26 ޖުލައި 2017 | ބުދަ | ފުސް 12

ކްރިސް ކޯނެލް މަރުވެއްޖެ

  • މަރުވިއިރު ކޯނެލްގެ އުމުރަކީ 52

| | | thahavahyd | |



ކްރިސް ކޯނެލް -- ފޮޓޯ:ގޫގުލް

މަޝްހޫރު ބޭންޑެއް ކަމަށްވާ "ސައުންޑް ގާޑަބް" ގެ ލީޑް ލަވަ ކިޔުންތެރިޔާ ކްރިސް ކޯނެލް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު އުމުރަކީ 52 އަހަރެވެ. ކޯނެލް މަރުވީ މިދިޔަ ބުދަ ދުވަހުގައި ވިޔަސް، މަރުވެއްޖެ ކަން އާންމުކޮށްފައިވަނީ ހުކުރު ދުވަހުގައެވެ.

އޭނާ މަރުވީ ސީދާ ކީއްވެ  ކަމެއް ނޭނގޭއިރު ވޭނޭގެ މެޑިކަލް އެގްޒަމިނާސް އޮފީހުން ބުރާސްފަތި ދުވަހުގައި އާންމު ކޮށްފައިވާ ސްޓޭޓްމެންޓްގައި ބުނެފައިވަނީ އޭނާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ. 

އެހެން ނަމަވެސް އިތުރު އެއްޗެއް ބުނަން އެނގޭނީ އޮޓޮޕްސީ ހެދުމަށް ފަހުގައި ކަމަށް އެ ސްޓޭޓްމެންޓުގައި ބުނެފައިވެއެވެ. 

 ކްރިސް ކޯނެލް ގެ އޮޓޮޕްސީ އަދި އެއްކޮށް ނުނިމޭކަމަށާއި ނިމުނުހާ އަވަހަކަށް އޭނާ މަރުވީ ކިހިނެތް ކަން އެނގިގެން ދާނެ ކަމަށް އެ ސްޓޭޓްމެންޓްގައި ވަނީ ބުނެފައެވެ.

ކޯނެލްގެ ރެޕްރެޒެންޓޭޓިވް ބްރިއަން ބަމްބެރީ  ބުނެފައިވަނީ  ކޯނެލްގެ މަރަކީ ކުއްލި އަދި ގަބޫލުކުރަން ދަތި މަރެއްކަމަށެވެ. އެމެރިކާގެ ޑިޓްރޮއިޓް ޕޮލިސް ޑިޕާޓްމަންޓުން ބުނެފައިވަނީ ފުލުހުންގެ އޮފިސަރުން އެމްޖީއެމް ގްރޭންޑް ހޮޓެލަށް ދިޔައީ ދަންޖެހިގެން މީހަކު ހުރިކަމަށް ރިޕޯޓްކޮށްގެން ކަމަށާއި ދިޔައިރު އެއީ ކްރިސް ކޯނެލް ކަމެއް ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ އައިޑެންޓިޓީ ބެލުމުން އެއީ ކޯނެލް ކަން އެނގުނު ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައިކްރިސް މަރުވެފައިވަނީ ސައުންޑް ގާޑަން  ބޭންޑާއެކު ޓުއާ ދެމުން ދަނިކޮށެވެ. އަދި ޑިޓްރޮއިޓްއަށްވެސް އޭނާ ގޮސްފައިވަނީ ބޭންޑާއެކު ޓުއާ ދިނުމަށެވެ.

 

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ