22 ނޮވެންބަރު 2017 | ބުދަ | 10 ނޮރަ

ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެންޑާ ހެރޭރާ

  • މި މަގާމު ހޯދާފައިވަނީ ވެލެންސިއާ އާއި ޒްލަޓަން އިބްރަހިމްވިޗް އާއި ވާދަކޮށްގެން
  • އޭނާ ވަނީ އޭނާ އާއި ވާދަކުރި ވެލެންސިއާ އާއި އިބްރަހިމްވިޗް އަށްވުރެ އިތުރަށް  242 ވޯޓް ހޯދާފަ

| | | AbdhullahZiyan | |ޔުންއިޓެޑަށް ކުޅޭ ސްޕެނިޝް ނިޑްފިލްޑާ އެންޑާ ހެރޭރާ -- ފޮޓޯ:ގޫގުލް

މެންޗެސްޓާ ޔުނައިޓެޑުން ހޮވާ މުޅި އަހަރުގެ އެޓީމުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ސްޕެއިނުގެ މިޑްފިލްޑާ އެންޑާ ހެރޭރާ ހޮވިއްޖެއެވެ.

ހެރޭރާ މި މަގާމު ހޯދާފައިވަނީ މިސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ވެލެންސިއާ އާއި ޒްލަޓަން އިބްރަހިމޮވިޗް އާއި ވާދަކޮށްގެންނެވެ.

"ސަރ މެޓް ބަސްބީ ޕްލެއާ އޮފް ދަ އިޔާ" އެވޯޑް ހެރޭރާ ހޯދާފައިވާއިރު މި ސީޒަނުގައި އޭނާއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ގޯލެކެވެ. ނަމަވެސް އޭނާ ވަނީ އޭނާ އާއި ވާދަކުރި ވެލެންސިއާ އާއި އިބްރަހިމޮވިޗް އަށްވުރެ އިތުރަށް  242 ވޯޓް ހޯދާފައެވެ.

އެކުލަބުން ހޮވާ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލެންސިއާއެވެ. އަދި ސީޒަނުގެ އެންމޮޅު ގޯލަކަށް ހޮވުނީ، ސަންޑަލޭންޑް ކޮޅަށް ހެންރިކް މިކިތާރްޔަން ކާމިޔާބުކުރި ލަނޑެވެ.

މީގެ އިތުރުން އެކުލަބުގެ ޒުވާން ޓީމުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އުމުރުން 16 އަހަރުގެ އޭންޖަލް ގޮމޭޒް އެވެ. އޭނާއަކީ މި އެވޯޑް ހާސިލްކުރި އެންމެ ޒުވާން ކުޅުންތެރިޔާއެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ