
| 19 މެއި 2017 | ހުކުރު 17:37 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
4 މަސް ކުރިން |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
4 މަސް ކުރިން |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
4 މަސް ކުރިން |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
4 މަސް ކުރިން |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
1 އަހަރު ކުރި |
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާރޓް ނެރެފި އެވެ.
ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ހާމަކުރި ގޮތުގައި ހުކުރު ދުވަހުގެ ހެނދުނު 10:00 އިން ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އެވެ. އަދި ގުގުރުންވެސް އެކަށީގެންވާ ކަމަށާއި މެދުތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުނެ އެވެ.
މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
މެދުތެރެއާއި އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުން މޫސުމާއި ބެހޭ އިދާރާއިން ވަނީ އެދިފައެވެ.
ހުޅަނގު މޫސުމުގެ އަސަރު ރާއްޖޭގެ އިތުރުން އިންޑިއާގެ ސަރަހައްދުތަކަށާއި، ސްރީ ލަންކާގެ ސަރަހައްދުތަކަށް ދަނީ ކުރަމުންނެވެ.
ސްރީ ލަންކާގެ މޫސުމާބެހޭ އިދާރާއިން އެ ގައުމުގެ ބައެއް ސަރަހައްދު ތަކަށް ވައިގަދަވާނެ ކަމުގެ އިންޒާރު ވަނީ ނެރެފައެވެ. މި ގޮތުން ގަޑިއަކު 50 ކިލޯމީޓަރުގެ ބާރު މިނުގައި ހުޅަނގުގެ ސަރަހައްދުތަކަށް ވައި ގަދަވާނެ ކަމަށާއި، އަދި އުތުރާއި ދެކުނުގެ ހިސާބުތަކަށް ގަޑިއަކު 70 ކިލޯ މީޓަރަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. އިންޑިއާ އަށް ބަލާއިރު، އަންދްރަ ޕްރްދޭޝްގެ އައްސޭރީގެ ބޭރުން ބޭ އޮފް ބެންގޯލްގެ މެދުތެރޭ އަދި ހުޅަނގުގެ ސަރަހައްދުގައި ބޯ ވިއްސާރަ ވިލާތައް ވަނީ އުފެދިފައެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ، އަންޑަމަން ރައްތަކަށް ހުޅަނގު މޫސުމުގެ އަސަރު ކުރަންފެށީ މެއި މަހުގެ 14 ގައި ކަމަށެވެ. އަދި މޫސުމުގެ އަސަރު ހުކުރު ދުވަހާ ހަމައަށް ބޮޑުވެގެން ދާނެ ކަމަށް ވެސް އެ އިދާރާއިން ލަފާ ކުރެއެވެ. އިންޑިއާގެ ހުޅަނގު އުތުރު ސަރަހައްދުތަކަށާއި، އިރު އުތުރުގެ ސަރަހައްދު ތަކަށް ވަރަށް ބޮޑަށް ވިއްސާރައިގެ އަސަރު ދަނީ ކުރަމުންނެވެ.
ޔޫއެސް ސެންޓަރ ފޯ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އިން ބުނެފައިވަނީ އިންޑިއާގެ ކެރަލާ ސަރަހައްދަށް ވިއްސާރައިގެ އަސަރު އެންމެ ބޮޑުވާނެ ކަމަށް ލާފާކުރެވެނީ މެއި މަހުގެ 25 ގެ ފަހުން ކަމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް