22 އޭޕުރިލް 2018 | އާދީއްތަ | 01 ބުރުނު

ސާބާ ޗެމްޕިއަންޝިޕް: ނޭޕާލް ބަލިކޮށް ބަންގްލަދޭޝް ފެށުން ރަނގަޅުކޮށްފި

  • ބަންގަލަދޭޝް މެޗު ކާމިޔާބުކުރީ 66-76 ގެ ނަތީޖާއަކުން
  • މެޗުގައި ބަންގްލަދޭޝް ވަނީ މޮޅު ޑިފެންސެއް ކޮށްފައި
ލީވާން އަލީ | MrLeevaan

| 20 މެއި 2017 | ހޮނިހިރު 00:30 | |ސާބާ ޗެމްޕިއަންޝިޕްގައި ނޭޕާލް އަދި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން -- ޓްވިޓަރ

ސައުތް އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕްގައި ނޭޕާލް ބަލިކޮށް، ބަންގްލަދޭޝް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ހުކުރު ދުވަހު މުބާރާތް ހުޅުވި މެޗުގައި ނޭޕާލްއާ ވާދަކޮށް ބަންގްލަދޭޝް އިން މެޗު ކާމިޔާބުކުރީ 76 ޕޮއިންޓް 66 ޕޮއިންޓުންނެވެ.

ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް ޝަރަފުވެރިކޮށްދެއްވި މި މެޗުގެ ފުރަތަމަ ސެޓް ފަސޭހަކަމާއެކު 22 ޕޮއިންޓް 14 ޕޮއިންޓުން ބަންގްލަދޭޝް ކުރީގައި އޮވެގެން ނިމުނުއިރު، އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެޓީމުގެ ފަރާތުން ވަނީ މޮޅު ޑިފެންސެއްވެސް ފެނިގެންގޮސްފައެވެ.

ދެވަނަ ކުއާޓާގައި ނޭޕާލް އިން އެޓީމުގެ ކުޅުން ރަނގަޅުކުރި ނަމަވެސް ދެވަނަ ކުއާޓާވެސް ނިމުނީ ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ. ތިންވަނަ ކުއާޓާ 10 ޕޮއިންޓްގެ ލީޑަކާއެކު ބަންގްލަދޭޝް ވަނީ ކާމިޔާބުކޮށްފައެވެ.

މުޅި މެޗުގައިވެސް ބަންގްލަދޭޝްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ނޭޕާލްގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. އެގޮތުން ނޭޕާލް އިން ޕޮއިންޓް ހޯދުމަށް ކުރަމުންދިޔަ މަސައްކަތަށް ބަންގްލަދޭޝްއިން ވަނީ ހުރަސްހަޅާފައެވެ.

މުބާރާތުގައި ހުކުރު ދުވަހުގެ ރޭ ވާދަކުރާނީ ވަރުގަދަ އިންޑިއާ އަދި ދިވެހި ރާއްޖެއެވެ. މި މެޗު ފަށާނީ 21:00 ޖަހާރިރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު މުހުސިނު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް