22 ޖެނުއަރީ 2019 | އަންގާރަ | 04 ހުވަން
16 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

ފުލުހުންނަށްކުރާ އިތުބާރު

ފުލުހުންގެ ތަސައްވަރު ދުވަހެއް ދުވަހަކަށް ގޯހުން ގޯހަށް!

 • ޤާސިމްގެ ބަންދާއި މެދު ގޮތެއް ނިންމުމުގައި ފުލުހުން ކޯޓަށް ދޮގު ބަޔާނެއްދީފައިވޭ
 • ފުލުހުން ބުނެފައިވަނީ އެއީ މައުލޫމާތުގެ އޮޅުމެއް ކަމަށް، މައާފަށް އެދޭކަމަށް
 • ފުލުހުންގެ މުއައްސަސާވަނީ ސިޔާސީ ނުފޫޒުތަކެއްގައި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 21 މެއި 2017 | އާދީއްތަ 07:48 | |

މަގުބޫލް

 1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
 2. އަފްރާޝީމްގެ މަރުގެ ތަހުގީގަށް ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި
 3. ފިރިމީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން، އަނބިމީހާ މަރުވީ ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން: އޮޓްޕްސީ ރިޕޯޓް
 4. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
 5. ރާއްޖޭގައި ފަތުރުވެރިން މަރުވަނީ 'އަންޑަރވޯޓަރ ކޭބަލް'ތަކުން ކަރަންޓުޖެހޭތީ ކަމަށް ތުހުމަތުކޮށްފި
 6. ފެބްރުއަރީ 7 ވަނަ ދުވަސް ސަރުކާރު ބަަންދު
 7. ކަރަންޓްގައި ޖެހޭ ގޮތަށް ހައިވޯލްޓޭޖް ކޭބަލްތަކެއް ކަނޑުގެ އަޑިން އަޅާފައި ނުހުންނާނެ: އީޕީއޭ
 8. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު


މުޒާހަރާއެއްގައި އެސްއޯ ފުލުހުންތަކެއް ހަރަކާތްތެރިވަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ފުލުހުންނަކީ ދިވެހި ރައްޔިތުންނަށް، ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޤާނޫނުން ލާޒިމްކޮށްފައިވާ މުއައްސަސާއެވެ. އެ ވެރިންނަކީ ރައްޔިތު މީހާއަށް އަނިޔާއެއް ލިބުނަ ނުދީ، ރައްކާތެރިކޮށްދޭންޖެހޭ މީހުންނެވެ. އިންސާފާއި ހަމަހަމަކަން ޤާއިމްކުރުމަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ ފަރާތެވެ.

 

ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގައި ބުނެފައި ވަނީ އެއްވެސް ފުލުހަކު ޣައިރު ޤާނޫނީ އަމުރަކަށް ތަބާ ވެގެން ނުވާނެ ކަމަށެވެ. ހަމަ އެގޮތަށް އެވެރިންނަކީ އަނިޔާވެރިކަމާއި، ދޮގު ބުނެގެންވާނެ ބަޔަކަށްވެގެން ނުވާނެކަމަށްވެސް ޤާނޫނު އަސާސީގައި ބުނެފައިވެއެވެ.

 

ޤާނޫނީ ގޮތުން މަތި ކޮށްފައިވާ ބޮޑު ޒިންމާއާއެކުގައި ދިވެހިން އެންމެ ބޮޑު އިހުތިރާމަކާއި، އިތުބާރެއް ވެސް ކުރީ ފުލުހުންގެ އިދާރާއަށެވެ. ދިވެހިން ގަބޫލުކުރި ގޮތުގައި އެވެރިންނަކީ ދޮގު ހަދާނެ ބައެއް ނޫނެވެ. އެ ވެރިންނަކީ ނުހައްޤުން އެއްވެސް ރައްޔިތަކަށް އަނިޔާއެއް ކުރާނެ ބައެއް ވެސް ނޫން ކަމަށް ދިވެހިން ގަބޫލުކޮށްގެންތިއްބެވެ. ނަމަވެސް ކަން އޮތީ އެގޮތަށް ހެއްޔެވެ؟ ދުރު ނޫން ތާރީހެއްގައި ހުރިހާ ދިވެހި ރައްޔިތުންނަށް ފެނިގެންގޮސްފައިވާ ކުޑަކުޑަ މިސާލަކަށް ބަލާލަމާތޯ އެވެ.

 

ފުލުހުންގެ އެ ބުނާ އިންޓެލިޖެންސަކަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އެތައް ދުވަހަކު ދޫނިދޫ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނެވެ. އެ ބުނާ އިންޓަލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ފުރަތަމަ ފަހަރު 15 ދުވަހު ޖަލުގައި ގެންގުޅެނެވެ. ދެ ވަނަ ފަހަރުވެސް އެ ބުނާ އިންޓަލިޖެންސް ރިޕޯޓަކާއެކު ޤާސިމަކީ ޤައުމީ ސަލާތަށް އޮތް ނުރައްކަލަކަށްވެ 4 ދުވަސް ދޫނިދޫ ކުޑަ ގޮޅީގައި ބޭއްވި އެވެ.

 

 

19 ދުވަހު ދޫނިދޫ ޖަލުގައި ޤާސިމް ގެންގުޅެގެންވެސް ފުލުހުން ހިތެއް ނުފުރުނެވެ. އެ ވެރިންނަށް އެ ބޭނުންވާ ހެއްކެއް އެކެއް ނުކުރެވުނު އެވެ. އިތުރަށްވެސް ޤާސިމް ބަންދުގައި ބަހައްޓަން ކޯޓަށް ގެންދިއުމުން، ޤާސިމްގެ ހުރިހާ މިނިވަންކަމެއް ނަގާލުމަށް ފަހު އޭނާ ގެޔަށް ދޫކޮށްލުމަށް ކޯޓުން ނިންމި އެވެ. ކޯޓުން އެގޮތަށް ނިންމިއިރު، ވަކި ބޭފުޅަކު ހިތް ނުރުހޭ އެއްޗެއް ބުންޏަސް، ވަކި މީހަކާ ވާހަކަދައްކާލިޔަސް ޖަލަށްލާނެކަމަށް އޮތީ ޝަރުތުކޮށްފަ އެވެ. އެ ވާހަކަ އެއްފަރާތްކޮށްލާނަމެވެ. ނަމަވެސް ޤާސިމަށް އެ ނިކަމެތި ހާލު ޖެއްސުމަށްފަހު އެންމެފަހުން ފަޅައިއެރީ، ޤާސިމަށް އެ ހުރިހާ އަނިޔާއެއްދީފައިވަނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން ކޯޓަށް "ދޮގު" ބަޔާނެއް ދިނުމުން ކަމެވެ.

 

ކޯޓުން ވަނީ ޤާސިމްގެ ޤާނޫނީ ވަކީލުންނަށް ފޮނުވި ލިޔުމުގައިވެސް އެކަން ހާމަކޮށްފަ އެވެ. އެއީ ފުލުހުންނަށް އޮޅުމަކުންދެވިފައިވާ މައުލޫމާތެއްކަމާއި، އެކަމަށް ފުލުހުން ވަނީ "މައާފަށް" އެދިފައިކަމަށް ކޯޓުން ބުނެފައިވެއެވެ. އުފެދޭ ސުވާލަކީ އެވަރުގެ ބޮޑު މައްސަލައެއްގައި ފުލުހުންނަށް އޮޅުމެއް އަރާފާނެތޯ އެވެ. އޮޅުމެއް އެރިކަމުގައިވާނަމަ އެހާ ދުވަހު އެކަން ހާމަނުކޮށްތިބީ ކީއްވެތޯ އެވެ. ކޮންމެ ދިމާލަކަށް ވިސްނާލިނަމަވެސް ފެންނަން އޮތީ އެއް ކަމެކެވެ. އެ މުއައްސަސާގެ ތާކުންތާކުނުޖެހޭ ކަމެވެ. އެ މުއައްސަސާ ވަކީ މީހެއްގެ ކޮންޓްރޯލް ދަށަށް ގޮސްފައިވާ މިންވަރެވެ.

 

ވިސްނާވަޑައިގެންބައްލަވާށެވެ. ޤާސިމްގެ ބަންދުގެ މުއްދަތާއި ހައްޔަރުގެ ވާހަކައަކީ މުޅި މީޑިއާ އެކަމަކަށް ފާރަލަމުންގެންދިޔަ ކަމެކެވެ. އިމާރަތްތަކުގެ މަތިންނާއި، ކުދި ކުދި ލޯވަޅުތަކުން ވީޑިއޯތައްކޮށް އާންމުންނަށް ގެނެސްދިން މައުލޫމާތުތަކެވެ. ފުލުހުންނާއި ކޮންމެ ދުވަހަކު މީޑިއާއިން އެތައް ސުވާލެއް އޮއްސާލާ ޝަރީއަތަކެވެ. ނަމަވެސް ފުލުހުން އެކަމުގައި ތިބީ ދޮގު ބުނެގެން ނޭނގޭ ކަމަށް ހަދައި ދެ އަތް އުރާލައިގެންނެވެ. ބައްޕައެއް އޭނާގެ ދަރިންނާއި ވަކިކޮށްލައިގެންނެވެ. ފިރިޔަކު އޭނާގެ އަނބިންނާއި ދުރުކޮށްލައިގެންނެވެ. އެތައް ރައްޔިތުންގެ އުއްމީދުގެ ހުޅުކޮޅުގައި އަތް އަޅާއިގެންނެވެ.

 

ޤާސިމާއި މެދު އެގޮތަށް ކަންތައްކުރިއިރު ނިކަމެތި އާންމު ރައްޔިތު މީހާއަށް ކިހާވަރެއްގެ ސަމާލުކަމެއް މިވެރިންދޭނެ ހެއްޔެވެ. އާންމު ރައްޔިތުންނަށް ލޯތްބެއް އިހުތިރާމެއް އޮންނާނެތޯ އެވެ. ހައްގުތައް ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން އޮންނާނެތޯ އެވެ. 

 

ޤައުމުގެ ވަލިއުލްއަމުރު 25 އޮކްޓޯބަރ 2015 ގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވެއެވެ. ފުލުހުންގެ މުއައްސަސާއަކީ ވަކި ބޭފުޅަކު ކޮންޓްރޯލްކުރާ، ސިޔާސީ ނުފޫޒުވަދެފައިވާ މުއައްސަސާއެއްކަން އެމަނިކުފާނަށް ފާހަގަކުރެވިފައިވާކަމަށެވެ. ފުލުހުންގެ މުއައްސަސާ މަސައްކަތްކުރަނީ ނާޖާއިޒު ނުފޫޒެއް ނެތި، ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކަން ފުރިހަމައަށް ލިބިދެވޭނެ ގޮތަށް ހެއްޔެވެ؟ އެ އިތުބާރެއް އެތައް ރައްޔިތުންގެ މިހާރު ނެތެވެ. އިތުބާރު ގެއްލުވާލަނީ ވެސް އަމިއްލަ އަށެވެ. ދުވަހެއް ދުވަހަކަށް ފުލުހުންގެ މުއައްސަސާގެ ތަސައްވަރު ދަނީ ގޯސްވަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Hussain

2 އަހަރު ކުރިން

Fuluhunnakee mihaaru kulgey kulhey boalhayakah vehjje kaamiyaabuvaanee gadhakolhakah everinge ehves ageh adhi baareh neh koarehgaa oyaadhaa kunikolhehge misaalu gadharu kuraane meehakuves neh visnaanun buhdhiveri... minoon dhuvaheh dhah kavaashi aaameeen

0
0
ބަގީ

2 އަހަރު ކުރިން

މީ ކޮނަވަތަރު މީހާ ހުނަނަނީ ޕޮލިހުގައި ބޮޑުމީހާ މިވައްތަރުމީހާ ބޮޑުމީހާ ހުންނަނީ ސަކަރާތް އަވަހަށް ހައުސް މަޑުކުރަނީ

0
0