށަކަށްވީ ރައީސް ޔާމީނަށްވުރެ މަގުބޫލު ވަމުން އައުމެވެ. މަގާމުން ވަކިކުރެއްވުމުގެ ކުރިން ޑރ. ޖަމީލް ހުންނެވީ އެކަހެރި ކުރައްވާފައެވެ. ސަރުކާރުގައި ތިއްބެވި އެމަނިކުފާނުގެ ވަފާތެރިންނަށް އެކިއެކި ފިއްތުންތައް ކުރިމަތިކުރަމުން ގެންދެވިއެވެ.

ރައީސް މައުމޫންގެ ނުރުހުމާ އެކު ނައިބު ރައީސް ކަމަށް އަހުމަދު އަދީބު ގެންނެވުން

ޑރ. ޖަމީލް މަގާމުން ވަކިކުރެއްވުމާއެކު ދެން ފެނިގެން ދިޔައީ ރައީސް މައުމޫނާއި އެތައް ބަޔަކު ކަމުނުދާނެއޭ ބުނަމުންދަނިކޮށް، ނައިބު ރައީސް ކަމަށް އަދީބު ގެންނެވުމެވެ. އޭގެ ދުވަސްކޮޅެއް ފަހުން ވަނީ ރައީސް މައުމޫނާއި އެތައް ބަޔަކު ދައްކަމުން އައި ވާހަކަތަކަކީ ތެދެއްކަން ހާމަވާން ފަށައިފައެވެ. ކަމަކަށްފަހު ކަމެކެވެ. އެމްއެމްޕީއާރްސީގެ 1.22 ބިލިއަން ރުފިޔާ ގެއްލުނު ގޮތާއި ރިޔާސީ ލޯންޗުކޮޅު ގޮއްވާލިގޮތް ހެއްކަކަށް ފުދެއެވެ.

 

ސިޔާސީ ވާދަވެރިން ނައްތާލުން

ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާ ވާދަކޮށްފާނެހެން ހީވާ ބޭފުޅަކަށް ޝަރުއީ ހުކުމްތަކާ ކުރިމަތިލާންޖެހި ޖަލުގެ ތޭރިތަކުގެ ތެރެއަށް ދިރިއުޅުން ބަދަލުކުރަންޖެހުނެވެ. އެންމެ ފުރަތަމަ ރައީސް މުހައްމަދު ނަޝީދެވެ. ދެން ސަރުކާރަށް އެންމެ ވަފާތެރި އެއް ބޭފުޅެއް ކަމުގައިވާ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމެވެ. އެއަށްފަހު އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲއެވެ. ދެން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަށް ވެރިކަމަށް ކުރިމަތިނުލެވޭގޮތަށް ގާނޫނު އިސްލާހު ކުރިއެވެ. އެވަރުން ވެސް ހިތްހަމަޖެހުނީކީ ނޫނެވެ. ގާސިމް ޖަލަށްލާން ވެސް ބޭނުންވީއެވެ. މިހާރު ކުރިއަށްދަނީ އެ މަރުހަލާ ކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތުހުމްތު ކުރެއެވެ.

ޕާޓީ އަތްދަށަށް ގެނެސް މައުމޫނުގެ ހަށިކޮޅުގައި "ކޮޅުފައިން ޖެހުން"

ޕީޕީއެމް އަކީ ރައީސް މައުމޫން އުފެއްދެވި ޕާޓީއެކޭ ބުނުމުން އެކަމާ ދެބަސްވާނެ މީހަކު ނުހުންނާނެއެވެ. ނަމަވެސް އެ ޕާޓީގެ މެމްބަރުކަމުން ވެސް އެމަނިކުފާނު ވަކިކޮށްލީއެވެ. ރައީސް މައުމޫން ޕާޓީން ވަކިކުރީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް އެތަކެއް ގާނޫނީ ވަކީލުންނެއް އަންނަނީ ވިދާޅުވަމުންނެވެ. ރައީސް ޔާމީން ޕާޓީއަށް ވެރިވެގަތީ ގާނޫނާ ޚިލާފަށް ކަމަށް ވެސް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ.

ރައީސް މައުމޫން ޕާޓީން ބޭރުކޮށްލުމަށްފަހު އެމަނިކުފާނުގެ ބޭފުޅުންގެ ތެރެއިން ރައީސް ޔާމީނާ ޚިޔާލު ތަފާތުވާ ބޭފުޅުންނަށް ވެސް އެކި އެކި ފިއްތުންތައް އައީ ކުރިމަތިވަމުންނެވެ. އޭގެތެރެއިން އެއްބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ. ފުލު ފުލުގައި ފުލުސް އޮފީހަށް ހާޒިރުކުރަނީއެވެ. ބޭނުންވަނީ ފާރިސް ވެސް ޖަލުގެ ތޭރިތަކުގެ ތެރޭގައި ބާއްވަން ކަމަށް އެތައް ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.

 

ޝަރުއީ ނިޒާމުގެ މިނިވަންކަމާ މެދު ރައްޔިތުން ސުވާލު އުފެއްދުން

ސަރުކާރާދެކޮޅަށް ބަހެއް ބުނެލާ މީހަކަށް ޝަރުއީ ދާއިރާއިން ވެސް ކޮންމެވެސް ފިއްތުމެއް ކުރިމަތިކުރާ ކަމަށް އެތައް ބަޔަކު ތުހުމަތު ކުރެއެވެ. ޕީޕީއެމްގެ އެކްޓިވިސްޓުން މިވެނި މީހަކަށް މިވެނި ގޮތެއް ޝަރުއީ ކޯޓުތަކުން ހަދާނެ ކަމަށް ބުނެފައިވަނިކޮށް އެކަންކަން ހަމައެފަދައިން ވާ މަންޒަރު ފެނިގެންދިޔުމަކީ އެކަން ގަބޫލުކުރެވެން އޮތް ހެއްކެކެވެ. ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމް އައުމުގެ ކުރިން ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ވަނީ އެފަދަ އިން ހުކުމް އަންނާނެ ކަމަށް ބުނެފައެވެ. ކަންވީ އެކްޓިވިސްޓުން ބުނި ގޮތަށެވެ. ޝައިޚް އިމްރާނަށް 12 އަހަރުގެ ޖަލު ހުކުމް އިއްވުމުގެ ކުރިން ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުން ވަނީ އެ ހުކުމް އަންނާނެ ކަމަށް ބުނަން ފަށައިފައެވެ. އާޚިރުގައި އެކަންވީ އެގޮތަށެވެ. ކާނަލް ނާޒިމަށް އިއްވި ހުކުމަށް ވެސް ހަމަ މިހެންނެވެ. ދެން ޝަރުއީ ނިޒާމާ މެދު ރައްޔިތުން ސުވާލު ނުއުފައްދަންވީ އަޅެ ފަހެ ކީއްވެގެންތޯއެވެ.

 

ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް

ފެނަކައަށް ޑޮލަރުތަކެއް ގަތުމަށް ކުންފުންޏަކަށް ދިން އެތައް މިލިއަން ރުފިޔާ ކުންފުންޏަކަށް ދިނެވެ. ނަމަވެސް ޑޮލަރު ނުލިބުނު ތަނުގައި އެ ފައިސާ ވެސް ނުލިބުނެވެ. ހަމަ މި ކުންފުންފުންޏަށް ސްޓެލްކޯ އިން ވެސް ވަނީ އެތައް މިލިއަން ރުފިޔާއެއް ދީފައެވެ. ޑޮލަރު ގަތުމަށް ކަމަށް ބުނެއެވެ. ނަމަވެސް ސްޓެލްކޯއަށް ލިބުނު ޑޮލަރެއް ނެތެވެ. އެފައިސާ ވީ ކޮންތާކުކަން އެނގޭ މީހަކު ނެތެވެ. އެކުންފުންޏަކީ އޮޅުވާލައިގެން ފައިސާ ނަގާ ކުންފުންޏެއްކަން އެނގިހުރެ ސަރުކާރުގެ އެކި ކުންފުނިތަކުން އެފަދަ ކުންފުންޏަކަށް ފައިސާ ދޭންވީ ކީއްވެތޯއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި މިއީ ގަސްތުގައި އޮޅުވާލައިގެން ހިންގާ ޖަރީމާއެކެވެ.

ބޭރު ގައުމުތަކުން ދިވެހި ސަރުކާރަށް އެހީގެ ގޮތުގައި ދޭ ކޮންމެ އެއްޗެއް އެ ވާނީ ދައުލަތުގެ މިލްކަކަށެވެ. ރައްޔިތުންނަށް ބަހަން ބޭރު ގައުމަކުން ސަރުކާރަށް ދޭ އެއްޗެއް ވެސް ވާނީ ހަމަ ދައުލަތުގެ މިލްކަކަށެވެ. އެ އެއްޗެއް ރައްޔިތުންނަށް ބަހަންވާނީ ސަރުކާރުންނެވެ. ނަމަވެސް ރައީސްގެ އަބިކަނބަލުން ފާތުމަތު އިބްރާހީމް ދީދީގެ ސަދަގާތް ފައުންޑޭޝަނުން އަންނަނީ ސައުދީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ބަހަން ސަރުކާރާ ހަވާލުކުރާ ކަދުރުތައް އެތަނުގެ ނަމުގައި ބަހަމުންނެވެ. ސައުދީ ކަރުރުތައް ސަދަގާތް ފައުންޑޭޝަނުން ބަހާއިރު އޭގެ ބޭރުގައި ލިޔެފައި އޮންނަނީ "ސަދަގާތު ފައުންޑޭޝަންގެ ހެޔޮއެދުންތަކާއެކު" މިހެންނެވެ.  ދިވެހި ރައްޔިތުންނަށް ބަހަން ބޭރުގެ ސަރުކާރަކުން ދިވެހި ސަރުކާރާ ހަވާލުކުރާ އެއްޗެއް ރައީސްގެ އަނބިކަނބަލުންގެ ފައުންޑޭޝަނަށް އެތަނުގެ ނަމުގައި ބެހިދާނެތޯއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނަނި ބެހިދާނެ ކަމަށެވެ. އެ ކޮމިޝަނުން ބުނަނީ އެއީ ކޮރަޕްޝަންގެ އަމަލެއް ނޫން ކަމަށެވެ. 

އަބޫދާބީގެ ޚަލީފާ ފައުންޑޭޝަނުން ވަގުފް ފަންޑަށް ދިން ފައިސާގެ ތެރެއިން ބައެއް މެޑަމް ފާތުންގެ ފައުންޑޭޝަނަށް ދޭން އިސްލާމް މިނިސްޓަރު ލިޔުމުން އެންގެވިއިރު އެއީ ކުށަކަށް ނުވަނީތޯއެވެ. އެންމެފަހުން އެކަންތައް ހުއްޓުނީ މީޑިއާ އިން އެކަން ފަޅާއަރުވާލުމުންނެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ބުނަނީ މެޑަމްގެ ފައުންޑޭޝަނަށް އެ ފައިސާދިފައިނުވާކަން ތަހުގީގުން އެނގެން އޮންނާތީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ނެތްކަމަށް ނިންމާ ކަމަށެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންނަށް ގާނޫނު އެނގިވަޑައިނުގަންނަވަނީތޯއެވެ. އެ ފައިސާގެ ތެރެއިން ބައެއް ސަދަގާތު ފައުންޑޭޝަނަށް ދިނުމަށް އިސްލާމިކް މިނިސްޓަރު އުޅުއްވުމަކީ ކޮރަޕްޝަނަށް ނުވާގޮތް ނިކަން ކިޔައިދީބަލާށެވެ. އެ މައްސަލަ ނުބެލެންވީ ގޮތެއް ކިޔައިދީބަލާށެވެ. އެ ފައިސާ ސަދާގާތް ފައުންޑޭޝަނަށް ދިނުމަށް އެންގި ސިޓީ ނޫސްތަކުގައި ވެސް ޝާއިއުކޮށްފައި ހުއްޓެވެ. އެހެންކަމުން ހަގީގަތް އޮޅުވާލަން އުޅުނަސް އެކަމެއް ނުވާނެއެވެ. މިވާހަކަ މިހެން މި ބުނަނީ ހެކިތަކުގެ އަލީގައެވެ.

އެންމެފަހުން ވީ ބަލި

މި ހުރިހާ ކަންތައްތަކަށްކަށްފަހު ބޭއްވި އިންތިހާބުން ފެނިގެން ދިޔައީ ބިޑުތަކުން ބަލިވެގެންދިޔަ މަންޒަރެވެ. ބަލި ގަބޫލުކުރަން ވެސް ރައީސް ޔާމީނަށް ނުކެރުނެވެ. ވޯޓުލާން އެކަށީގެންވާ ވަރަށް މީހުން ނުނިކުންނަ ކަމަށް ވިދާޅުވަމުން ދިޔައެވެ. އެއަށްފަހު ޕީޕީއެމް އިން ބުނެފައި ވަނީ އިންތިހާބުގެ 40 ޕަސެންޓް ވޯޓު އެމަނިކުފާނު ގިނިކަންޏާ ހޯއްދެވި ކަމަށެވެ. މިހެން ބުނާއިރު، ކޯލިޝަންގައި ހިމެނޭ އެމްޑީއޭ ކޮބައިތޯއެވެ. އެމްޑީއޭގެ ލީޑަރ ގެ މަތިން ވެސް ހަނދާން ނެތުނީތޯއެވެ. މިހިރީ ހައްތާވެސް ވާހަކައެވެ. ވިސްނައިފި ކޮންމެ މީހަކަށް އިބުރަތެކެވެ. ދެން ވެސް ވިދާޅުވާނީ ރައީސް ޔާމީން 2018 ތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް