22 ނޮވެންބަރު 2017 | ބުދަ | 10 ނޮރަ

ދުވަސް ވީ ވަރަކަށް ފިލްމުކުޅުމަށް ލިބޭ ފުރުސަތުތައް މަދުވޭ: ހެމާ

  • ހެމާ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް

| | | thahavahyd | |



ހެމާ މާލިނީ -- ފޮޓޯ:ގޫގުލް

އުމުރުން ދުވަސްވާވަރަކަށް ފިލްމު ކުޅުމަށް ލިބޭ ފުރުސަތުތައް މަދުވަމުންދާކަމަށް ކުރީގެ މަޝްހޫރު އެކްޓްރެސް ހެމާ މާލިނީ ބުނެފިއެވެ.

ހެމާ ބުނީ އޭނާގެ އުމުރުގެ މީހުން ލައްވާ ބަތަލާއިންގެ ބައި ކުޅެން މިހާރު ބޭނުންނުވާކަމަށެވެ. މުޅިންވެސް ފުރުސަތު ލިބެނީ ޒުވާން ކުދިންނަށް ކަމަށް ހެމާ ބުންޏެވެ. ހެމާ ބުނީ އެހެން ނަމަވެސް އޭނާ އަށް އެ ފުރުސަތު ލިބިއްޖެނަމަ އޭނާ ކުޅޭ ފިލްމަކީ ކާމިޔާބު ފިލްމަކަށް ހަދާނެކަމަށެވެ.

މިހާރު އުމުރުން 68 އަހަރުގެ ހެމާއަކީ 1970އިގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑްގެ އެންމެ މަގުބޫލު ފިލްމީ ތަރިއެވެ.

އޭރު އޭނާ މަޝްހޫރު ވެގެން ދިޔައީ "ވަން އެންޑް އޮންލީ ގާލް" ގެ ނަމުންނެވެ. ހެމާ ކައިވެނި ކޮށްގެން އުޅޭ ދަރުމެންދުރައަކީ ހެމާ ފަދައިން 1970-1980ގެ އަހަރުތަކުގައި ހިންދީ ފިލްމު އިންޑަސްޓްރީގައި އެންމެ ގަދަޔަށް ފިޔަޖެހި ތަރިންގެ ތެރޭގައި ހިމެނޭ ދެ އެކްޓަރުންނެވެ.

މި ދެ ތަރިން އެކުގައި ގިނަ ފިލްމުތަކެއް ވަނީ ކުޅެފައެވެ. މިދެމީހުންގެ ކައިވެންޏަށް މިހާރު ވަނީ 37 އަހަރު ފުރިފައެވެ.

ހެމާ ބުނީ އޭނާ އާއި ދަރުމެންދުރަ އާއި ދެމެދުގައި އޮންނަ ގުޅުން އެހާ ދިގު ދުވަސް ވަންދެން މައްސަލަ ނުޖެހި އުޅެވެނީ ދެމީހުންގެ ދެމެދުގައި އޮންނަ އެކުވެރިކަމާއި ގާތް ގުޅުމުގެ ސަބަބުން ކަމަށެވެ.

ހެމާ އަކީ ފިލްމު ކުޅުމުގެ އިތުރުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ