17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

މެލާނިއާ ޓްރަމްޕް

މެލާނިއާ ސައުދީއަށް ވަޑައިގެންނެވިއިރު ހެދުން ތުރުކުރައްވާފައި ހުންނެވި ގޮތް ކަމުދޭތަ؟

  • މެލާނިއާ ވަނީ ފިރިކަލުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާފައި
  • އެކަމަނާ ބޮލުގައި ސްކާފެއް ނޭޅުއްވުމުން ގިނަ ފަރާތްތަކަކުން ސޯޝަލް މީޑިއާގައި ދަނީ ފާޑު ކިޔަމުން
  • ސައުދީ ފޮރިން މިނިސްޓަރ ވިދާޅުވީ ޒިޔާރަތް ކުރައްވާ އަންހެނުން އިސްތަށިގަނޑު ނިވާ ކުރުމަކީ "ޑިމާންޑް" ކުރާ ކަމެއް ނޫންކަމަށާއި "އެއި ސަޖެސްޝަން"އެއް ކަމަށް
އައިޝަތު ޝާނީ | Shaaknee

| 20 މެއި 2017 | ހޮނިހިރު 18:27 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


މެލާނިއާ ވަނީ ފިރިކަލުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާފައި -- ޓްވިޓަރ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވިއިރު އަރިހުގައި އަނބިކަނބަލުން މެލާނިއާ ވެސް ވަޑައިގެންނެވިއެވެ.

މިއީ ޓްރަމްޕް ވެރިކަމަށް ހޮވިވަޑައިގަތުމަށް ފަހު ކުރައްވާ ފުރަތަމަ  ރަސްމީ ދަތުރުފުޅެވެ. ފަސް ދަވުހެގެ މި ދަތުރުފުޅުގައި ސައުދީ އަރައްބިއްޔާގެ އިތުރުން އިޒްރާއިލް، ވެޓިކަން އަދި ބްރަސަލްސް އާއި ސިސިލީއަށް ޓްރަމްޕް ވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ސައުދީގައި ގިނަ އަދަދެއްގެ ގައުމުގެތަކުގެ ވެރިންނާ ބައްދަލުކުރައްވާނެއެވެ. 

އެމެރިކާގެ ފަސްޓް ލޭޑީކަމަށް މެލާނިއާ ވަޑައިގަތުމުގެ ކުރިންވެސް މެލާނިއާއަކީ ފެޝަން އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. ފިރިމީހާ ޓްރަމްޕަކީ މަހުޖަނަކަށްވުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ޑިޒައިނަރުންގެ ހެދުން އެކަމަނާ މީގެ ކުރިން ވެސް ވަޑައިގެންނެވީ ތުރުކުރައްވަމުންނެވެ. ނަމަވެސް ޓްރަމަޕް ރައީސްކަމަށް ވަޑައިގަތުމާ އެކު، އެކަމަނާ ތުރުކުރައްވާ ހެދުންތަކަށް ނަޒަރު ހިންގާ މީހުން އިތުރުވެއްޖެއެވެ.

އެގޮތުން ދެކަނބަލުން ދަތުރުކުރެއްވި ފްލައިޓް ރިޔާދަށް ޖެއްސުމާއެކު ގިނަ ބައަކު ބަލަން ބޭނުންވީ މެލާނިއާ ތުރުކުރައްވައިގެން ހުންނެވި ހެދުމެކެވެ. އަދި ބޯ ނިވާކުރައްވާފައި ހުންނަވާނެތޯ ބެލުމަށް ގިނަ ބަޔަކު ޝައުގުވެރިވިއެވެ.

ސައުދީ އަރަބިއްޔާއަކީ މުސްލިމް ގައުމަކަށްވުމާ ގުޅިގެން، އެގައުމަށް ދަތުރުކުރާ އަންހެނުން، ބޭރުގެ ލީޑަރުން ވެސް، ދިގު ހެދުން ތުރުކުރައްވައި، ބޮލުފޮތިކޮޅެއް އެޅުއްވުމަކީ އާންމުކޮށް ފެންނަ މަންޒަރެވެ. ނަމަވެސް ފޮރިން މިނިސްޓަރ އަދެލް ބިން އަހްމަދު އަލް-ޖުބެއިރު ވިދާޅުވީ "ކޮންމެ ފަދަ އަންނައުނަކަށް ވެސް މަރުހަބާ ކިޔަން" ތައްޔާރަށް ހުންނެވި ކަމަށާއި ވަކި ގޮތަކަށް ހެދުން އެޅުމަކީ ސައުދީން "ޑިމާންޑްކުރާ" ކަމެއް ނޫން ކަމަށެވެ.

. މެލާނިއާ ޓްރަމްޕް އެމެރިކާއިން ފުރާވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވީ ސްކަރޓަކާ މައްޗެއް

ދަތުރު އެމެރިކާއިން ފެއްޓެވިއިރު އޮރެންޖް ސްކަރޓަކާއި ހުދު ޓޮޕްކޮޅެއް ތުރުކުރައްވައިގެން ހުންނެވި ނަމަވެސް ރިޔާދަށް ފްލައިޓް ޖައްސައި ދޮރު ހުޅުވުނު އިރު ހުންނެވީ މެލާނިއާ ކަޅު، ދިގު ޖަމްޕްސޫޓެއް ތުރުކުރައްވައިގެންނެވެ. އަދި އެކަމަނާ ފެނުމާއެކު ސޯޝަލް މީޑިއާގައި ފާޑު ކިޔުންތަކާއި ތައުރީފްތައް އޮހެން ފެށުނެވެ.

އެގޮތުން، މެލާނިއާ ފުރާވަޑައިގެންނެވި އިރު ތުރުކުރައްވާފައިވާ ހެދުމާ ސައުދީއަށް ވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވި ހެދުން މިހާ ތަފާފުވުމުން ޓްރަމަޕްގެ ސަޕޯޓަރުން ހިތްހަމަނުޖެހިދާނެބާއޭ ގިނަ ފަރާތްތަކަކުން ދިޔައީ ސުވާލުކުރަމުންނެވެ.

އިވާންކާ ޓްރަމްޕްއާއި ފިރިކަލުން ޖެރެޑް ކްރުޝްނަރ

މެލާނިއާގެ އިތުރުން، ޓްރަމްގެ އަންހެން ދަރިކަނބަލުން އިވާންކާ ޓްރަމްޕް ވެސް ވަނީ ބޮލުގައި ސްކާފް ނޭޅުމަށް ނިންމަވާފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބަކަނބަލުން މިޝޭލް ސައުދީ އަރަބިއްޔާއަށް ކުރެއްވެވި ދަތުރުގެ ތެރއިން 

ނަމަވެސް މިއީ ގައުމެއްގެ ލީޑަރެއް ނުވަތަ ލީޑަރެއްގެ އަނބިކަނބަލުން، ސައުދީއަށް ވަޑައިގެންނެވިއިރު ބޮލުގައި ސްކާފް ނޭޅުއްވުމަށް ނިންމެވި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް އަދި ޓްރަމްޕާ ދެކޮޅަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހިލަރީ ކްލިންޓަން ވެސް ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ބޮލުގައި ސްކާފެއް އަޅުއްވާފައެއް ނުވެއެވެ. މީގެ އިތުރުން، ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް ވެސް ބޮލުފޮތި ނާޅުއްވައެވެ. ނަމަވެސް އެ ދަތުރުފުޅުގައި މިސްކިތަކަށް ޒިޔާރަތް ކުރެއްވިއިރު މިޝޭލް ހުންނެވީ ބޮލުގައި ސްކާފެއް އައްސަވާފައެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާއާއި އަނބިކަނބަލުން މިޝޭލް ސައުދީ އަރަބިއްޔާގެ މިސްކިތަކަށް ޒިޔާރަތްކޮށްލަނީ

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް