22 ނޮވެންބަރު 2017 | ބުދަ | 10 ނޮރަ

އިންޑިޔާއާ ދެކޮޅަށް ފުރަތަމަ މެޗުގައި ކުޅެން ޖެހުމަކީ އެޑްވާންޓޭޖެއް: އިއްލެ

  • އިންޑިޔާ އަކީ މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ޓީމު
  • މި މުބާރާތުގައި ސަރަހައްދުގެ ފަސް ގައުމަކުން ވާދަކުރޭ

| | | NaphiuR | |ރާއްޖޭގެ ސީނިއާ ބާސްކެޓް ޓީމުގެ އެސިސްޓެންޓް ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ) -- ފޮޓޯ:ރާއްޖެ އެމްވީ

މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ޓީމަކީ އިންޑިޔާ ކަމަށާއި އެހެންކަމުން ފުރަތަމަ މެޗުގައި އެގައުމާ ދެކޮޅަށް ނުކުންނަން ޖެހުމަކީ އެޑްވާންޓޭޖެއް ކަމަށް ރާއްޖޭގެ ބާސްކެޓް ޓީމުގެ އެސިސްޓެންޓް ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ) ބުނެފިއެވެ.

ހުކުރު ދުވަހު ފެށެމަށް ހަމަޖެހިފައިވާ ސާބާ ޗެމްޕިއަންޝިޕް ބާސްކެޓް މުބާރާތުގައި ރާއްޖެއާ އިންޑިޔާ ބައްދަލުކުރާ މެޗުގެ ކުރިން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އިއްލެ ބުނީ ފުރަތަމަ މެޗު އިންޑިޔާއާ ދެކޮޅަށް ނުކުންނަން ޖެހުމަކީ އެޑްވާންޓޭޖެއް ކަމަށާއި އެހެން ނަމަވެސް އެ މެޗަކީ މޮޅުވާން އުނދަގޫވާނެ މެޗެއް ކަމަށެވެ.

އިއްލެ ބުނީ މި މެޗުގައި އިންޑިޔާއާ ދެކޮޅަށް ކުޅުމަށް ފަހު ޓީމުގައި ހުރި ކަންތައްތައް ނަގައިގަންނަން ފަސޭހަވާނެ ކަމަށާއި އެގޮތުން މި މެޗަށް ބެލުމަށް ފަހު ކުރިއަށްހުރި މެޗުތަކުގައި ރަނގަޅުކުރަންޖެހޭ ކަންތައްތައް އެނގިގެންދާނެ ކަމަށެވެ.

އިއްލެ ބުނީ އިންޑިޔާއާ ވާދަކުރާ މެޗުން ބަލިވި ނަމަވެސް ރާއްޖެއަށް ގެއްލޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށާއި އަދި އެޓީމަކީ މިސަރަހައްދުގެ އެންމެ މޮޅު ޓީމު ކަމަށެވެ. އަދި އިންޑިޔާއަކީ ބަލިކުރަން އުނދަގޫވާނެ ޓީމެއް ކަމަށް ވެސް އިއްލެ ބުންޏެވެ.

އިއްލެ ބުނީ އިންޑިޔާ ބަލިކުރަން އުނދަގޫ ނަމަވެސް ރާއްޖެއިން ބަލާނީ ނަތީޖާގެ ފަރަގު ބޮޑުވިޔަ ނުދީ ވީހާވެސް ކައިރިން އެޓީމާ އެއްވަރަށް ޕޮއިންޓް ހޯދުމަށް ކަމަށެވެ.

އިއްލެ ބުނީ އަމިއްލަ ގައުމުގައި މި މުބާރާތް ބާއްވާއިރު މިއީ ލިބޭނެ ފައިދާއެއް ކަމަށާއި އެހެން ކަމުން ފުރަތަމަ މެޗުގައި އިންޑީޔާއާ ދެކޮޅަށް ނުކުންނަ އިރު، ވީ ވަރަކުން އިދިކޮޅަށް އުނދަގޫކޮށް މޮޅު ކުޅުމެއް ދެއްކުމަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ.

ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އިއްލެ ބުނީ ލިބުނު މަދު ދުވަސްކޮޅާ އަޅާ ބަލާއިރު އެ ކުޅުންތެރިންގެ ފަރާތުން ފެންނަމުންދަނީ މޮޅު ކުޅުމެއް ކަމަށާއި އަދި ޓީމުގައި ތިބި ސީނިއާ ކުޅުންތެރިންގެ އެއްބާރުލުމާއެކު ޒުވާން ކުޅުންތެރިން މި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ޖުމްލަ ފަސް ގައުމު ވާދަކުރާ މި މުބާރާތުގައި ރާއްޖެއާ އިންޑިޔާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ ރާއްޖެ ގަޑިން 21:00 ގައި ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ