19 ފެބުރުއަރީ 2018 | ހޯމަ | ހިޔަވިހާ 6

ފެނަކައިގެ މުވައްޒަފަކު ޗުއްޓީއާއެކު ވަޒީފާއިން ވަކިކޮށްފި

  • މިއީ ހއ. ތުރާކުނު ބްރާންޗުގައި މަސައްކަތް ކުރާ މުވައްޒިފެއް
ރިޒުނާ ޒަރީރު | RiznaZareer

| 19 މެއި 2017 | ހުކުރު 18:41 | |



ފެނަކަ ކޯޕަރޭޝަން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފަކު އަހަރީ ޗުއްޓީ ނެގި ދުވަހު ވަޒީފާއިން ވަކިކޮށްފި އެވެ.

 

ރާއްޖެއެމްވީއަށް ކޮޕީއެއްވެސް ލިބިފައިވާ މިޗިޓުގައި ހއ. ތުރާކުނު ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އަހަރީ ޗުއްޓީ ހަމަވުމަށްފަހު ވަޒީފާއަށް އެނބުރި ނިކުންނަން އޮތް ދުވަހުގައެވެ.

 

އެގޮތުން މާރޗް 30، 2017 ގައި މުވައްޒަފަށް ޗުއްޓީގެ ހުއްދަ ދިން ކަމަށް ފޮނުވި ޗިޓުގައި 02 އޭޕްރިލް 2017 އިން މެއި 14، 2017 ގެ 30 ދުވަހުގެ ޗުއްޓީއަށް އެދިފައިވާއިރު ވަޒީފާއަށް އެނބުރި ނިކުންނަން ޖެހޭ ކަމަށް ބުނެފައިވަނީ 15 މެއި 2017 ގައެވެ.

 

އެމުވައްޒަފަކީ ފެނަކައިގެ ހއ. ތުރާކުނު ބްރާންޗުގައި އޮގަސްޓް 16، 2012 އިން ފެށިގެން އަންނަނީ ވަޒީފާ އަދާކުރަމުންނެވެ.

 

ވަޒީފާއަށް އެނބުރި ނިކުންނަން ޖެހޭ ކަމަށް ބުނެފައިވަނީ 15 މެއި 2017 ގައި ކަމަށްވާއިރު، ވަޒީފާއިން ވަކި ކުރި ކަން އަންގާ މުވައްޒަފަށް ފޮނުވި ލިޔުމުގައި ވަޒީފާއިން ވަކި ކުރި ސަބަބު ކަމަށް ބުނެފައިވަނީ މަޤްބޫލު އުޒުރެއް ނެތި ސަބަބު ބަޔާން ނުކޮށް ވަޒީފާއަށް ހާޞިރުނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ކަމަށެވެ.

 

ވަޒީފައިން ވަކިކޮށްފައިވަނީ ގދ. ތިނަދޫގެ ރައްޔިތެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް