22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
ފަތިސް 04:37
އިރުއަރާ 05:55
މެންދުރު 12:12
އަސްރު 15:36
މަޣްރިބް 18:21
އިޝާ 19:39

އިންޑިއާއަށް ދާ ދިވެހިން

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

  • ގިނަ ދިވެހިން އިންޑިއާއަށް ދަނީ ބޭސްފަރުވާއަށް
  • އިންޑިއާއަށް ދާ މީހުންގެ ތެރޭގައި އައިއެސްއަށް ވާގިވެރިވާ މީހުން އުޅޭ ކަމަށް އިންޑިއާއިން ދެކޭ
  • ގިނަ ދިވެހިން ތިބޭތަން ބަދަލު ކުރާއިރު ފުލުހުންނަކަށް ނާންގާ
ރާއްޖެ އެމްވީ | raajje.mv

| 19 މެއި 2017 | ހުކުރު 22:19 | |

މަގުބޫލް

  1. ސަޢީދު: އެންމެ ބޭކާރު ވަޒީރު
  2. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
  3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
  4. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
  5. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
  6. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
  7. މިސް އިންޑިއާ 2018 އަށް އަނުކްރީތީ!
  8. ޖޭޕީގެ ނާއިބު ލީޑަރުންގެ ވާދަވެރިކަން އިތުރުވެއްޖެ!


ރާއްޖޭގެ އިސްލާމިކް މިނިސްޓަރ 2015 ގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގަބުރުސްތާނަކަށް ޒިޔާރަތް ކުރައްވަނީ -- ކޮންސިއުލޭޓް އޮފް މޯލްޑިވްސް

އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި އިންޑިއާގެ ތިރިވަނަންތަޕޫރަމް އަށް އިސްލާމިކް ސްޓޭޓަށް ވާގިވެރިވާ މީހުން ދީފާނެ ޓެރަރިސްޓް ހަމަލާއެއްގެ ބިރު އޮތް ކަމަށް ބުނެ މުހިންމު ތަންތާނގެ ސެކިއުރިޓީ ވަރުގަދަ ކޮށް ޝައްކު ކުރެވޭ ތަންތަން ޗެކް ކުރުމުގެ ޕްރޮގްރާމެއް ފަށާފައިވާ ކަމަށް ޓްރިވަނަންތަޕޫރަމްގެ ފުލުހުންގެ އިސް އޮފިޝަލުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ އިން ބުނެފިއެވެ.

މި ނޫހުގައި ބުނެފައިވަނީ، ސެކިއުރިޓީ ވަރުގަދަ ކުރީ، އިންޑިއާގެ މައި ސަރުކާރުން ލިބިފައިވާ މައުލޫމާތާއި، ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތަހުގީގުން ލިބިފައިވާ މައުލޫމާތާއި އަދި މުވާސަލާތީ ގުޅުންތަކަށް ފާރަލާއިގެން ހޯދާފައިވާ މައުލޫމާތުގެ އަލީގައި ކަމަށެވެ.

ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގައި، ކަނޑާއި އެއްގަމާއި، އަދި ވައިގެ މަގުން ދީފާނެ ހަމަލާއަކަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ޓްރިވަނަންތަޕޫރަމްގެ އިސް ފުލުހުންނާއި ހަވާލާދީ މި ޚަބަރުގައި ވެއެވެ.

މި ޚަބަރުގައި ބުނެފައިވަނީ ތިރިވަނަންތަޕޫރަމް އަކީ ގިނަ އަދަދެއްގެ ދިވެހިން ޒިޔާރަތް ކުރާ ސިޓީއެއް ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނަކީ ބޭސް ފަރުވާއަށް ޒިޔާރަތް ކުރާ މީހުން ކަމަށް ވިޔަސް މަދުން ނަމަވެސް އިސްލާމިކް ސްޓޭޓަށް ވާގިވެރިވާ މީހުން ދިވެހިންގެ ތެރޭގައި ޓްރިވަނަންތަޕޫރަމްއަށް އަންނަކަން ފާހަގަ ކުރެވޭ ކަމަށެވެ.

ޚަބަރުގައި އިތުރަށް ބުނެފައިވަނީ، ބޭރު މީހުން ތިރިވަނަންތަޕޫރަމްގައި އައިސް ތިބޭ ތަންތަނުގެ މައުލޫމާތު ފުލުހުންނަށް ފޯރު ކޮށް ދިނުމަކީ އެތަންތާނގެ ވެރިންނަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށާއި، ނަމަވެސް އެ ފަދަ ތަންތަން ކުއްލިއަކަށް ފުލުހުން ޗެކް ކުރާއިރު އުޅޭތަން ބަދަލުކުރުމަކީ ދިވެހިން އާއްމުކޮށް ކުރާ ކަމެއްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެޑްރެސް ބަދަލުވާ ނަމަ އެ މައުލޫމާތު ފުލުހުންނަށް އަންގަން ޖެހޭނެ ކަމަށް ހަމަޖެހިފައި އޮތަސް އެކަން އެގޮތައް ދިވެހިން ކުރަމުން  ނުދާކަން ފުލުހުންނަށް ފާހަގަ ކުރެވިފައިވާކަންވެސް މި ޚަބަރުގައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ނޫހު

1 އަހަރު ކުރި

މިސް ލީޑިން

0
0
ދިވެހި މީހާ

1 އަހަރު ކުރި

ދިވެހިންގެ ތެރޭގައި ވެސް ނުރައްކާތެރި ޓެރަރިސްޓުން އުޅޭތަ؟

0
0