22 ޖޫން 2018 | ހުކުރު | 06 އަދަ
އިމްސާކް 04:15
08 ޝައްވާލް 1439
އިޝާ 19:39
މަޣްރިބް 18:21
އަސްރު 15:36
މެންދުރު 12:12
އިރުއަރާ 05:55
ފަތިސް 04:37

އައްޑޫއަށް ކުރާ ވިއްސާރަ

އައްޑޫގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ: ޑިފެންސް މިނިސްޓަރު

 • ތިން ގެއެއްގެ މަސައްކަތް މިހާރު ވަނީ ނިމިފައި
 • ލިބުނު ގެއްލުންތަކުގެ އެސްސްމެންޓް ރިޕޯޓެއް މިހާރު ވަނީ ތައްޔާރުު ކޮށްފަ
 • އާންމު ހާލަތަށް އާދެވުނުހާ އަވަހަކަށް ގެއްލުން ލިބުނު އާއިލާތަކަށް އެހީދޭން ސަރުކާރުން ފަށާނެ
ސަހުބާން ފަހުމީ | sahubaan

| 19 މެއި 2017 | ހުކުރު 21:11 | |

މަގުބޫލް

 1. ސަޢީދު: އެންމެ ބޭކާރު ވަޒީރު
 2. މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
 3. އެމްޑީޕީއާ އެކު ތިބި ބަޔަކު ގޮވައިގެން އިންތިހާބު ކާމިޔާބު ކުރާނަން، ޖޭޕީ ވަކިވުމަކީ މައްސަލައެއް ނޫން: އެމްޑީޕީ
 4. ވިންޓަރ ޕާކަށް ވަންނަ މީހުންގެ އަތުން ފީއެއް ނަގާގޮތަށް ހަމަޖައްސައިފި
 5. ޓްވިޓަރ ބޭނުންކުރުމުގެ އުޞޫލުތަކާއި ދިވެހި ފުލުހުން ޚިލާފުވެއްޖެ
 6. މެސީއާ އެކީ ކުޅެން ޑިބާލާ ތައްޔާރު
 7. މިސް އިންޑިއާ 2018 އަށް އަނުކްރީތީ!
 8. ޖޭޕީގެ ނާއިބު ލީޑަރުންގެ ވާދަވެރިކަން އިތުރުވެއްޖެ!


އައްޑޫ ސިޓީ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ލިބުނު ގެއްލުންތަކުގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

އައްޑޫ ސިޓީ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ނަގޫރޯޅީއާ ގުޅިގެން މިހާތަނަށް ކުރެވުނު މަސައްކަތްތަކާ ގުޅޭ ގޮތުން ރާއްޖެއެމްވީން ކުރި ސުވާލްތަކަށް ޖަވާބު ދެއްވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ބުރާސްފަތު ދުވަހުގެ ރެއިން ފެށިގެން ހުކުރު ދުވަހު މެންދުރުފަހާ ހަމައަށް ކުރެވުނު މަސައްކަތުން ތިން ގެއެއްގެ ފުރާޅު ރަނގަޅު ކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގެއްލުން ލިބުނު ގެތަކުގެ އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އެ ގެތަކަށް ވަދެވި އާންމު ހާލަތަށް ދިރިއުޅުން ގެނައުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގެއްލުން ލިބުނު ގެތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އައްޑޫ ސިޓީ ކައުންސިލާއި، އެމްއާރުސޑީސީ، އެމްޕީއެލް އަދި ސިފައިންނާއި ފުލުހުންގެ އިތުރުން އެހެން ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ކަމަށެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ ނަގޫރޯޅީގައި ލިބުނު ގެއްލުންތަކުގެ އެސެސްމެންޓް ރިޕޯޓް މިހާރު ތައްޔާރު ކުރެވިފައިވާ ކަމަށެވެ. އަދި ގެއްލުން ލިބުނު ގެތައް މަރާމާތުކޮށް ނިމުމުން އަލުން އެސެސްމެންޓް ރިވިއު ކުރުމަށް ފަހު ހަމަޖެހުފައިވާ އސޫލްތަކުގެ މަތިން ގެއްލުން ލިބުނު އާއިލާތަކަށް ސަރުކާރުން އެހީދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ލިބުނު ގެއްލުންތައް ބަލައި، ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްޓަކައި ރައީސުލްޖުމްހޫރީއްޔާ ހާއްސަ ޓާސްކްފޯހެއް އުފައްދަވާފައިވާ ކަމަށެވެ. އަދި އެ ޓާސްކް ފޯހުން ހުރިހާ ކަމެއް ވެސް ވަރަށް ގާތުން ބަލަމުންދާ ކަަމށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ގެއްލުން ލިބުނު ގެތައް މަރާމާތު ކުރުމަށް ފަހު އާއިލާތައް އާންމު ދިރިއުޅުމަށް އާދެވުނުހާ އަވަހަކަށް ގެއްލުން ލިބުނު އާއުލާތަކަށް އެހީދިނުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫ އަށް ބުދަ ދުވަހު އެރި ނަގޫރޯޅީގައި 19 ގެއަކަށް ގެއްލުން ލިބިފައި ވެއެވެ.

ފުރާޅު އެއްލާލި ގެތަކުގެ ހިފާގެންގުޅޭ ތަކެއްޗަށް ވެސް ބޮޑަތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެ އެވެ. އެގޮތުން ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅޭ މީހުންގެ އާއިލާގެ ގެތަކުގައި އާއި ގާތް ރައްޓެހިންގެ ގެތަކަށް ވަގުތީ ގޮތުން ބަދަލުކުރެވިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ސްކޫލް ކުދިންގެ ތަކެތި ވިއްކާ އައިލެންޑް ބުކްސޮޕާއި ސިލިންކޯ އިންޝުއަރެންސް ކުންފުނީގެ އޮފީހަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. އައިލެންޑް ބުކްސޮޕްގެ ފުރާޅު ވެސް ނަގޫރޯޅީގައި އެއްލާލާފައި ވަތީ އެފިހާރާގައި ހުރި މުދާ ވަނީ ހަލާކުވެފަ އެވެ.

ގެއްލުން ލިބުނު އާއިލާތަކަށް އެހީވުމަށް ރާއްޖެ ޓީވީން ވެސް ވަނީ ފަންޑެއް ހުޅުވާފައެވެ. 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް