18 ފެބުރުއަރީ 2018 | އާދީއްތަ | ހިޔަވިހާ 5

"ވީރޭ ދި ވެޑިން" ގެ މަސައްކަތް އޮގަސްޓަށް ލަސްކޮށްފި

  • މި ފިިލްމުގެ ޝޫޓިން 55 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރީއާ ވަނީ ބުނެފަ
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 19 މެއި 2017 | ހުކުރު 18:21 | |



ވީރޭ ދި ވެޑިންގެ ލީޑް ރޯލުން ފެނިގެންދާ ކަރީނާ ކަޕޫރު އަދި ސޯނަމް ކަޕޫރު -- ގޫގުލް

ކަރީނާ ކަޕޫރު ވިހެއުމަށްފަހު އަލުން ސިނަމާތަކަށް އަންނަ ފިލްމު "ވީރޭ ދި ވެޑިން" ގެ މަސައްކަތް އޮގަސްޓްމަހަށް ލަސްވެއްޖެކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރ ރީއާ ކަޕޫރު ބުނެފިއެވެ.

ކުރިން "ވީރޭ ދި ވެޑިން" ގެ މަސައްކަތް ފެށުމަށް ހަމަޖެހުނީ މެއި މަހުގެ ތެރޭގައެވެ.

އެ ފިލްމުގެ މަސައްކަތް ފެށުން ލަސްކުރިކަމުގައި ވިއަސް ކޮންމެސް ވަރަކަށް ފިލްމުގެ މަދު މަންޒަރުތަކެއް ނަގާނެ ކަމަށް ރީއާ ބުންޏެވެ. އަދި ރަސްމީކޮށް "ވީރޭ ދި ވެޑިން" ގެ މަސައްކަތް ފަށާނީ އޮގަސްޓުގައި ކަމަށް އޭނާ ބުންޏެވެ.

މި ފިލްމުގެ މަސައްކަތް އޮގަސްޓަށް ލަސްކުރީ ކީއްވެކަމެއް ރީއާ ނުބުނެއެވެ.

 ކަރީނާ އާއި ސޯނަމް އާއެކު ސްވަރާ ބާސްކަރާއި ޝިކާ ޓަލްސާނިޔާ މުހިންމު ރޯލުން ފެނިގެންދާ މި ފިލްމަކީ މިހާ ގިނަ ބަތަލާއިން ލީޑްރޯލުން ފެނިގެންދާ ފިލްމެވެ. މި ފިިލްމުގެ ޝޫޓިން 55 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރީއާ ވަނީ ބުނެފަ އެވެ.

ކަރީނާ ކަޕޫރަށް ފިރިހެން ދަރިއަކު ލިބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. 

ކަރީނާ ކަޕޫރު ވަނީ ބަލިވެ އިނުމާ ގުޅިގެން ބަރުދަން އިތުރުވިޔަސް ވަރަށް އަވަހަށް ކުރީގެ ހަށިގަނޑަށް އިޔާދަވެފަ އެވެ.

ކަރީނާގެ ގާތް މީހަކު ބުނި ގޮތުގައި ބަރުދަން ލުއިކުރުމަށްޓަކައި ކަރީނާ ދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. ކަރީނާ އަކީ އާދަކޮށް ޔޯގާ ހަދާ މީހަކަށް ވިޔަސް އޭގެ އިތުރުން މިހާރު ހަފުތާއަކު ތިން ފަހަރު ކިކް-ބޮކްސިން ކްލާސްތަކެއްގައި ވެސް ބައިވެރިވެ އެވެ.

ކަރީނާއަށް މި ކްލާސްތައް ދާން ޚިޔާލު ދިނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި ކުރިން ބައެއް ފިލްމުތައް ކުޅުނު އަމްރިތާ އަރޯރާ އެވެ.

އަމްރިތާ ވެސް ވިހެއުމާ ގުޅިގެން ފަލަވެފައި ހުއްޓާ ހިކުނީ ކިކް-ބޮކްސިން ކްލާސްތަކުގައި ބައިވެރިވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Ajaib

9 މަސް ކުރިން

Thiya molhuwee ?

0
0