22 ނޮވެންބަރު 2017 | ބުދަ | 10 ނޮރަ

ހައްޖު ގުރޫޕްތައް ކަނޑައެޅުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ބުނެ އޭސީސީއަށް ހުށަހަޅައިފި

  • މައްސަލަ ހުށަހެޅީ އަމިއްލަ ފަރާތަކުން
  • މައްސަލަ ހުށަހެޅީ ގުރޫޕތައް ކަނޑައެޅިގޮތާމެދު

| | | dhonbandaara | |އޭސީސީ: ހައްޖު ކޯޓާއާ ގުޅޭ މައްސަލައެއް ވަނީ ހުށަހަޅާފައި -- ފޮޓޯ:ސަން.އެމްވީ

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދަން ކުންފުނިތަކަށް ހުއްދަ ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކޮށްފައިވާ ކަމަށް ބެލެވޭތީ  އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

 

މި އަހަރު ހައްޖަށް މީހުން ގެންދަން 16 ކުންފުންޏަކުން ކުރިމަތިލާފައިވާއިރު ކޯޓާ ދިނީ ހަ ކުންފުންޏަކަށެވެ. ހުއްދަ ދޭނެ ކުންފުނިތައް ކަނޑައެޅީ ހުށަހެޅި ޕްރޮޕޯސަލްތަކަށް ރިޔާއަތްކޮށް އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަމިއްލަ ފަރާތަކުން އޭސީސީއަށް މައްސަލަ ހުށަހެޅީ ޕޮއިންޓް ދިނުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށްފަ އެވެ.

މިމައްސަލަ މިގޮތައް ހުށަހަޅާފައިވާއިރު ހައްޖާއި އުމުރާއަށް މީހުން ގެންދާނެ ގުރޫޕްތައް ކަނޑައެޅުމުގައި ނުފޫޒު ފޯރުވާފައިވާނޭ ކަމަށް އަމިއްލައަށް އިއްތިރާފްވާ އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯތަކެއް ވަނީ ލީކުވެފައެވެ.

އެއޯޑިއޯގައި އެ އޮފިޝަލް ބޭނުންވާ ގޮތައް ގުރޫޕްތައް ކަނޑައެޅުމުގައި ޢަމަލް ކުރާނެ ކަމަށާއި އޭނާއަށް އެކަމުން މާލީ ފައިދާއެއް ލިބިދާނޭ ފަދަ ގޮތަކަށް އެކަން ކުރަމުންދާކަމަށް ވެސް އެއޯޑިއޯގައި ދައްކަވާ ވާހަކަތަކުން ހާމަވެއެވެ.

ހައްޖަށް މީހުން ގެންދަން މި އަހަރު އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނީ ހައްޖު ކޯޕަރޭޝަނުގެ އިތުރުން ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕް، ޒައީ ހައްޖު ގުރޫޕް، ދަރުމަ ލިލް ހައްޖި، އަލް ހަރަމައިން އަދި ކިސްވާ ގުރޫޕަށެވެ. ހައްޖަށް މީހުން ގެންދަން ރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގެ ތެރެއިން 50 ޕަސެންޓް ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި އަނެއް ފަސް ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންނަކަށް ދިނީ 100 ޖާގަ އެވެ.

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ