19 އޭޕުރިލް 2018 | ބުރާސްފަތި | 12 އައްސިދަ

ކޮޅުވެއްޓި ހޯދުމުގެ އޮޕަރޭޝަންގައި، އޮޔާދާ ލަކުޑިތަކަކާއި ތެޔޮގަނޑެއް ފެނިއްޖެ: އެމްއެންޑީއެފް

  • ކޮޅުވެއްޓ ހޯދުމުގެ އޮޕަރޭޝަންގައި، އޮޔާދާ ތެޔޮތަކަކާއި ލަކުޑިތަކެއްފެނިފައިވަނީ، އިސްދޫ މުލީގެ އުތުރުން 50 ނޯޓިކަލް މޭލު ބޭރުން
  • ކަނޑުމަތިން އެތަކެތި ފެނުނީ ޓީއެމްއޭގެ ސީޕްލޭނަށް
  • ކޮޅުވެއްޓީގައި ޖުމްލަ ހަ މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 4 ބިދޭސީން
|

| 20 މެއި 2017 | ހޮނިހިރު 00:25 | |ގެއްލުނު ކޮޅުވެއްޓި "މާރިޔާ-3" އަކީ ދިގުމިނުގައި 139 ފޫޓު ހުރި، ބޭރުގައި ގަދަ ފެހި ކުލައިގެ ދަވާދު ލާ ފައިވާ ކޮޅުވެއްޓިއެއް -- ކުޅުދުއްފުށި އޮންލައިން

ތުލުސްދޫން ފުރައިގެން ލ ގަމަށް ދަތުރު ކުރަމުން ދަނިކޮށް ގެއްލިފައިވާ ކޮޅުވެއްޓި ފެނޭތޯ އެމްއެންޑީއެފުން މިހާރު ފަށާފައިވާ އޮޕަރޭޝަންގައި، ޓީއެމްއޭގެ ސީޕްލޭނަށް ކަނޑުމަތިން އޮޔާދާ ތެޔޮތަކަކާއި ލަކުޑިތަކާއި އެނޫންވެސް ބައެއް ތަކެތި ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.


އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބުރާހިމް އާޒިމް ވިދާޅުވީ، ކޮޅުވެއްޓި ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ސީޕްލޭނަށް އެތަކެތި ފެނުނީ، އިސްދޫ މުލީގެ އުތުރުން 50 ނޯޓިކަލް މޭލު ބޭރުން ކަނޑުމަތިން އޮޔާދަނިކޮށް ކަމަށެވެ. އާޒިމް ވިދާޅުވީ އެމައުލޫމާތާއި ގުޅިގެން ކަނޑުމަގުން އެސަރަހައްދު އިތުރަށް ބެލުމަށް މިހާރު މަސައްކަތް ފަށާފައިވާކަމަށެވެ.


އާޒިމް ވިދާޅުވީ، ކަނޑުމަތިން އެތަކެތި ފެނުނީ ސީޕްލޭނަށް ކަމަށް ވުމުން އެތަކެއްޗަކީ ގެއްލިފައިވާ ކޮޅުވެއްޓި އާއި ގުޅުންހުރި އެއްޗެއްކަމެއް ނުވަތަ ނޫންކަމެއް އަދި ބުނަން ނޭނގޭ ކަމުގައެވެ.

.

ތުލުސްދޫއިން ފުރި ކޮޅުވެއްޓި ގެއްލުނީ ކޮން ސަރަހައްދަކުން ކަމެއް އަދިއެއް ނޭނގެ އެވެ. އެހެންނަމަވެސް މިދިޔަ ތިން ދުވަހު ވެސް އެ އުޅަނދުގެ ހަބަރެއް ނުވެ އެވެ.އެމްއެންޑީއެފުން ބުނީ ކޮޅުވެއްޓި "މާރިޔާ-3"ގެ ޚަބަރެއް ނުވެގެން އެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ އިއްޔެ ހަވީރު 4:16 ހާއިރު ކަމަށެވެ. ކޮޅުވެއްޓީގައި ޖުމްލަ ހަ މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 4 ބިދޭސީން ކަމަށް ވެރިފަރާތުން ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމުގައިވެސް އެމްއެންޑީއެފުން ބުނެ އެވެ.

 

އެމްއެންޑީއެފުން ބުނިގޮތުގައި އޮޔާދަނިކޮށް އެންމެ ފަހުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީކުރިއަށެވެ. އެގޮތުން މި އޮޕަރޭޝަނަށް ކުއްޔަށް ހިފާފައިވާ ޓީއެމްއޭގެ ސީޕްލޭނާއި ކޯސްޓްގާޑު ހެލިކޮޕްޓަރާއި ލޯންޗު ބޭނުންކޮށްގެން އެ އޮޔާދާ އެއްޗެހިތައް ބަލައި، އެ އުޅަނދާ އެއްވެސް ގުޅުމެއް ހުރިތޯ އަދި އެ ސަރަހައްދުން އެއްވެސް މީހަކު ފެނޭތޯ ބަލާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު މުހުސިނު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް