24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:54
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ބާޒާރުގެ އަގުތައް

ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި

 • ކާށި ލިބުން ދަތިވުމުން ކާށީގެ އަގު ވަނީ އުފުލިފައި
 • ކަރާގެ އަގުތައްވެސް އުފުލޭނެކަމަށް ވިޔަފާރިވެރިން ލަފާކުރޭ
 • ބާޒާރުގައ ވަޅޯމަސް ކިލޯއެއް އުޅެނީ 100 ރުފިޔާއަށް
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 20 މެއި 2017 | ހޮނިހިރު 18:35 | |

މަގުބޫލް

 1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
 2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
 3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
 4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
 5. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
 6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
 7. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
 8. ޝެއިޚް އިލްޔާސްގެ ޕާސްޕޯޓް ހިފަހައްޓައިފި


ލޯކަލް މާރުކޭޓު -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

މިއަންނަ ހޮނިހިރު ދުވަހަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ބެލެވޭއިރު، ބައެއް ތަކެތި ބާޒާރުން ލިބުން މިހާރު ދަތިކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.

 

ރަމަޟާން މަހަށް އެއް ހަފްތާވެފައިވާއިރު، ބާޒާރުގައި ހޮނިހިރު ދުވަހު އެންމެ ދަތި އެއްޗަކަށް ފެނުނީ ކާއްޓެވެ. އާންމުކޮށް ކާށީގެ އަގު 5 ރުފިޔާ އާއި 6 ރުފިޔާއާއި ދެމެދުގެ އަގެއްގައި އުޅޭއިރު ބާޒާރުގައި ހޮނިހިރު ދުވަހު ކާށި ހުރީ 12 ރުފިޔާއާއި 18 ރުފިޔާއަށެވެ. ކާށި ލިބުމުގައި ދަތިތައް ހުރިކަމަށްވެސް ވިޔަފާރި ވެރިން ބުންޏެވެ. އެހެން ނަމަވެސް ރޯދަމަސް ފެށެން ވާއިރަށް ތަކެތި ލިބުން މިއަށްވުރެ ރަނގަޅު ވާނެ ކަމަށް ބުނެއެވެ.

 

ބާޒާރުގައި ގްރީން ކެބެޖް އުޅެނީ ކިލޯއެއް 60 އަށް އަދި ކެރެޓް ކިލޯއެއް 25 އަށެވެ.

 

ލޯކަލް މާރުކޭޓުގެ އަގުތަކަށް ބަލާއިރު، ދިވެހިން ފަނިގިރަން އާންމުކޮށް ބޭނުންކުރާ އަނބު އުޅެނީ ކިލޯއެއް 50 ރުފިޔާއާއި 60 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. މެންޑްރިން ކިލޯއެއް 60 ރުފިޔާއަށް، މެލަން އަދި ކަރާ އުޅެނީ 50 އާއި 60 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ކަރާގެ އަގު އުޅެނީ ކިލޯއެއް 20 ރުފިޔާއަށެވެ. އެހެން ނަމަވެސް ކަރާގެ އަގު ރޯދަމަސް ފެށިގެންދާއިރު އުފުލޭނެކަމަށް ލަފާކުރެވޭކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

 

މާރުކޭޓުގައި ލުނބޯ ކިލޯއެއްގެ އަގު 40 ރުފިޔާއަށް ބޮޑުވިއިރު މިރުސް ކިލޯއެއް އުޅެނީ 300 ރުފިޔާއަށެވެ.

 

ދެންކެޔޮ ވަކެއް ހަތަރު ރުފިޔާ އަށާއި ފަސް ރުފިޔާއަށް ވިއްކާއިރު އަލަނާސިއެއް އުޅެނީ 50 ރުފިޔާއަށެވެ. ބޭރު ފެޝަންފުރުޓް ގެ އަގު އުޅެނީ ކިލޯއެއް 120 ރުފިޔާއަށެވެ.

 

ދިވެހިން ސަޓަނި ހަދަން ބޭނުންކުރާ ފަތުގެ ބާވަތްތަކުން ކޮޕީފަތް އުޅެނީ 10 ރުފިއާއަށް 3 ފަތެވެ. ޗިޗަންޑާ ކިލޯއެއް އުޅެނީ 25 ރުފިޔާއަށެވެ.

 

ވަޅޯމަސް މާރުކޭޓުގައި ވަޅޯމަސް އުޅެނީ ކިލޯއެއް 100 ރުފިޔާއަށެވެ. މަސް ކުނޑި ޕެކެޓެއް އުޅެނީ 80 ރުފިޔާއަށެވެ. ހިކިމަސް ކިލޯއެއްގެ އަގު އުޅެނީ 85 ރުފިޔާއާއި 90 ރުފިޔާއާއި ދެމެދުގެ އަގަކަށެވެ. އެހެން ނަމަވެސް ރަމަޟާން މަހުގެ ތެރޭގައި އަގުތައް ބޮޑުވާނެކަމަށް ވިޔަފާރިވެރިން ބުނެއެވެ.

 

އާއްމުކޮށް ރޯދަ މަހު އެންމެ އަގު ބޮޑުވާ ތަކެތީގެ ތެރޭގައި އަލުވި، ފިޔާ އަދި ބިސް ހިމެނެއެވެ. ފިޔާ ބަސްތާއެއް 180 ރުފިޔާއަށް ވިއްކާއިރު ބިސްކޭހެއް ބާޒާރު މަތިން ވިއްކަނީ 270 ރުފިޔާއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް