22 އޭޕުރިލް 2018 | އާދީއްތަ | 01 ބުރުނު

އަވަސް ހައްލެއް ލިބޭނީ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލް މެދުވެރިވެގެން މަސައްކަތް ކުރުމުން:ހަސަން ލަތީފް

  • މިހާރު މަސައްކަތް ކުރާ އުސޫލުން މަސައްކަތް ކުރާނަމަ ދާއިމީ ހައްލު ލިބުން ލަސްވެދާނެ
  • އައްޑޫ ސިޓީ ކައުންސިލްގެ ދައުރު މި މަސައްކަތުގައި ބޮޑު ކުރަންޖެހޭ
  • އެމްޑީޕީގެ ފަރާތުން ވަނީ ސިޓީ ކައުންސިލާއި ބައްދަލުކޮށް، މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައި
މުހަންމަދު ވިސާމް | sampathmasiw

| 19 މެއި 2017 | ހުކުރު 23:49 | |އެމްޑީޕީގެ ފަރާތުން ހާލުގައި ޖެހުނު ރައްޔިތުންނާއި ބައްދަލުކުރަނީ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

އައްޑޫ ސިޓީ ހިތަދޫއަށް އެރި ނަގޫރޯޅީގެ ސަބަބުން ހާލުގައި ޖެހުނު ރައްޔިތުންނަން އަވަސް ހައްލެއް ލިބޭނީ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލް މެދުވެރިވެގެން މަސައްކަތް ކުރުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

 

ބުދަ ދުވަހުގެ ރޭ ހިތަދޫއަށް އެރި ނަގޫރޫޅީގެ ސަބަބުން ޖުމަލް 29 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ކުރިމަތިވުމާއި ގުޅިގެން، އެގެތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބެއްލުވުމަށް ފަހު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރިއަށް ގެންދާ އުސޫލުން މަސައްކަތް ކުރިއަށް ގެންދާ ނަމަ، ދާއިމީ ހައްލެއް ލިބުން ލަސްވެދާނެ ކަމަށެވެ. ހިތަދޫ ރައްޔިތުންނަނަން ދާއިމީ ހައްލެއް އަވަހަށް ލިބިގެންދާނީ  ސަރުކާރުން އައްޑޫ ސިޓީ ކައުންސިލްގެ ދައުރު ބޮޑުކޮށް މަސައްކަތް ކުރިއަށް ގެންދިއުމުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

 

އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފްގެ އަދި ޗެއާޕާސަންގެ ނައިބު އަލީ ސިޔާމްގެ އިތުރުން ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ދީދީ ވަނީ ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު ގެތަކަށް ޒިޔާރާތްކޮށް ރައްޔިތުންގެ ހާލު ބައްލަވާފައެވެ.

 

ހަސަން ވިދާޅުވި ގޮތުގައި ކައުންސިލްގެ ބާރުވެރިކަން ރައީސް ޔާމީންގެ ސަރުކާރުން ހަނިކޮށްފައި ވާތީ، ރައްޔިތުންނަން އެހީތެރިވެދިނުމަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލަށް ކަންކަން ހައްލުކުރުމަށް ބާރުވެރިކަން ސަރުކާރުން ދީފި ނަމަ މިހާރުން މިހާރަށް ވެސް ހައްލުކުރެވޭނެ ވަރަށް ގަނަ ކަންތަނަށް އެބަހުރި ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

 

ސަރުކާރުގެ ފަރާތުން އައްޑޫ ސިޓީގެ ރައްޔިތުންގެ ހާލު ބެއްލުމަށް ޑިފެންސް މިނިސްޓަރު އިސްކޮށް ހުންނަވާއިގެން ވަނީ ނަގޫރޯޅީގައި ގެއްލުން ލިބުނު ރައްޔިތުންނާއި ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމަށް ފަހު އައްޑޫ ގައި ގާއިމްވެފައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި ، ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަމާއި އެކު ގެއްލުން ލިބުނު ގެތަށް މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ޖުމްލަ 13 ގެއެއްގެ ފުރާޅަ އެއްލާލާފައި ވާއިރު ތިން ގެއްއެއްގެ ފުރާޅުގައި މިހާރު ވަނީ ޓިނު ޖަހައި ނިމިފައެވެ. އެހެންނަމަވެސް ނަގޫރޯޅިއާ ގުޅިގެން ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ބައެއް ގެތަކަށް އަދިވެސް ކަރަންޓް ނުލިބޭކަން ފާހަގަކޮށްލެވެއެވެ.

 

ނަގޫރޯޅިއާ ގުޅިގެން ހާލުގައި ޖެހުނު ރައްޔިތުންނާއި ބައްދަލުކުރުމަށް ފަހު ހަސަން ލަތީފާއި އަލީ ސިޔާމް ވަނީ އައްޑޫ ސިޓީ ކައުންސިލަށް ވަޑައިގެން އެ ސިޓީ ކައުންސިލްގެ މެމްބަރުންނާއި އަލަށް އިންތިހާބް ވެވަޑައިގެންނެވި މެމްބަރުންނާއި ބައްދަލުކޮށްފައެވެ.

އެމްޑީޕީގެ ވަފުދު އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރަނީ، މި ބައްދަުވުމުގައި އަލަށް އިންތިހާބް ވެވަޑައިގެންނެވި ކައުންސިލަރުން ބައިވެރިވި

މިބައްދަލުވުމުގައި ހަސަން ލަތީފް ވަނީ އަލަށް އިންތިހާބް ވެޑައިގެންނެވި ކައުންސިލް މެމްބަރުނާ ގުޅިގެން މަސައްކަތް ކުރުވިދާނެ ގޮތްތާކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ނަގޫރޯޅީގެ ސަބަބުން އައްޑޫ ރައްޔިތުންނަން ލިބުނު ގެއްލުމުގެ ތަފްސީލްތަށް ވެސް ވަނީ ބައްލަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް